ނޮޅިވަރަމު ސްކޫލް
ދިވެހިރާއްޖެ
އެޑްމިން އޮފިސަރ (ކޮންޓްރެކްޓް)

މަޤާމު:                         އެޑްމިނިސްޓްރޭޓިވް އޮފިސަރ

ބޭނުންވާ އަދަދު:                   01 (އެކެއް)

ރޭންކް:                        ޖީ.އެސް 3

ކްލެސިފިކޭޝަން :                 އޮފިސަރ ގްރޭޑް 2

މުސާރަ :                       -/4465 ރުފިޔާ

ސަރވިސް އެލަވަންސް:              -/1500 ރުފިޔާ

ވަޒީފާއޮތް އޮފީސް:                 ނޮޅިވަރަމު ސުކޫލް / ހދ.ނޮޅިވަރަން

ގިންތި:                        ކޮންޓްރެކްޓް

ވަޒީފާއަދާކުރާ ސެކްޝަނާއި ތަން:        ބަޖެޓް ސެކްޝަން، ނޮޅިވަރަމް ސުކޫލް

އެހެނިހެން އިނާޔަތް:                އިތުރު ގަޑީގައި މަސައްކަތް ކުރަން ޖެހޭނަމަ، ހަމަޖެހިފައި އޮންނަ އުސޫލެއްގެ މަތިންއިތުރު ގަޑީގެފައިސާލިބޭނެއެވެ. އަދި ހަމަޖެހިފައިވާ އުސޫލުން ފޯނު އެލަވަންސާއި ޓެނުއަރޝިޕް އެލަވަންސް ލިބޭނެއެވެ.

                         ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

މަގާމުގެ މަސްއޫލިއްޔަތުތަކާއި

ވާޖިބުތައް:

 

1-        ބިލްތައް އެންޓަރކޮށް އޯޑަރ ފޯމު އެޓޭޗްކުރުމާއި ، ރެކޯޑްތައް ބެލެހެއްޓުން.

2-        ބިލްތަކުގެ ވައުޗަރު ހެދުމާއި ފައިލްކުރުން.

3-        ގަވަރމެންޓް އީ-ލެޓަރ މެނޭޖްމެންޓްގެ ކަންތައް ބެލެހެއްޓުން.

4-        އެގްރިމެންޓްތައް ތައްޔާރުކުރުމާއި ބެލެހެއްޓުން.

5-        ސިޓީ/ މެސެޖް، ބަލައިގަނެ އެންޓަރ ކުރުމާއި، ލިޔުމާއި، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުމާއި އަދި އެތަންތަނަށް ލިބުނުކަން ކަށަވަރުކޮށް އެކަން އެނގޭގޮތަށް ރެކޯޑް ބަލަހައްޓައި، އެލިޔެކިއުންތައް ދުވަހުން ދުވަހަށް ފައިލްކޮށް ބެލެހެއްޓުން.

6-        ސުކޫލަށް ގަންނަންޖެހޭ ތަކެތި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ހޯދުމާއި، ބިލްތަކަށް ފައިސާ ދެއްކުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

7-        ސްކޫލްގެ ބަޖެޓް ބެލެހެއްޓުމާއި، ކަނޑައެޅިފައިވާ އުޞޫލުތަކާއި އެއްގޮތަށް ރިޕޯޓްތައް ތައްޔާރުކުރުމާއި ، ރިޕޯޓްތައް ފޮނުވަން ޖެހޭ ތަންތަނަށް ފޮނުވުން.

8-        އިދާރީ މަސައްކަތް ކުރައްވާ މުވައްޒަފުން ޗުއްޓީގައި ތިއްބަވާ ދުވަސްވަރު އިދާރީ ގޮތުން ބެލެހެއްޓުމަށް ޙަވާލުކުރެވޭ އެންމެހައި މަސައްކަތް ކުރުން.

9-        ސްކޫލުން ކުރިޔަށްގެންދާ ޚާއްޞަ މަސައްކަތްތަކުގަޔާއި، ކޯކަރިކިއުލަރ ހަރަކާތްތަކުގައި ބައިވެރިވުމާއި މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 

ޝަރުތު:

  1. މަގާމުގެ މަސައްކަތާއިގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލްކޮށްފައި ވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  2. ސާނަވީ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުން.

ދާއިރާތައް:

 

1. އެކައުންޓިންގ

2. ފައިނޭންސް

3. އިންފޮމޭޝަން ޓެކްނޮލޮޖީ

4. ބިޒްނަސް

 

ވަޒީފާއަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައް

-          ތަޢުލީމާއި ތަމްރީނު ލިބިފައިވާ މިންވަރު.

-          މަސައްކަތުގެ ތަޖުރިބާ ލިބިފައިވާ މިންވަރު

-          މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް.

އިންޓަވިއު ކުރުން

ހ. މިމަޤާމަށް އިންޓަރވިއުކުރުން އޮންނާނީ 2018 ނޮވެންބަރު 28 އާއި 30 އާ ދެމެދުގައި ނޮޅިވަރަމު ސްކޫލްގައެވެ. ވަޒީފާއަށް އެދިފައިވާ، ޝަރުތުހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ވަޒީފާއަށް ކުރިމަތިލައްވާފައިވާ ފަރާތްތަކުގެ ތައުލީމީ ފެންވަރާއި ތަޖުރިބާއަށް އަދި މަސައްކަތަށް ބޭނުންވާ ހުނަރަށް ބެލުމަށްފަހު ޝޯޓްލިސްޓް ކުރެވޭނެއެވެ.

ށ. އިންޓަރވިއުއަށް ދެންނެވޭނީ ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު އެފަރާތްތަކަށް އެކަންޏެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު. (ވަޒީފާއަށް އެދޭ ފޯމު ސްކޫލް އޮފީހުންނާއި ސިވިލް ސާރވިސް ކޮމިޝަންގެ ވެބްސައިޓް www.csc.gov.mv އިން ލިބިވަޑައިގަންނަވާނެއެވެ.)

ށ- ސިވިލް ސަރވިސް އަށް / ސަރުކާރަށް ޚިދުމަތް ކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.   

ނ- ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތަކާއި އަދި މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

ރ- ވަޒީފާއަށް އެދޭފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭކާޑުގެ ދެފުށް ފެންނާނޭ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު ކޮޕީއެއް.

ކ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ނަންބަރާއެކު).

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި

-          ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅުއްވާނީ ހދ.ނޮޅިވަރަމު ސްކޫލް އޮފީހަށެވެ.

-          ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ 2018 ނޮވެންބަރު 28 ވާ ބުދަ ދުވަހުގެ 13:30 އެވެ.

ނޯޓް:

މި ޢިއުލާނާ ގުޅިގެން މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ ފަރާތްތައް އިންޓަރވިއު ކުރުމަށްފަހު އެންމެ މަތީ މާކްސް ލިބޭ، އަދި އެންމެ ގާބިލުކަމަށް ފެންނަ ފަރާތަކަށް މިވަޒީފާ ހަމަޖައްސައި ދެވޭނެއެވެ. މި އިޢުލާނާ ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެލައްވާ ފަރާތްތަކުން ނޮޅިވަރަމު ސުކޫލްގެ ނަންބަރު 6520555 ފޯނަށް ގުޅުއްވުން އެދެމެވެ.

19 ނޮވެންބަރު 2018
ހޯދާ