އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
މަސައްކަތު (ކޮންޓްރެކްޓް)

މަޤާމް :މަސައްކަތު (ކޮންޓްރެކްޓް)
ބޭނުންވާ އަދަދު :1

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް  (ހިތަދޫ ، އައްޑޫ ސިޓީ)

އަސާސީ މުސާރަ

-/3000 (ތިން ހާސް) ރުފިޔާ

ސަރވިސް އެލަވަންސް

1. ސަރވިސް އެލަވަންސް: ހާޒިރުވާ ދުވަހަށް -/150 (އެއްސަތޭކަ ފަންސާސް ރުފިޔާ)

ލިވިންގ އެލަވަންސް

ލިވިންގ އެލަވަންސް : -/1000 (އެއްހާސް ރުފިޔާ)

އަސާސީ ޝަރުތު

  1. ގްރޭޑް 7 ގެ ފެންވަރު ހުރުން.
  2. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2.    ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. މިއޮފީހުން އެކި ފަރާތްތަކަށް ފޮނުވާ ސިޓީ އަދި އެހެނިހެން ތަކެތި ރައްދުކޮށްދިނުން.
  2. އޮފީހުން އަންގާގޮތެއްގެ މަތިން އޮފީސް ހުޅުވާ ލެއްޕުން.
  3. އޮފީސް ޢިމާރާތް ސާފުތާހިރުކޮށް ބެލެހެއްޓުމާއި ބެހޭ މަސައްކަތްތަކުގައި އެހީތެރިވުން.
  4. އޮފީހުގެ މަރާމާތުތަކުގެ މަސައްކަތުގައި އެހީތެރިވުން.
  5. އޮފީހަށް ބޭނުންވާ ތަކެތި ގަތުމުގެ މަސައްކަތުގައި އެހީތެރިވުން.
  6. މަޤާމުގެ މަސްއޫލިއްޔަތާގުޅޭ ގޮތުން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، މިއޮފީހުގެ ދެކުނު ސަރަހައްދީ އޮފީހުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައި).
  3. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  4. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ ކުރިންއުޅެފައިވާ މީހަކުނަމަ، އަދާކުރައްވަމުންއަންނަ ނުވަތަ  ކުރިންއަދާކުރި  ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  5. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  6. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

ކޮންޓްރެކްޓް މުއްދަތު އަދި އާކުރެވޭ އުސޫލު

ކޮންޓްރެކްޓް މުއްދަތަކީ 1 (އެކެއް) އަހަރު ދުވަހެވެ. އެއަށްފަހު ކޮންޓްރެކްޓް މުއްދަތުގެ މަސައްކަތުގެ ފެންވަރު ބެލުމަށްފަހު  މަސައްކަތުގެ ފެންވަރު ރަގަޅުނަމަ އާކުރެވިދާނެއެވެ.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

6 ޑިސެންބަރު 2018 ވާ  ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް (ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ). ނުވަތަ އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ދެކުނު ސަރަހައްދީ އޮފީހަށް (ޝަރަފުއްދީންމަގު، ހިތަދޫ ، އައްޑޫ ސިޓީ).

އިތުރު މަޢުލޫމާތު

އިތުރު މަޢުލޫމާތު ހޯއްދެވުމަށް ގުޅުއްވާނީ 

ފޯނު ނަންބަރު: 3348200     

ފެކްސް ނަންބަރު: 3316430

އީމެއިލް އެޑްރެސް: [email protected]

25 ނޮވެންބަރު 2018
ހޯދާ