މޯލްޑިވްސް ޕޮލިސް ސަރވިސް
ދިވެހިރާއްޖެ
މި ސަރވިސްގެ ބޭނުމަށް ޗާޕްކުރާ ލިޔެކިއުންތައް ކޮންޓްރެކްޓް އުޞޫލުން ޗާޕްކޮށްދެއްވާނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  • މޯލްޑިވްސް ޕޮލިސް ސަރވިސްއިން ޗާޕްކުރުމަށް ބޭނުންވާ ބައެއް ތަކެތި ކޮންޓްރެކްޓް އުޞޫލުން 2 އަހަރު ދުވަހުގެ މުއްދަތަށް ޗާޕްކޮށްދެއްވާނެ ފަރާތެއް ހޯދަން ބޭނުންވެގެން ކުރި ނަމްްބަރ:095171-G1(b)/IUL/2018/  އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، ދެންނެވިފައިވާ އިޢުލާން ބާތިލްކޮށް މިއަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝައުޤްވެރިވެލައްވާ އެންމެހައި ފަރާތްތަކަށް އަލުން ހުޅުވާލަމެވެ.

   ބީލަންތަކަށް ފައިސާ ބަލައިގަތުން އޮންނާނީ 2018 ނޮވެމްބަރ 29 ވާ ބުރާސްފަތި ދުވަހުން ފެށިގެން 2019 ޖެނުއަރީ 03 ވާ ހޯމަ ދުވަހުގެ ނިއަލަށް، ބަންދުނޫން ކޮންމެ ދުވަހެއްގެ 10:00 އިން 11:00 އަށް މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓް (އިސްކަންދަރު ބިލްޑިންގ، އަމީނީމަގު) ގައެވެ. ބީލަން ފޮތެއްގެ އަގަކީ 100/- (ސަތޭކަ) ރުފިޔާއެވެ. ފައިސާ ދެއްކެވުމުން ބީލަންފޮތް، ސޮފްޓް ކޮޕީ ފޯމެޓެއްގައި މި ސަރވިސްގެ ޕްރޮކިއުމަންޓް ސެކްޝަނުން ލިބިވަޑައިގަންނަވާނެއެވެ.

  • މި ޕްރޮޖެކްޓްގެ ބިޑް ޑޮކިއުމަންޓްސް ކުރިން ބައްލަވައިގެންފައިވާ ފަރާތްތަކުން ބިޑް ޑޮކިއުމަންޓްސް އަލުން ގަންނަވަން ޖެހިވަޑައެއް ނުގަންނަވާނެއެވެ. ނަމަވެސް ދެންނެވިފައިވާ މުއްދަތުގެ ތެރޭގައި ބިޑަށް އަލުން ނަން ނޯޓް ކުރައްވަން ވާނެއެވެ.
  • މި ޕްރޮޖެކްޓުގެ ޕްރީބިޑް ބައްދަލުވުން އޮންނާނީ 2019 ޑިސެމްބަރ 04 ވާ އަންގާރަ ދުވަހުގެ 10:00 ގައި، އިސްކަންދަރު ބިލްޑިންގ ގައެވެ. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2019  ޑިސެމްބަރ 03 ވާ ހޯމަ ދުވަހުގެ 16:00 ގެ ކުރިން މި ސަރވިސްގެ އީމެއިލް އެޑްރެސް [email protected] އަށް ފޮނުއްވުން އެދެ              
  • ބީލަން ހުޅުވުން އޮންނާނީ 2019 ޑިސެމްބަރ 11 ވާ އަންގާރަ ދުވަހުގެ 10:00 ގައި މި ސަރވިސްގެ ފައިނޭންސް ޑިޕާޓްމަންޓުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތާއި ޚިދުމަތް ދޭ ފަރާތުގެ ނަން ލިޔެފައި އޮންނަންވާނެއެވެ.
  • ބީލަންފޮތް ބައްލަވައިނުގަންނަވާ ފަރާތްތަކަށް ޕްރީބިޑް ބައްދަލުވުމުގައި އާއި ބިޑް ހުޅުވުމަށް ބާއްވާ ބައްދަލުވުމުގައި ބައިވެރި ކުރެވެން ނޯންނާނެ ވާހަކަ ދަންނަވަމެވެ.

     28  ނޮވެމްބަރ 2018 މ

28 ނޮވެންބަރު 2018
ހޯދާ