މަޑުއްވަރީ ސްކޫލް/ ރ. މަޑުއްވަރީ
ދިވެހިރާއްޖެ
ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާއިބެހޭ

އިޢުލާން

 

 

 

ސްކޫލްގެ ސެކިއުރިޓީ އައުޓްސޯސް ކުރުމާއިބެހޭ

 

 1 ޖެނުއަރީ 2019 ން 31 ޑިސެމްބަރ 2019 ށް މިސްކޫލްގެ ސެކިޔުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

 ވީމާ މިސްކޫލްގެ ސެކިއުރިޓީ ބެލެހެއްޓުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 26  ނޮވެމްބަރ 2018 ވާ ހޯމަ ދުވަހުގެ މެންދުރު 1:30 ށް މިސްކޫލަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 29 ނޮވެމްބަރ 2018 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 1:30 ށް މިސްކޫލަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިނުގަނެވޭނެއެވެ. މަޢުލޫމާތު ސާފުކުރުމާއި، އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ސްކޫލްގެ ލައިބްރަރީގައެވެ.

         އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިސްކޫލްގެ ނަމްބަރު: 6580146 އާއި ގުޅުއްވުން އެދެމެވެ.

14 ނޮވެންބަރު 2018
ހޯދާ