ރައްޔިތުންގެ މަޖިލީހުގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

              އިޢްލާން

ވަޒީފާގެ ފުރުޞަތު

 

     

ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ތިރީގައިމިދަންނަވާ މަޤާމަށް މީހުން ބޭނުންވެއްޖެއެވެ.

 

މަޤާމުގެ ނަން:

 ސެކިޔުރިޓީ އޮފިސަރ

ރޭންކް:

 GS2/B

ސެކްޝަން/ޑިޕާޓްމަންޓް

 ސެކިޔުރިޓީ

ބޭނުންވާ އަދަދު:

  6

ތަޢްލީމާއި ތަޖްރިބާ:

  1. އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުފުރައެއްގެ މީހެއް ކަމަށްވުމާއެކު، ސާނަވީ އިމްތިޙާނަކުން 02 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކެންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މިމާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން، ނުވަތަ
  2. އުމުރުން 18 އަހަރާއި 30 އަހަރާއި ދެމެދުގެ އުމުރުފުރައެއްގެ މީހެއް ކަމަށްވުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމްގެ މަސްއޫލިއްޔަތު:

-  ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އެތެރޭގެ ސެކިޔުރިޓީގެ ކަންކަން ސާޖަންޓް އެޓް އާރމްސްގެ އިރުޝާދުގެ ދަށުން ބެލެހެއްޓުން

އުޖޫރަ:

- މަހަކު -/6,550 ރުފިޔާ

އެލަވަންސް/އިނާޔަތްތައް:

- ހާޒިރީ އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ހާޒިރުވާ ކޮންމެ ދުވަހަކަށް -/100 ރުފިޔާ

- ލިވިންގ އެލަވަންސްގެ ގޮތުގައި މަހަކު 3500/- ރުފިޔާ

 

ފޯމް ފޮނުވަންވީ ތާރީޚް: 04 ޑިސެމްބަރ 2018 ށް 11 ޑިސެމްބަރ 2018 ގެ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ 14:00 ގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް.

 

ހުށަހަޅަންޖެހޭ ލިއުންތައް: ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑްގެ ކޮޕީ

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ނަންބަރު)

ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓް އަދި އެޓެސްޓްކޮށްފައި)

 

ނޯޓް:ވަޒީފާއަށް އެދޭ ފޯމް މިއިދާރާގެ ކައުންޓަރުންނާއި މިއިދާރާގެ ވެބްސައިޓް އިން (www.majlis.gov.mv) ލިބެން ހުންނާނެއެވެ. މިމަޤާމަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން މިމަޤާމަށް ޝަރުތު ހަމަނުވާ ފަރާތްތަކުގެ ފޯމް ބާތިލްވާނެއެވެ. އަދި އިންޓަވިއުއަށް ކިޔާނީ ވަޒީފާއަށް އެދި ފޯމް ފޮނުވާ ފަރާތްތަކުގެ ތެރެއިން ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

3 ޑިސެމްބަރ 2018

03 ޑިސެންބަރު 2018
ހޯދާ