މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް
ދިވެހިރާއްޖެ
އެކައުންޓްސް އޮފިސަރ ގެ މަޤާމަށް މީހަކު ހޯދުމަށް

އިޢުލާނު 

މަޤާމް:

އެކައުންޓްސް އޮފިސަރ

މަޤާމުގެ ނަންބަރު:

J-299210

ބޭނުންވާ އަދަދު:

01 (އެކެއް)

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް.އެސް 1

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ބަޖެޓް ސެކްޝަން / މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް،  ކ.މާލެ

މުސާރަ:

މަހަކު 5610.00 ރުފިޔާ،   

ސަރވިސް އެލެވަންސް:

މަހަކު 2000.00 ރުފިޔާ

އެހެނިހެން އެލަވަންސް

  1. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.
  2. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  3. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.'
  4. ސަޕޯޓިންގ ކޯ އެލަވަންސް 2: މަހަކު -/700ރ (ހަތްސަތޭކަ ރުފިޔާ)

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. މިނިސްޓްރީގެ ބިލުތައް ޗެކްކޮށް ޕޭމަންޓް ވައުޗަރ ތައްޔާރުކުރުން
  2. މިނިސްޓްރީގެ ޕޭމަންޓް ވައުޗަރތައް ސެޕް ސިސްޓަމްގައި ޕާކް ކުރުން
  3. މުދަލާއި ޚިދުމަތް ލިބިގަތުމަށް އެދޭ ފޯމު ބާކީ ޖެހުން
  4. އަތޮޅުތެރޭގެ މުވައްޒަފުންގެ މުސާރައިގެ ހިސާބުތައް ބެލެހެއްޓުން
  5. މިނިސްޓްރީގެ ބިލްތައް އެންޓަރ ކުރުން
  6. އޮފީސް ހުޅުވާ ލައްޕަންޖެހޭ ހަފްތާގައި އޮފީސް ހުޅުވާ ލެއްޕުން
  7. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

  1. މަޤާމުގެ މަސައްކަތާގުޅޭ ތަޢުލީމީ ރޮނގަކުން (އެކައުންޓިންގ/ފައިނޭންސް) އިން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލްސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެން ހުންނާނެއެވެ.)
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލުކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓުފިކެޓުތަކުގެ ކޮޕީ.

7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ

(ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން؛ ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

 

ދާއިރާ

ބެލޭނެ ބައިތައް

އިންސައްތަ (%)

ތަޢުލީމާއި ތަމްރީން

ލިބިފައިވާ ތަޢުލީމު

40

މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ތަމްރީނު

އިމްތިޙާން

"ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު"

05

މަސައްކަތު ތަޖުރިބާ

މަޤާމުގެ މަސައްކަތުގެ ދާއިރާއާއި ގުޅޭ ތަޖުރިބާ

15

ލިބިފައިވާ ހުނަރު

އިންޓަރވިއު / ޕްރެޒެންޓޭޝަން / ޕްރެކްޓިކަލްސް

40

ޖުމްލަ

100

 

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2018 ނޮވެންބަރު 26 ވާ ހޯމަ ދުވަހުގެ 12:00 ގެ ކުރިން، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް   [email protected]  މެދުވެރިކޮށްވެސް އަދި ފެކްސް 3315161 މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅަންޖެހޭ ހުރިހާ ލިޔުންތައް ހުށަހަޅާފައި ނުވާނަމަ އެޕްލިކޭޝަން ބާޠިލުކުރެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި، މުއްދަތު:

 

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، 2018 ނޮވެންބަރު 27 އާއި  2018 ޑިސެންބަރު 13 އާ ދެމެދު، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއު އާއި އިމްތިޙާނަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ 10 ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

މަޤާމަށް މީހުން ހޮވުމަށް ކަނޑައަޅާފައިވާ ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެންމެ ދަށްވެގެން ލިބެންޖެހޭ ޖުމްލަ އިންސައްތަ

45% (ސާޅީސް ފަސް ޕަސެންޓް )

 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3020200,3020287 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 3315161 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

 

 

05 ރަބީޢުލްއައްވަލް 1440ހ

13 ނޮވެންބަރު 2018
ހޯދާ