މޯލްޑިވްސް ޕޯސްޓް ލިމިޓެޑް
ދިވެހިރާއްޖެ
ކަނޑުމަގުން ޕޯސްޓް މޭލް ބޭގްތައް އުފުލައިދޭނެ ފަރާތެއް ހޯދުން

ތިރީގައިވާގޮތުގެމަތިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓް އާ މާލެއާ ދެމެދު ކަނޑުމަގުން ޕޯސްޓް މޭލް ބޭގްތައް އުފުލައިދޭނެ ފަރާތެއް ބޭނުންވެއްޖެއެވެ. ވީމާ، ތިރީގައިވާ ގޮތުގެމަތިން ދަތުރުތައް ކޮށްދެވޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.  ވީމާ، މިކަމަށް  ޝައުގުވެރިވެ ވަޑައިގަންނަވާނެ ފަރާތްތަކުން   5 ޑިސެމްބަރު 2018 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން މިކުންފުނީގެ 3ވަނަ ފަންގިފިލާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުމަށް ދަންނަވަމެވެ. މިކަމާބެހޭގޮތުން އިތުރު މަޢުލޫމާތު ހޯއްދެވުމަށް ނަންބަރު 215-3009އާ ގުޅުއްވުން އެދެމެވެ.

 

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓުން މާލެއަށް ޕޯސްޓް މޭލް ބޭގްތައް ގެނައުން

  • ހޮނިހިރު – ބުރާސްފަތި: ދުވާލަކު 2 ދަތުރު
  • ހުކުރު: 1 ދަތުރު

މާލެއިން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯރޓަށް ޕޯސްޓް މޭލް ބޭގްތައް ގެންދިއުން

  • ހޮނިހިރު – ބުރާސްފަތި: ދުވާލަކު 2 ދަތުރު

 

މޭލް ހުންނަ ނިސްބަތުން ދަތުރުތައް އިތުރު ކުރަންވެސް ޖެހިދާނެއެވެ. އެހެންކަމުން އަގު ހުށަހަޅުއްވާނީ ދަތުރެއް ކޮށް ދޭނެ އަގެވެ.

މާރކްސް ދޭނެ މިންގަނޑުތައް :

  • އަގު: %70
  • ފެންވަރު/ ސައިޒް/ކެޕަސިޓީ: %30
28 ނޮވެންބަރު 2018
ހޯދާ