މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް
ދިވެހިރާއްޖެ
ޤައުމީ ޗެސް މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލުން.

 

  

އިޢުލާން

 

 

2018 ވަނަ އަހަރުގެ ގައުމީ ޗެސް މުބާރާތުގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވައިލަމެވެ. މުބާރާތުގެ ތަފްސީލް ތިރީގައި ބަޔާންކޮށްފައި އެ ވަނީއެވެ.

  • މުބާރާތުގައި ކްލަބް ކެޓެގަރީ އާއި އޯޕަން ކެޓަގަރީ ހިމެނެއެވެ.
  • ކުޅުންތެރިން އަދި ކްލަބުތައް ރަޖިސްޓަރީ ކުރެވޭނެ ސުންގަޑިއަކީ 20 ޑިސެންބަރު 2018 ގެ 14:00 މިނެޓެވެ.
  • މުބާރާތް ކުރިއަށް ދާނީ 23 ޑިސެންބަރު 2018 އިން 4 ޖެނުއަރީ 2019 ގެ ނިޔަލަށް، މާލޭގައެވެ.
  • މި މުބާރާތަކީ ކްލެސިކް މުބާރާތެކެވެ.
  • މުބާރާތުގައި ބައިވެރިވެވޭނީ މި އެސޯސިއޭޝަނުން ގަބޫލުކުރާ ޝަރުތު ހަމަވާ ކްލަބުތަކަށާއި  މި އެސޯސިއޭޝަންގައި ރަޖިސްޓަރީ ވެފައިވާ ފަރުދީ މެންބަރުންނަށެވެ.
  • މި މުބާރާތުގެ ގަވާއިދުގެ (އިންޓެރިމް) މި އިއުލާނާއެކު މި ވަނީއެވެ.
  • ޓެކްނިކަލް މީޓިންގ އޮންނާނީ 22 ޑިސެންބަރު 2018 އެވެ.
  • ފޯމުތައް ލިބެން ހުންނާނީ މޯލްޑިވްސް ޗެސް އެސޯސިއޭޝަންގެ އޮފީހުންނެވެ.

 

 އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7788252  އަށް ގުޅުއްވުން އެދެމެވެ. ނުވަތަ ތިރީގައިވާ އީމެއިލްއަށް ކުރެއްވުން އެދެމެވެ.       [email protected]

  މި އިޢުލާނާއެކު ކްލަބް ކެޓެގަރީއާއި އޯޕަން ކެޓެގަރީގެ ގަވާޢިދު އެޓޭޗްކުރެވިފައިވާނެއެވެ.

 

21 ރަބީޢުލްއައްވަލް 1440

29 ނޮވެންބަރު 2018
ހޯދާ