މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް

01 ޖެނުއަރީ 2019 އިން 31 ޑިސެމްބަރު 2019 އަށް އައުޓްސޯސް ކޮށްގެން މިއިދާރާގެ ސެކިއުރިޓީ ބަލަހައްޓާނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                  މިކަމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 ޑިސެމްބަރު 10 ވާ ހޯމަ ދުވަހު 11:00އަށް މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 ޑިސެމްބަރު 13 ވާ ބުރާސްފަތި ދުވަހު 11:00 އަށް އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގެންދެއްވުން އެދެމެވެ.

                  މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުމުގައި ކޮންމެ ބޭފުޅަކަށްވެސް މަޢުލޫމާތު ދެވޭނީ 1 ފަރާތެއްގެ ނަމުގައެވެ. މަޢުލޫމާތު ސާފުކުރުމަށާއި އަންދާސީ ހިސާބު ހުށަހެޅުމަށް ވަޑައިގަންނަވާ ފަރާތުގެ އައިޑީ ކާޑު ގެންނަންވާނެއެވެ. ބަދަލުގައި ބޭފުޅަކު ފޮނުވާނަމަ ޙާޟިރުނުވެވުނު ސަބަބާއި ފޮނުވާ ބޭފުޅެއްގެ މަޢުލޫމާތު ބަޔާންކުރާ އަންދާސީ ހިސާބު ހުށަހަޅާ ފަރާތުގެ ސިޓީއެއް ގެންނަވަންވާނެއެވެ. އަންދާސީ ހިސާބު ހުށަހެޅޭނީ މަޢުލޫމާތު ސާފުކުރައްވާ ފަރާތްތަކަށް އެކަނި ކަމުގައި ދެންނެވީމެވެ.

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ތަކެތި

1-      ހުށަހަޅާ ފަރާތުގެ ޕްރޮފައިލް (ވަނަވަރު)

2-      އަންދާސީ ހިސާބު (ތަފްޞީލާއެކު)

3-      ހުށަހަޅާ ފަރާތުގެ އައިޑީކާޑުގެ ކޮޕީ / ކުންފުންޏެއްނަމަ ކުންފުނީގެ ރަޖިސްޓްރީގެ ކޮޕީ

އަންދާސީ ހިސާބު ވަޒަންކުރުމުގައި ބެލޭނެ މިންގަނޑުތައް

1-     ހުށަހަޅާފައިވާ އަގު އެކަށީގެންވޭތޯ                (އަގަށް 70 ޕޮއިންޓް)

2-     އަންދާސީ ހިސާބު ފުރިހަމަކޮށްފައިވާ ގޮތް            05 ޕޮއިންޓް

3-     މާލީ ގޮތުން މަސައްކަތް ކުރެވިދާނެ ފެންވަރު          15 ޕޮއިންޓް

4-     މީގެ ކުރިން ކޮށްފައިވާ މިބާވަތުގެ މަސައްކަތް ހިންގާފައިވާ ގޮތާއި މަސައްކަތުގެ ކުޑަ ބޮޑު މިން   10 ޕޮއިންޓް

 

           ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

27 ނޮވެންބަރު 2018
ހޯދާ