މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒޭޝަން ކޮމެޓީއަށް ބަދަލު އައުން

 

 

އިޢުލާން

  

              25 ނޮވެންބަރު 2018 ގައި ކުރެވުނު މިމިނިސްޓްރީގެ ނަންބަރު: IUL) 141-COS/141/2018/279) އިޢުލާނުގައިވާ  ނެޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއަރ އަލްފާޟިލް ޢަލީ ސަލީމް 29 ނޮވެންބަރު 2018 ގައި ކޮމިޓީން އިސްތިއުފާ ދެއްވުމާއި ގުޅިގެން އެކޮމިޓީގެ ހުސްވެފައިވާ މަޤާމަށް މިއަދުން ފެށިގެން އަލްފާޟިލް އަޙްމަދު އިބްރާހީމް އައްޔަންކޮށް ކޮމިޓީގެ ޗެއަރޕާރސަންގެ މަސްޢޫލިއްޔާތުވަނީ ޙަވާލުކޮށްފައެވެ.

     މިހާރު ކޮމިޓީއަށް ގެނެވިފައިވާ ބަދަލު ތިރީގައި މިވަނީއެވެ. 

 

  1. އަލްފާޞިލް އަޙުމަދު އިބްރާހީމް (ކޮމެޓީގެ ޗެއަރ)
  2. އަލްފާޟިލާ އިސްރަތު ޙަމީދު – (ކޮމެޓީގެ ވައިސް ޗެއަރ)
  3. އަލްފާޟިލް މޫސާ ނާޝިދު – (މެންބަރު)
  4. އަލްފާޟިލާ ޔަޒްނީ ނަޝީދާ – (މެންބަރު)
  5. އަލްފާޟިލް އަޙުމަދު އާދަމް – (މެންބަރު)

 

            ވީމާ، މީކަން އާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

 

21 ރަބީޢުލްއައްވަލް 1440

29 ނޮވެންބަރު 2018
ހޯދާ