ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ސިޔާސީ ސަބަބަކަށްޓަކައި ފިޔަވަޅު އަޅައިފައިވާ މުވައްޒަފުން ޝަކުވާ ހުށަހެޅުން

ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި، ސަރުކާރުގެ އޮފީސްތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތަކާއި، ދައުލަތުގެ ވަޒީފާއިން ވަކިކޮށްފައިވާ، ނުވަތަ ފިޔަވަޅު އަޅައިފައިވާ މުވައްޒަފުންނަށް އިންޞާފު ހޯދައިދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އުފައްދަވާފައިވާ ކޮމިޓީއަކާ އެ މަސައްކަތް  ހަވާލުކުރައްވާފައެވެ.

ވީމާ، ނިމިދިޔަ ސަރުކާރުން ސިޔާސީ ސަބަބަކަށްޓަކައި ވަޒީފާއިން ވަކިކޮށްފައިވާ ނުވަތަ ނުޙައްޤުން ފިޔަވަޅު އަޅައިފައިވާ މުވައްޒަފުން، އެފަދަ ޝަކުވާތައް ހުށަހެޅުމަށް ކަނޑައަޅައިފައިވާ ފޯމު ފުރިހަމަ ކުރެއްވުމަށްފަހު، މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ހުށަހެޅުއްވުން އެދެމެވެ.

ޝަކުވާ ހުށަހަޅާ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން މި ފޯމު ޑައުންލޯޑް ކުރެއްވެންވެސް ހުންނާނެއެވެ.

25 ރަބީޢުލްއައްވަލް 1440

03 ޑިސެންބަރު 2018
ހޯދާ