ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

ލިފްޓުތައް މަރާމާތުކޮށް، ބަލަހައްޓައިދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީހުގައި ބޭނުންކުރަމުންދާ ލިފްޓުތައް 2 އަހަރު ދުވަހުގެ މުއްދަތަށް މަރާމާތުކޮށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް 15 ނޮވެންބަރު 2018ގައި ކުރި، މި އޮފީހުގެ ނަންބަރު  IUL)1-FA(B)/1/2018/49) އިޢުލާނާ ގުޅިގެން، އެސްޓިމޭޓް މަޢުލޫމާތު ހޯދުމަށް 3 ފަރާތުން ޙާޟިރު ވެފައިނުވާތީ،  އެ އިޢުލާނު ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން، 2018 ނޮވެންބަރު 26 ވާ ހޯމަ ދުވަހުގެ 11:00 އަށް މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2018 ނޮވެންބަރު 29 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 14 ރަބީޢުލްއައްވަލް 1440

 

22 ނޮވެންބަރު 2018
ހޯދާ