ލަންދޫ ސްކޫލް، ނ. ލަންދޫ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މިސްކޫލަށް 3 ސެކިއުރިޓީ އޮފިސަރުންހޯދުމަށް  7 ނޮވެމްބަރ 2018  ގައިކުރި (ނަންބަރު: GS-119/2018/35) އިޢުލާނާއިގުޅިގެން ކުރިމަތިލީފަރާތްތައްމަދުކަމަށް ފާހަގަކުރެވޭތީ އަލުން އިޢުލާން ކުރަމެވެ.

 

މަޤާމު:

ސެކިއުރިޓީ އޮފިސަރ  ( ކޮންޓްރެކްޓް)

ކުލެސިފިކޭޝަން

ސަޕޯޓިންގ ސްޓާފް ގްރޭޑް 1

ސިވިލްސަރވިސް ރޭންކް

އެސް.އެސް 1

ބޭނުންވާ އަދަދު:

3

މުސާރަ

4000/- ރުފިޔާ

ވަޒީފާ އޮތް އޮފީސް:  

ލަންދޫ ސުކޫލް

ގިންތި:

ކޮންޓްރެކްޓް

   ވަޒީފާ އަދާކުރާ ސެކްޝަނާއި ތަން:

އެޑްމިން ސެކްޝަން، ލަންދޫ ސުކޫލް

ކޮންޓްރެކްޓްގެ މުއްދަތު:

1 އަހަރު

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

ސްކޫލުގެ ގޯތިތެރެއާއި އެންމެހާ ޢިމާރާތްތަކާއި، ޢިމާރާތްތަކުގައިވާ ތަކެއްޗާއި، ގޯތިވަށައިގެންވާ ގޯޅިތަކާއި މަގުތަކުގެ  ސިކިއުރިޓީ (ސްކޫލުން ކަނޑައަޅާގޮތެއްގެމަތީން) ބެލެހެއްޓުން.

އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއާއި ގުޅުންހުރި ފަހުގެ ހޯދުންތަކާއި ޓެކްނޮލޮޖީއަށް އަހުލުވެރިވުމާއި، އަމިއްލަ ތަރައްޤީއަށް މަސައްކަތްކުރުން.

މުޖުތަމަޢާއި ސްކޫލާ އޮންނަ ގުޅުމަކީ ބަދަހި ގުޅުމެއްކަމަށް ހެދުމަށް މަސައްކަތް ކުރުން.

 

 

 

 

 

 

 

ވަޒީފާއަށް އެންމެ ޤާބިލު މީހަކު ހޮވުމަށް ބެލެވޭ ކަންތައްތައް

މިމަޤާމަށް މުއައްޒަފަކު ހޮވުމުގައި އިސްކަންދޭނީ މިދާއިރާއިން ތަމްރީން ލިބިފައިވާ ފަރާތްތަކަށެވެ. އަދި މި ދާއިރާއިން ތަޖުރިބާހުރި ހާޒިރީއާއި މަސައްކަތަށް ފަރުވާތެރިމީހުންނަށެވެ  . 

ތައުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު

މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި ބޭނުންވާ ސިފަތައް

އިންޓަވިއު އޮންނާނެ ތަން

މި މަޤާމަށް މީހަކު ހޮވުމުގައި އިންޓަވިއު ކުރެވޭނެއެވެ. އިންޓަވިއު އޮންނާނީ 4 -3 ޑިސެމްބަރ 2018 ވާ ހޯމަ ، އަންގާރަ ދުވަހު ލަންދޫ ސްކޫލުގައެވެ.

މަޤާމަށް އެދެންވީ ގޮތާއި ސުންގަނޑި

މި ވަޒީފާއަށް އެދޭ ފަރާތްތަކުން ވަޒީފާއަށް އެދޭ ފޯމު ފުރިހަމަކުރުމަށްފަހު ފޯމާއެކު ހުށަހަޅަން ޖެހޭ ލިޔުންތައް 2 ޑިސެމްބަރ 2018 ވާ އާދިއްތަ ދުވަހުގެ މެންދުރުފަހު 14:00 ގެ ކުރިން ލަންދޫ ސްކޫލުގެ އޮފީހަށް ހުށަހެޅުއްވުށް އެދެމެވެ. ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް އީމެއިލް [email protected] މެދުވެރިކޮށް ވެސް ހުށަހެޅިދާނެއެވެ.

ސެޓުފިކެޓުތަކާއި ލިޔެކިޔުންތައް އެޓެސްޓު ކުރުން:

ވަޒީފާއަށް އެދި ހުށަހަޅާ ހުރިހާ ލިޔެކިޔުންތަށް އެޓެސްޓުކުރުން އޮންނާނީ އިންޓަވިއު ކުރާ ފަރާތްތަކަށް އެކަންޏެވެ. ވީމާ، އިންޓަވިއުއަށް ހޮވޭ ފަރާތްތަކުން ހުރިހާ ލިޔެކިޔުންތަކުގެ އަސްލު ގެންނަވަން ވާނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ވަޒީފާއަށް އެދޭ ފޯމު ( މި ފޯމު ސިވިލް ސާރވިސް ކޮމިޝަންގެ ސައިޓުން އަދި މި ސްކޫލުގެ އޮފީހުން ވެސް ލިބޭނެއެވެ.)
  2. ލިބިފައިވާ ތަޢުލީމީ އަދި އެހެނިހެން ސެޓުފިކެޓުތަކުގެ އެކްރެޑިޓް ފޮޓޯ ކޮޕީތައް. (މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެކްރެޑިޓް ކޮށްފައިވާ)
  3. ލިބިފައިވާ މަސައްކަތުގެ ތަޖުރިބާގެ ސާބިތުކުރެވޭ، ވަޒީފާ އަދާކުރި އޮފީސްތަކުގެ ލިޔުންތައް
  4. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ކަރިކިއުލަމް ވިޓާ / ފޯނު ނަންބަރާއި އީމެއިލް އެޑްރެސް އެނގޭނޭހެން )
  5. މުއްދަތު ހަމަނުވާ އައި.ޑީ. ކާޑުގެ ސާފު ފޮޓޯކޮޕީ
  6. ވަޒީފާގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯހާއި ވާރކްޝޮޕްތަކުގެ ލިއުންތަކުގެ ފޮޓޯކޮޕީ

ސިވިލް ސަރވިސްއަށް ނުވަތަ ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، މި މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފެއް ވަޒީފާ އަދާކުރައްވާ އޮފީހުގެ ލިޔުމެއް

ނޯޓް:ތަޖުރިބާގެ މުއްދަތު ގުނާނީ ސީވީގައި ބަޔާންކޮށްފައިވާ ތަންތާގައި ވަޒީފާ އަދާކޮށްފައިވާ ކަމުގެ ރަސްމީ ލިޔުމެއް ހުށަހެޅުމުންނެވެ.

އިތުރު މަޢުލޫމާތު

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ ނ.ލަންދޫ ސްކޫލުގެ 6560576 ނަންބަރު ފޯނާއެވެ. އީ މެއިލް ކުރައްވާނީ ([email protected]) އަށެވެ.

     

 

                ވީމާ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

1440 C 11

                             19 ނޮވެމްބަރ 2018

 

19 ނޮވެންބަރު 2018
ހޯދާ