މަތިވެރި ސްކޫލް
ދިވެހިރާއްޖެ
އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް

އިޢުލާނު

މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް ގެއެއް ކުއްޔަށް ހިފުމަށް ބޭނުންވެއްޖެ

 

2019 ވަނަ އަހަރު މި ސްކޫލުގެ އިސްވެރިޔާ ހުންނެވުމަށް 2 ކޮޓަރީގެ އެޕާޓްމަންޓެއް ކުއްޔަށް ހިފުމަށް ބޭނުންވެއެވެ.

ވީމާ، ގެ ކުއްޔަށް ދިނުމަށް ޝަޢުޤުވެރިވާ ފަރާތްތަކުން 22 ނޮވެންބަރު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 އަށް މި ސްކޫލުގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު، 27 ނޮވެންބަރު 2018 ވާ އަންގާރަ ދުވަހުގެ ހެނދުނު 11:00އަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީ ހިސާބު ހުށައަޅުއްވާއިރު ގޯއްޗާއި ގޭގެ ފްލޯޗާޓް އަދި އިންވެންޓްރީ ލިސްޓް ހުށައަޅުއްވަން ވާނެއެވެ.

މިކަމަށް ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލައިގަތުން އިސްވެދެންނެވި ގަޑީގައި މި ސްކޫލުގެ އިދާރާގައި އޮންނާނެއެވެ. އަންދާސީ ހިސާބު ހުށައެޅުމުގެ ބައްދަލުވުމަށް ޙާޟިރުވެވަޑައިނުގަނެވޭނަމަ ސިޓީއަކާއެކު ބަދަލުގައި ބޭފުޅަކު ފޮނުވިދާނެއެވެ.

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރައްވަން ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބާއި އަންދާސީ ހިސާބު ހުށަހަޅަން ހަމަޖެހިފައިވާ ގަޑިއަށްވުރެ ފަހުން ހުށަހަޅައި އަންދާސީ ހިސާބުތައް ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަމެވެ.

މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

05 ރަބީޢުލްއައްވަލް 1440

13 ނޮވެންބަރު 2018

13 ނޮވެންބަރު 2018
ހޯދާ