މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބަނދަރާއި މަގު ބައްތިތައް ބެލެހެއްޓުން އައުޓްސޯސްކުރުމާއިބެހޭ

މިރަށުގެ ބަނދަރާއި މަގުތަކާއި އިޖްތިމާޢީ ސަރަޙައްދުގައި ޖަހާފައިވާ މަގުބައްތިތައް ބެލެހެއްޓުމަށް 2018 ވަނަ އަހަރުގެ ތެރޭގައި މި އިދާރާއާ އަމިއްލަފަރާތަކާ ދެމެދު ވެވިފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާތީވެ، މަގުބައްތިތައް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

 

               މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 06 ޑިސެމްބަރު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައި ބާއްވާ މަޢުލޫމާތު ސާފުކުރުމުގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލަމެވެ.

 

              ބިޑް ހުށަހެޅުން އޮންނާނީ 11 ޑިސެމްބަރު 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00 ގައި މިއިދާރާގައެވެ. މަޢުލޫމާތު ދިނުމުގެ ބައްދަލުވުމުގައި ބައިވެރިވެ ނުލައްވާ އެއްވެސް ފަރާތަކަށް ބިޑް ކުރެއްވުމުގެ ފުރުޞަތެއް ނޯންނާނެއެވެ. ބިޑް ހިއްޕަވައިގެން ވަޑައިގަންނަވާއިރު ހުށަހަޅާ ލިޔުންތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ.

              އަންދާސީ ހިސާބު (ބިޑް) ގައި މާކުސްދެވޭނެ މިންގަނޑުތައް ތިރީގައި އެވަނީއެވެ.

  • މަސައްކަތުގެ އަގު             %85
  • މާލީ ތަނަވަސްކަން            
  • ތަޖުރިބާ                    %5

 

                މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.

02 ޑިސެންބަރު 2018
ހޯދާ