މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން
ދިވެހިރާއްޖެ
ޑެޕިއުޓީ ޑިރެކްޓަރ

 

 މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން

މާލެ، ދިވެހިރާއްޖެ

                                                                         އިޢުލާން ނަންބަރު:IUL)MMPRC-HR/1/2018/41)

ވަޒީފާގެ ފުރުޞަތު

 

މަޤާމުގެ ނަން:  ޑެޕިއުޓީ ޑިރެކްޓަރ

 މުސާރަ: -/10,800 ރުފިޔާ

އެލަވަންސް: -/7,200 ރުފިޔާ

(އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން ފައިސާ ދެވޭނެ.)

ޑިޕާޓްމަންޓް / ސެކްޝަން: ޑެސްޓިނޭޝަން މާކެޓިންގ / މާކެޓިންގ

ބޭނުންވާ އަދަދު: 1

ޝަރުޠު:

- މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު/ޤާބިލުކަން ސާބިތުކޮށްދިނުމާއެކު؛

 1މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 9 ސަނަދެއް ހާސިލްކޮށްފައިވުން، ނުވަތަ

 2.  މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މާކެޓިންގ ދާއިރާގައި ސީނިއަރ މަޤާމެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

3. މަޤާމުގެ ދާއިރާއިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 7 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއި އެކު މާކެޓިންގ ދާއިރާގައި މަދުވެގެން 4 އަހަރު ދުވަހު އަދި ސީނިއަރ މަޤާމެއްގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން.

މި މަޤާމަށް މީހުން ހޮވުމުގައި ތިރީގައިއެވާ ކަންކަމަށް އިސްކަންދެވޭނެއެވެ؛

  • އިނގިރޭސި ބަސް ފިޔަވައި އިތުރު ބަސްތައް އެނގޭ ފަރާތްތައް
  • ޓޫރިޒަމް އާއިގުޅުންހުރި ކަންކަން މާކެޓްކުރުމަށް ފާއިތުވި އަހަރުތަކުގައި މަސައްކަތް ކޮށްފައިވާ ފަރާތަކަށްވުން
  • ރިސާރޗް ކުރުމާއި އަދި ޕްރޮޖެކްޓް ކުރިއަށްގެންދިއުމުގެ ތަޖްރިބާ އާއި ހުނަރުހުރިފަރާތްތައް
  • ފަތުރުވެރިކަމާއި ގުޅުންހުރި ކަންކަން ދިރާސާކުރުމާއި ކްރިއޭޓިވް ތިންކިންގ ގެ ރޮގުން ތަޖުރިބާހުރިފަރާތްތައް
  • ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކޮށްފައިވާ އަދި ކުރައްވާ ފަރާތްތައް
  • ރިޒަލްޓް އޮރިއެންޓެޑް އަދި ޕްރޫވަން ލީޑަރޝިޕް ކުއަލިޓީ ހުރި ފަރާތްތައް
  • ޑިޖިޓަލް އަދި މީސްމީޑިޔާއަށް އަހުލުވެރި ފަރާތްތައް
  • ޑިޒައިނިންގ މަސައްކަތް ދަންނަ ފަރާތްތައް

 މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  1. ދިވެހިރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ގްލޯބަލް އެޑްވަޓައިޒިންގގެ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދިއުން.
  2. ކޮންމެ އަހަރަކު ތައްޔާރުކުރެވޭ މާކެޓިންގ ޕްލޭން ތައްޔާރުކުރުމުގައި ސީނިއަރ މެނޭޖްމަންޓްގެ ލަފާގެ މަތިން ތައްޔާރުކުރުން.
  3. މިކޯޕަރޭޝަނުގެ ފަރާތުން ރާއްޖޭން ބޭރުގައި އައްޔަންކުރާ ޕަބްލިކް ރިލޭޝަންސް ފަރމްތައް އައްޔަން ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވައި މަސައްކަތްތައް ކުރިއަށް ގެންދިއުން.
  4. ރާއްޖެއަށް މުހިންމު މާކެޓްތަކުގެ މީޑިއާގެ ފަރާތްތައް ރާއްޖެ ގެނެސް، ރާއްޖެއާއިބެހޭ މަޢްލޫމާތު ހިމެނުމަށްބޭނުންވާ ފެމިލިއަރައިޒޭޝަން ޓްރިޕްތައް ރާވައި އެމަސައްކަތްތައް ސުޕަވައިޒްކުރުން.
  5. މާކެޓްތަކުގެ މާކެޓް ރިޕޯރޓް، ފެއަރ ރިޕޯރޓް ފަދަ މާކެޓިންގ އާ ގުޅުންހުރި އެންމެހާ ރިޕޯރޓްތައް ނިންމަންޖެހޭ މުއްދަތައް ނިންމުން.
  6. ކުންފުނިން ރާވާ ހިންގާ އިވެންޓްތަކުގައި ބައިވެރިވުން.

 ފޯމް ފޮނުވަންވީ ތާރީޚާއި ތަން: 13 ޑިސެންބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 14:00 ގެ ކުރިން، މި ކޯޕަރޭޝަނަށް (ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ހުރި އިމާރާތުގެ 1 ވަނަ ފަންގިފިލާ، މަޖީދީމަގު).

ހުށައަޅަންޖެހޭ ލިޔުންތައް :

- ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމް

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު

- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

- ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ

- ކުރިން ވަޒީފާ އަދާކޮށްފައިވާ ނަމަ، ވަޒީފާ އަދާކުރި އޮފީހުގެ ލިޔުން ( މިބަޔަށް މާކްސް ދެވޭނީ ލިޔުން ހުށަހަޅާފައިވާނަމައެވެ).

އިތުރު މަޢްލޫމާތު :

  • މި މަޤާމަށް އިންޓަރވިއު ކުރެވޭނީ ޝަރުތު ހަމަވާ، ތަޢްލީމާއި ތަޖުރިބާ އެންމެ މަތީ 05 ފަރާތަކާއެވެ. އަދި ވަޒީފާއަށް ނުހޮވޭ ފަރާތްތަކަށް، ވަޒީފާއަށް ނުހޮވުނުކަން ފޯނުގެ ޒަރީއާއިން އަންގައި ވަޒީފާއަށް ނުހޮވުނުކަމުގެ ސިޓީ ނުފޮނުވޭނެ ކަމުގައި ވެސް ދެންނެވީމެވެ.
  • އިތުރު މަޢްލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ ނަންބަރު 3323228 ފޯނާއެވެ.
  • ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް މެދުވެރިކޮށް ބަލައިގަނެވޭނެއެވެ. އީ-މެއިލް އެޑްރެހަކީ [email protected] އެވެ.
  • މިކޯޕަރޭޝަނުގެ ވަޒީފާއަށް އެދޭ ފޯމް ރަސްމީގަޑީގައި މިކޯޕަރޭޝަނުގެ ކައުންޓަރުން ލިބިވަޑައިގަންނަވާނެއެވެ. އަދި މިކޯޕަރޭޝަނުގެ ވެބްސައިޓުގެ (https://visitmaldives.com/downloads/) މިލިންކުން ފޯމް ޑައުންލޯޑްވެސް ކުރެވޭނެއެވެ.
  • ހާސިލްކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތައް ހުށައަޅާއިރު ސެޓްފިކެޓްތައް އެޓެސްޓް ކުރެވި އަދި ޓްރާންސްކްރިޕްޓް ހުށައަޅަންވާނެއެވެ.

4 ޑިސެންބަރ 2018

04 ޑިސެންބަރު 2018
ހޯދާ