ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

މަޤާމް :ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން
ބޭނުންވާ އަދަދު :10

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

އިޢުލާން

 

ސްކޫލްތަކުގެ ބަންދު ދުވަސްތަކާ ދިމާކޮށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ، ސްކޫލް ހޮލިޑޭ ޕްރޮގްރާމް/ވޯކްޝޮޕްތައް ނަންގަވައިދެއްވުމަށް ޝައުގުވެރިވާ ޕާޓްޓައިމް ލެކްޗަރަރއިން ހޯދަން ބޭނުންވެގެން މިއިންސްޓިޓިއުޓުން ކޮށްފައިވާ ނަންބަރ (IUL)PSM-MMI/PSM/2018/169 (06 ނޮވެމްބަރ 2018) އިޢުލާނަށް އެކަށީގެންވާ ވަރަށް ކުރިމަތިލާފައި ނުވާތީ އިޢުލާންގެ މުއްދަތު އިތުރުކުރަމެވެ.

 

ޕްރޮގްރާމް/ވޯކްޝޮޕް:

1- ކޮރިއޮގްރަފީ ވޯކްޝޮޕް

2- ފިލްމޭކިންގ ފޮރ ކިޑްސް

3- ސްމާޓްފޯން ފިލްމް މޭކިންގ

4- ސްމާޓްފޯން ފޮޓޮގްރަފީ

5- ރޭޑިއޯ ޕްރެޒެންޓިންގ އެންޑް ޑްރާމާ ވޯކްޝޮޕް

6- ނިއުސް ރައިޓިންގ އިން ދިވެހި

7-  ނިއުސް ރައިޓިންގ އިން އިންގްލިޝް

8- ޓެލެވިޒަން ޕްރެޒެންޓިންގ ވޯކްޝޮޕް

9- ވޮއިސް ލެސަންސް އެންޑް ވޯކަލް ޓްރޭނިންގ

10- ފްރުޓީ ލޫޕް ސްޓޫޑިއޯ މިއުޒިކް ޕްރޮޑަކްޝަން

މުއްދަތު

2         ނުވަތަ 3 ހަފްތާ

ޝަރުތު:

- ގުޅޭ ދާއިރާއިން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ މަދުވެގެން 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

-  ހަވާލުކުރެވޭ މޮޑިއުލް ނުވަތަ މޮޑިއުލްތަކާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދިއުން

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (ޕަބްލިކް ސަރވިސް މީޑިއާ)

އިތުރު މަޢުލޫމާތު:

ފޯން: 3000340 އަދި އީމެއިލް އެޑްރެސް: [email protected]

 

ވީމާ، މިވޯކްޝޮޕްތައް ނެންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު ޝައުގުވެރިކަން ފާޅުކުރައްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަށް 14 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 19.00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.                                                                                                                                                                                                               04 ރަބީޢުލްއައްވަލް 1440

         

 

 

 

12 ނޮވެންބަރު 2018
ހޯދާ