ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމް :އެޑްމިނިސްޓްރޭޓިވް އޮފިސަރ
ބޭނުންވާ އަދަދު :1

ނަންބަރު: IUL)326-HR/326/2018/44)                                                          

އިޢުލާން 

ވަޒީފާގެ ފުރުޞަތު

މަޤާމް:

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ނަންބަރު:

J-297665

ބޭނުންވާ އަދަދު:       

1 (އެކެއް)

މަޤާމުގެ ގިންތި:

ވަގުތީ (ކޮންޓްރެކްޓް އުޞޫލުން)

މަޤާމުގެ މުއްދަތު:

06 ޑިސެމްބަރ 2018 އިން 05 ޑިސެމްބަރ 2019 އަށް

މަޤާމުގެ ރޭންކް:

ޖީ.އެސް 3                                              

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން:

ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާ، ޅ. ހިންނަވަރު

މުސާރަ:            

-/4465ރ (ހަތަރުހާސް ހަތަރުސަތޭކަ ފަންސަހައްޓި ރުފިޔާ)

ސަރވިސް އެލަވަންސް:

-/1500ރ (ފަނަރަސަތޭކަ ރުފިޔާ)

އެހެނިހެން އެލަވަންސްތައް

  1. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލްސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ. (މީގެއިތުރުން މަޤާމަށް ކަނޑައަޅާފައިވާ ޢީނާޔަތްތައް

 

މަޤާމުގެ  މައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް:

01- ބިންބިމާ ގޯތީގެ ރަޖިސްޓްރީއާ ޢިމާރާތާއި ގޯތީގެ ރަޖިސްޓްރީ ލިޔެ ބެލެހެއްޓުން.

02- ގޯތިގެދޮރާ ބިންބިމާބެހޭ ފައިލްތައް ބެލެހެއްޓުމާ ލިޔެކިޔުންތަކާ ރެކޯޑް ބެލެހެއްޓުން.

03- ގޯތިގެދޮރުގެ މިލްކުވެރިކަމަށް އަންނަ ބަދަލުތަކާގުޅިގެން ރަޖިސްޓަރީތަކަށް ގެންނަންޖެހޭ ބަދަލުތައް ދުވަހުން ދުވަހަށް ގެނައުމާއި ވެރިފަރާތްތަކަށް އަންނަ ބަދަލުތަކާ އަލަށް ރަޖިސްޓަރީކުރާ ގޯތިގެދޮރާބެހޭ މަޢުލޫމާތު ކޮންމެ މަހެއްގެ ފުރަތަމަ މަސައްކަތު 5 ދުވަހުގެތެރޭގައި އިދާރީ ބަޔަށް ދިނުމާ އެ މަޢުލޫމާތުތައް ބެލެހެއްޓުން.

04- އެއްގަމާއި ކަނޑުގައިދުއްވާ އުޅަނދުފަހަރުގެ އެކިކަންކަމަށް ދޫކުރަންޖެހޭ ފޯމް ދޫކުރުމާ ބަލައިގަތުމާ އުޅަނދުފަހަރުގެ އެކި ކަންކަމަށް ހައްދަންޖެހޭ ސެޓްފިކެޓް/ހުއްދަފަދަ ތަކެތި ހެއްދުމާއި އެކަމާއިބެހޭ އެންމެހާ ލިޔެކިޔުންތަކާއި ރެކޯޑް ބެލެހެއްޓުން.

05- ކަރަންޓް ކޭބަލް، ޓީ.ވީ ކޭބަލް، ފެންލައިން، ފާޚާނާހޮޅިލުމަށް ނުވަތަ އަދި މިނޫންވެސް އެފަދަ ކަމަކާ ގުޅިގެން ރަށުގެމަގު ކޮންނަންޖެހޭފަދަ ކަމަކާ ގުޅިގެން ދޫކުރަންޖެހޭ ހުއްދައާއި ލިޔުންތައް ލިޔުން.

06- ކުށުގެ މައްސަލަތަކާބެހޭ ލިޔުންތަކާ އަރުވައިލާ، ފޮނުވައިލާ އަދި ގޭބަންދުކުރެވޭ މީހުންގެ ލިޔުންތަކާ ރަޖިސްޓްރީއާއި ރެކޯޑް ލިޔެ ބެލެހެއްޓުން.

07- ގޯއްޗަށްއެދޭ ފޯމް ދޫކުރުމާއި ބަލައިގަތުމާބެހޭގޮތުން ޔުނިޓުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި އެ މަސައްކަތްތަކާގުޅޭ ލިޔެކިއުންތަކާއި ރެކޯޑް ބެލެހެއްޓުން.

08- އެއްބުރިއަށްވުރެ އުސްކޮށް ޢިމާރާތްކުރުމަށް ހުއްދަދިނުމާއި އެފަދަ ތަންތަން ޢިމާރާތްކުރުމާއިބެހޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި ކަމާބެހޭ މަޢުލޫމާތު ހިމެނޭ ދަފްތަރު ތައްޔާރުކޮށް ބެލެހެއްޓުން.

09- ފުރަބަންޑާރަ ރައްޔިތުންގެ ރުއްގަހާބެހޭ އެންމެހާ މަޢުލޫމާތުތައް ލިޔެ ބެލެހެއްޓުމާ މިނޫންވެސް ރުއްގަހާބެހޭގޮތުން ބަލަހައްޓަންޖެހޭ ރެކޯޑް ލިޔެ ބެލެހެއްޓުން.

10- ގޭބިސީތަކުގެ މަޢުލޫމާތާއި މިނޫންވެސް ޔުނިޓްގެ މަސައްކަތްތަކާއިބެހޭގޮތުން ބަލަހައްޓަންޖެހޭ މަޢުލޫމާތުގެ ދަފްތަރުތައް ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

11- ޔުނިޓްގެ މަސައްކަތްތަކާބެހޭގޮތުން ލިޔަންޖެހޭ ލިޔުންތައް ލިޔުމާއި ޔުނިޓްގައި މަސައްކަތްކުރާ އެހެން މުވައްޒަފުންނާ ގުޅިގެން ޔުނިޓްގެ ލިޔެކިއުންތަކާއި ލިޔުންތަކާބެހޭ ރެކޯޑާއި ފައިލިންގ ސިސްޓަމް ބެލެހެއްޓުން.

12- ޔުނިޓުން ފޮނުވަންޖެހޭ އެންމެހާރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް މުއްދަތަށް ފޮނުވުން.

13- ވިޔަފާރިކުރާ ތަންތަނާއި ސައިހޮޓާ ކެންޓީނުފަދަ ތަންތަން ރަޖިސްޓަރީކުރުމާއި ބެހޭގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ބެލެހެއްޓުމާއި އެފަދަ ތަންތާނގެ ދަފްތަރު ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުން.

14- މަސްވެރިކަމާ ދަނޑުވެރިކަމާއިބެހޭ ކަންތައްތައް ކުރުމާއި ބެލެހެއްޓުމާއި މަސްވެރިންނާއި ދަނޑުވެރިންގެ ދަފްތަރު އަޕްޑޭޓްކޮށް ބެލެހެއްޓުން.

15- ރަށުގައިއުޅޭ ބިދޭސީންނާއިބެހޭ ދަފްތަރު ތައްޔާރުކޮށް އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މަޢުލޫމާތު އެއްކޮށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވުމާއި އެކަމުގައި އަޅަންޖެހޭ ފިޔަވަޅު އެޅުން.

16- ފާދިއްޕޮޅު ހިންނަވަރު ކައުންސިލް އިދާރާގެ އެހެން ޔުނިޓެއްގެ މަސައްކަތްތައް ޚާއްޞަ ޙާލަތެއްގައި ވަގުތީގޮތުން ޙަވާލުކުރެވިއްޖެނަމަ އެ މަސައްކަތެއް ކުރުން.

17- ޔުނިޓްގެ އެހެން މުޥައްޒަފަކަށް ދިމާވާ ކަމަކާ ގުޅިގެން އެ މުވައްޒަފެއްގެ މަސައްކަތްތައް ވަގުތީގޮތުން ޙަވާލުކުރެވިއްޖެނަމަ އެ މަސައްކަތްތަކެއް ކުރުން.

18- ޚާއްޞަ ވާޖިބުތަކުގެ އިތުރުން މުޅި ކައުންސިލަށް ދިމާވާ ކުއްލި އިމަރޖެންސީ ކަންކަމާއި އެންމެން ޝާމިލުވާންޖެހޭ ޚާއްޞަ ކަންކަމުގައި ބައިވެރިވުން.

19- މީގެއިތުރުން ޔުނިޓްގައިހިމެނޭ އެހެން މަސައްކަތްތަކާއި އިދާރާއިންކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި އިދާރާގެ މަސައްކަތުގެދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

މަޤާމުގެ ޝަރުޠުތައް:

1- ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން ސެކަންޑްރީ ސްކޫލް، ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށްއެދޭ ފޯމް. (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ  ވެބްސައިޓުން އަދި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާ އަށްއެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސް އަށް/ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާއިމެދު އިޢްތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5- ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ:

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިއުމާއެކު ކޯހުން ލިބޭ ސެޓްފިކެޓް ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ދޫކޮށްފައިވާ ލިއުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމުދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6- ވަޒީފާގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ކުރުމުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓްތަކުގެ ކޮޕީ.

7- ސިވިލް ސަރވިސް ގެ ވަޒީފާއަށް ވަނުމަށް ދެވޭ އިންތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ އެ ސެޓްފިކެޓްގެ ކޮޕީ.

8- މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ:

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްޞާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ، ވަޒީފާ އަދާކުރި މުއްދަތާއި ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ ޢަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރި ގޮތް އަންގައިދޭ ރެފަރެންސް ޗެކްފޯމް.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: 

ދާއިރާ

ބެލޭނެ ބައިތައް

ދެވޭނެ އެންމެ މަތީ މާކްސް

އިންސައްތަ

ތަޢުލީމާއި ތަމްރީނު

ލިބިފައިވާ ތަޢުލީމު

35

40

އިމްތިޙާން

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު ތަމްރީނު

30

"ސިވިލް ސަރވިސް ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާން"

12

5

މަސައްކަތުގެ ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ތަޖުރިބާ

33

10

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެކްޓިކަލްސް

100

45

ޖުމްލަ

210

100

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 06 ޑިސެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން، ފާދިއްޕޮޅު ހިންނަވަރު ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް  ([email protected]) އަދި ފެކްސް 6620301 މެދުވެރިކޮށްވެސް ބަލައިގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ ޢަދަދަށް ވަޒީފާއަށް އެދޭ ފޯމް ބަލައިގަނެވޭނެއެވެ.

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު އަދި ޕްރެޒެންޓޭޝަން އޮންނާނީ، 2018 ޑިސެމްބަރ 10 އާ 31 އާއި ދެމެދު ހިންނަވަރު ކައުންސިލްގެ އިދާރާގައެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށްއެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު:

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6620301 ނަންބަރު ފޯނާއިއެވެ. ފެކްސް ނަންބަރަކީ 6620301 އެވެ. އީމެލް ކުރާނީ [email protected] އަށެވެ.

14 ރަބީޢުލްއައްވަލް 1440

22  ނޮވެމްބަރ   2018

22 ނޮވެންބަރު 2018
ހޯދާ