ހައްދުންމަތީ އިސްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިރަށު މަގުތަކުގައި ޖެހުމަށް 100 ލެޑް ލައިޓް ހޯދަން ބޭނުންވެއްޖެ

މިރަށު މަގުތަކުގައި ޖެހުމަށް 100 ލެޑް ލައިޓް ހޯދަން ބޭނުންވެއްޖެ އެވެ. މި ލައިޓްތައް ކައުންސިލްގެ އިދާރާއަށް ފޯރުކޮށްދިނުމަށް ޝައުޤުވެރިވާ ފާރާތްތަކުން، ތިރީގައި މިދަންނަވާ ތާރީޚްގައި މި އިދާރާއަށްވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު އެސްޓިމޭޓް ހުށައެޅުއްވުން އެދެމެވެ.

  • މަޢުލޫމާތު ސާފުކުރުން: 28 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 13:00 ގައި
  • އެސްޓިމޭޓް ހުށަހެޅުން: 04 ޑިސެމްބަރ 2018 ވާ އަންގާރަ ދުވަހުގެ  13:00 ގައި

           މަޢުލޫމާތު ސާފުކުރުމަށާއި، އެސްޓިމޭޓް ހުށައެޅުމަށް ވަޑައިގަންނަވާއިރު އައި.ޑީ ކާޑު ނުވަތަ ފޮޓޯޖެހި ރަސްމީ ލިޔުމެއް ގެންނެވުން އެދެމެވެ. ކުންފުނި، ކޯޕަރޭޓިވް، ޖަމްޢިއްޔާ، ޖަމާޢަތްތަކުންނަމަ، ރަޖިސްޓްރީގެ ކޮޕީއެއް ގެންނެވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުމަށާއި، އެސްޓިމޭޓް ހުށައެޅުމަށް ބަދަލުގައި މީހަކު ފޮނުވާނަމަ، ބަދަލުގައި ފޮނުވާމީހާގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ އަސްލާއެކު، އެ ފަރާތް ހަމަޖެއްސިކަމުގެ ލިޔުމެއް ގަޑިޖެހުމުގެ ކުރިން މި އިދާރާއަށް ހުށައަޅަންވާނެއެވެ.

            މަޢުލޫމާތު ސާފުކުރަން ވަޑައިނުގަންނަވާ ފަރާތްތަކުންނާއި، ގަޑިޖެހިގެން އެސްޓިމޭޓް ހުށައަޅުއްވާ ފަރާތްތަކަށް ފުރުޞަތު ދެވެން ނެތްވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

            ވީމާ، މިކަން ޢާއްމުކޮށް އެންގުމަށްތަކައި އިޢުލާން ކުރީމެވެ.

25 ނޮވެންބަރު 2018
ހޯދާ