މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުސަތު (ޕްރޮޑަކްޓް ޓެކްނީޝަން، މާކެޓިންގ އޮފިސަރ)

 

             ނަންބަރު: MREIC/IU/2018/0026 

ވަޒީފާގެ ފުރުސަތު

    މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަނަކީ އެމްޓީސީސީގެ ސައްތައިން ސައްތަ ހިއްސާވާ ސަބްސިޑަރީ ކުންފުންޏެކެވެ. މި ކުންފުނީގެ ތިރީގައި މިދަންނަވާ މަޤާމްތަކަށް ހީވާގި، މަސައްކަތަށް ޝަޢުޤުވެރިކަން ހުންނަ ދިވެހި މުވައްޒަފުން ބޭނުންވެއެވެ.

 

މަޤާމް:                 

ޕްރޮޑަކްޓް ޓެކްނީޝިއަން

ޢަސާސީ މުސާރަ:        

ދެފަރާތާ އެއްބަސްވެވޭ މުސާރަ

އެޑިއުކޭޝަން އެލަވަންސް:

 

އެމް އެން ކިޔު އެފް ލެވެލް 07 އިން މަތީގެ ސަނަދުތަކަށް އަސާސީ މުސާރައިގެ %40

ލެވެލް 05 އަދި 06 ގެ ސަނަދުތަކަށް އަސާސީ މުސާރައިގެ %20

އެހެނިހެން އެލަވަންސް/އިނާޔަތް: 

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިޝުއަރެންސް ލިބިދެވޭނެއެވެ.

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން /އެމްޓީސީސީ ސޯމިލް

މަޤާމުގެ މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

  1. ކަސްޓަމަރުންނަށް އެކިއެކި އުފެއްދުންތައް ބޭނުންކުރުމާ ބެހޭގޮތުން ލަފާ ދިނުން
  2. ކުރެހުންތަކާ، އުފެއްދުންތަކުގެ ސްޕެކްސް، އަދި އުފެއްދުންތަކުގެ ލިސްޓު ދިރާސާ ކުރުން
  3. ވަކިވަކި އުފެއްދުންތަކާއި ދެވޭ ޙިދުމަތްތަކާއި ބެހޭ ގޮތުން ކަސްޓަމަރުންނާއި މަޝްވަރާކޮށް އިތުރަށް ޙިދުމަތް ރަނގަޅު ކުރެޥިދާނެ ގޮތްތައް ހޯދުން
  4. އުފެއްދުންތަކުގެ ޓެކްނިކަލް މަޢުލޫމާތުތައް ރަނގަޅަށް ދެނެގަނެ އުފެއްދުންތަކުގެ ޚާއްސަ ސިފަތަކަށް ބިނާކޮށް ބިނާކޮށް ކަސްޓަމަރުންގެ ބޭނުންތަކަށް ހައްލުހޯދައިދިނުން
  5. ސޭލްސް ޓީމް އާއި އެކީ ބައިވެރިވެ ކަސްޓަމަރުންގެ އިތުރު ބޭނުންތައް ހޯދައި، އެކަންތައް ތަކަށް ހައްލު ހޯދުން
  6. ހާއްސަ ފަންނީ އެހީ ބޭނުންވާ އުފެއްދުންތައް ކަސްޓަމަރުންނަށް ފޯރުކޮށްދިނުމުގަ އާއި އެފަދަ އުފެއްދުންތައް ބޭނުންކުރުމަށް އެހީވެދިނުން.
  7. އުފެއްދުންތަކުގެ ޓެކްނިކަލް ޑޭޓާ ޝީޓުތައް ބަލައި ދިރާސާކޮށް އެ މަޢުލޫމާތުތައް ޓެކްނިކަލް ޕްރެޒެންޓޭޝަނެއްގެ ޒަރިއްޔާއިން ކަސްޓަމަރުންނަށް ފޯރުކޮށްދިނުން
  8. ރަނގަޅު ފެންވަރެއްގައި އުފެއްދުންތަކުގެ ޙިދުމަތާއި މަޢުލޫމާތު ކަސްޓަމަރުންނަށް ފޯރުކޮށްދިނުން
  9. ފުޅާ ދާއިރެއްގައި މިފަދަ އުއްފުއްދުންތައް ގަނެ ބޭނުން ކުރާ ފަރާތްތައް ހޯދައި، އެ ފަރާތްތަކާއި ބައްދަލުކޮށް، އުފެއްދުންތަކުގެ މަޢިލޫމާތު، ސާންޕަލްސް، ކެޓެލޮގްސް، އުފެއްދުންތަކުގެ އަގު، ލިބޭނެ މިންވަރު، އަދި އުފެއްދުންތަކުގެ ފައިދާތައް މަޝްވަރާކޮށް އެފަދަ މަޢުލޫމާތު ފޯރުކޮށްދިނުން.
  10. އިމާރާތް އަދި ބްރިޖުފަދަ ތަންތަން ވޯޓާރ ޕްރޫފް ކުރުމަށް ބޭނުންވާ އާލާތްތައް ބޭނުންކުރުމާ އެފަދަ މަސައްކަތް ކުރުން.
  11. ކެމިކަލް އެއްކުރުމަށް އަޅަންޖެހޭ އެންމެ އެކަށީގެންވާ މާއްދާތައް ބޭނުންކޮށް ކެމިކަލް އެއްކުރުން.
  12. މަސައްކަތެއް ނިންމުމަށް ބޭނުންވާނެ އުފެއްދުންތަކުގެ އަދަދު، އަދި ބޭނުންވާ މިންވަރު ދިރާސާކޮށް ދެނެގަނެ އަގު ކަނޑައެޅުން.

މަގާމުގެ ޝަރުތުތައް:           

  1. މިގާމާއި ގުޅޭ ދާއިރާއަކުން ޑިޕްލޮމައެއް ހާސިލްކޮށްފައިވުމާ އެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން މަދުވެގެން 1 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން ނުވަތަ.
  2. މަސައްކަތާއި ގުޅޭ ދާއިރާ އަކުން މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. މައިކްރޮސޮފްޓް އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

ހުށައަޅަންޖެހޭ ލިޔުންތައް:        

  1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު މި ފޯމް ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔަތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.     
  2.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  3. ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛     

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލެވޭނެ ކަންތައްތައް:     

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.                    
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

މަޤާމް:                 

މާކެޓިންގ އޮފިސާރ

ޢަސާސީ މުސާރަ:        

6600.00ރ.

ސަރވިސް އެލަވަންސް:      

.001500ރ.

އެޑިއުކޭޝަން އެލަވަންސް:

 

އެމް އެން ކިޔު އެފް ލެވެލް 07 އިން މަތީގެ ސަނަދުތަކަށް އަސާސީ މުސާރައިގެ %40

ލެވެލް 05 އަދި 06 ގެ ސަނަދުތަކަށް އަސާސީ މުސާރައިގެ %20

ބޭނުންވާ އަދަދު:           

01

އެހެނިހެން އެލަވަންސް/އިނާޔަތް: 

ހަމަޖެހިފައިވާ އުޞޫލުގެ މަތީން އިތުރުގަޑީގެ ފައިސާ / ރިޓަޔަމަންޓް ޕެންޝަން ސްކީމް އަދި ހަމަޖެހިފައިވާ އުޞޫލުގެ މަތީން ކުންފުނީގެ ހެލްތް އިންޝުއަރެންސް ލިބިދެވޭނެއެވެ.

 

މަސައްކަތް ކުރަންޖެހޭ ތަން:    

މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަން /އެމްޓީސީސީ ސޯމިލް

 

މަގާމުގެ ޝަރުތުތައް:           

  1. މާކެޓިން ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން ނުވަތަ އެނޫންވެސް މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ޑިޕްލޮމާ އެއް ހާސިލްކޮށްފައިވުމާ އެކު މި މަޤާމުގެ މަސްޢޫލިއްޔަތު އުފުލުމަށް ބޭނުންވާ ފަދަ ދާއިރާއަކުން މަދުވެގެން 2 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.
  2. މައިކްރޮސޮފްޓް އޮފީސް ޕެކޭޖު ފަރިތަކަމާއެކު ބޭނުން ކުރަން އެނގުން.

ހުށައަޅަންޖެހޭ ލިޔުންތައް:        

  1.  ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު މި ފޯމް ކުންފުނީގެ ހިއުމަން ރިސޯސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔަތެއްކަން އަންގައިދޭ،މުއްދަތު ހަމަނުވާ،ކާޑުގެ ދެފުށުގެ ލިޔުންތައް  ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛  ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

  (ށ) މަތީ ތައުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

  1. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.     
  2.  މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
  3. ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  4. އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް.      

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް

ހޮވުމަށް ބެލެވޭނެ ކަންތައްތައް:     

  1. ހާސިލްކޮށްފައިވާ ތައުލީމާއި ތަމްރީނަށް ބަލައިގެން.                    
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާއަށް ބަލައިގެން.
  3. ގާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން.

 

ޝޯޓްލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

ވީމާ، މިމަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 05 ޑިސެމްބަރު 2018 ވަނަ ދުވަހުގެ 14:00 ގެ ކުރިން މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމެންޓް ކޯޕަރޭޝަންގެ "ޖޮބް އެޕްލިކޭޝަން ފޯރމް" ފުރިހަމަކުރެއްވުމަށްފަހު، ފޯރމާއިއެކު ލިބިވަޑައިގެންފައިވާ ސެޓްފިކެޓްތަކުގެ އަސްލާއި އެއްގޮތް ކޮޕީ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ އަދި ޕާސްޕޯރޓް ސައިޒްގެ ފޮޓޯއެއް ހުށެހެޅުއްވުން އެދެމެވެ.މި މިތަކެތި ފެކްސް އަދި އީމެއިލް އިންވެސް ގަބޫލު ކުރެވޭނެއެވެ. މި ފޯރމް ކުންފުނީގެ ހިއުމަން ރިސޯރސަސް އެންޑް އެޑްމިނިސްޓްރޭޝަން ސެކްޝަނުން (ހ.ސޯމިލް / ފުރަތަމަ ފަންގިފިލާ ) ލިބެން ހުންނާނެއެވެ.                 

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ،  3001216 ނަންބަރު ފޯނަށް، ނުވަތަ 7736424 ނަންބަރު ފޯނަށެވެ. އީ-މެއިލް ކުރައްވާނީ [email protected]  އަށެވެ.

 

  23 ރަބީޢަލް ޢައްވަލް 1440

01 ޑިސެންބަރު 2018
ހޯދާ