ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
A5 ސައިޒްގެ ފޮތް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާނު

A5 ސައިޒްގެ ފޮތް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުން

މި އޮފީހުގެ ބޭނުމަށް ކުރިއަށްއޮތް 1 އަހަރު ދުވަހުގެ މުއްދަތަށް A5 ސައިޒްގެ ފޮތް ޕްރިންޓް ކޮށްދޭނެ ފަރާތެއް ހޯދުމަށް 15 ނޮވެންބަރު 2018ގައި ކުރި، މި އޮފީހުގެ ނަންބަރު IUL)1-FA(B)/1/2018/50) އިޢުލާނާ ގުޅިގެން، އެސްޓިމޭޓް ހުށަހެޅުމަށް 3 ފަރާތުން ހާޟިރު ވެފައިނުވާތީ،  އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 ނޮވެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 10:00 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2018 ޑިސެންބަރު 3 ވާ ހޯމަ ދުވަހުގެ 10:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 18 ރަބީޢުލްޢައްވަލް 1440

 

26 ނޮވެންބަރު 2018
ހޯދާ