މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

1  ކުރީގެ ދަރުމަވަންތަ ސްކޫލާއި ޓީޖެޓީ ސަރަހައްދުގައިހުރި މިމިނިސްޓްރީގެ ގުދަންނުގެ ސެކިއުރިޓީ 01 އަހަރަށް ބަލަހައްޓާދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއްޖެއެވެ.

2  މިޕްރޮޖެކްޓްގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2018 ނޮވެމްބަރު 27 އިން 2018 ނޮވެމްބަރު 28 އަށް މިމިނިސްޓްރީގެ ރިސެޕްޝަނަށް ވަޑައިގަތުމުން ނަންނޯޓް ކުރުމުގެ އިންތިޒާމް ހަމަޖެހިފައިވާނެއެވެ. ބީލަން ހުށަހެޅޭނީ މިމުއްދަތުގައި ނަންނޯޓް ކުރާ ފަރާތްތަކަށެވެ.

3  މިޕްރޮޖެކްޓާއި ބެހޭގޮތުން އެއްވެސް ސުވާލެއްވާނަމަ 2018 ނޮވެމްބަރު 29 ވަނަ ދުވަހުގެ 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.

4  ބިޑް ހުޅަހެޅުމާއި ބިޑް ހުޅުވުން އޮންނާނީ 2018 ޑިސެމްބަރު 02 ވަނަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ 09 ވަނަ ފަންގިފިލާ ޕްރޮކިއުމަންޓް ސެކްޝަންގައެވެ.

5  މިޕްރޮޖެކްޓާގުޅޭ ބީލަން ފޮތް މިއިޢުލާނާއެކު އެޓޭޗް ކުރެވިފައިވާނެއެވެ.

6  ނަންނޯޓް ކުރުމާއި، އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ޕްރޮކިއުމަންޓް ސެކްޝަން

މިނިސްޓްރީ އޮފް އެޑިޔުކޭޝަން

އަމީރު އަޙްމަދު މަގު، މާލެ، ދިވެހިރާއްޖެ.

ފޯން:  3341403, 3341436

އީ-މެއިލް: [email protected]

ކޮޕީ އީ-މެއިލް: [email protected]

22 ނޮވެންބަރު 2018
ހޯދާ