ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ކެމްޕަސް އެސިސްޓަންޓް (މަސައްކަތު)

ވަޒީފާގެ ފުރުޞަތު
މި ޔުނިވަރސިޓީން ކޮށްފައިވާ ނަންބަރު 170HRI/2018/84  މ (15 އޮކްޓޯބަރ 2018) އިޢުލާނަށް އެކަށީގެންވާ ވަރަށް އެޕްލިކޭޝަން ލިބިފައިނުވާތީ އަލުން އެ މަޤާމަށް އިޢުލާނު ކުރަމެވެ.

މަޤާމު:

ކެމްޕަސް އެސިސްޓަންޓް

ބޭނުންވާ ޢަދަދު 1

މުސާރަ

މަހަކު 3770.00 ރުފިޔާ

ސަރވިސް އެލަވަންސް

މަހަކު 1050.00ރުފިޔާ

އޮފީސް

 ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީ

ރޭންކް

SS2-2

ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް

މަޤާމުގެ ޝަރްޠުތައް:

  • މަޤާމަށް ބޭނުންވާ ތަމްރީނެއް / ލައިސަންސެއް / ހުއްދައެއް / ސަނަދެއް ހާސިލް ކޮށްފައިވުމާއެކު މަގާމުގެ މަސައްކަތުގެ ދާއިރާގައި 2 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ
  • މަގާމުގެ މަސައްކަތުގެ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވަލް 1 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ބަހަންޖެހޭ ސިޓީ ނޯޓް، ކާޑްފަދަ ތަކެތި ބެހުމާއި / އޯޑަރ ފޯމް ތަކަށް މުދާ ނެގުމަށް އިދާރާއިން އަންގާ ގޮތެއްގެ މަތިން ދުވަހުން ދުވަހަށް ކުރައްނެޖެހޭ މަސައްކަތް ކުރުން.
  • ޔުނިވަރސިޓީން އަންގާ ގޮތެއްގެ މަތިން، މުވައްޒަފުން ތިބޭބައިތައް ކުނިކަހާ ފޮޅާ ސާފުކުރުމާއި ފާޚާނާތަކާއި، ސައިކޮޓަރި ސާފުކުރުން.
  • ޔުނިވަރސިޓީގެ އެކިއެކި ބައްދަލުވުން ތަކަށް ހޯލްގައާއި ކްލާސްރުމްތަކުގައި ގޮނޑިޖެހުމާއި ތައްޔާރުކުރުން.
  • ކަނޑައެޅިފައިވާ އުސޫލާ އެއްގޮތްވާ ގޮތުގެމަތިން ހުޅުވަންޖެހޭ ކްލާސްރޫމްތަކާއި ލެބް ފަދަ ތަންތަން ހުޅުވާ ލެއްޕުމާއި ފޮޅާ ސާފުކުރުން.
  • އިމާރާތުގެ ތެރޭގައި އެއްތަނުން އަނެއްތަނަށް ގެންދަންޖެހޭ ފަރުނީޗަރާއި، ކޮމްޕިއުޓަރާއި އެހެނިހެން އިކްވިޕްމެންޓްތައް ގެންދިއުން.
  • ކްލާސްރޫމްތަކާއި، އިމްތިޙާނުތަކާއި އަދި ސެމިނާރ ފަދަކަންކަން ހިންގުމަށް ބޭނުންވާ ތަންތަން އެކަމަކާ ހަވާލުވެހުންނެވި މުވައްޒަފެއްގެ އިރުޝާދުގެ ދަށުން ތައްޔާރުކުރުން.
  • އެކިއެކި ބައްދަލު ވުންތަކަށް ބޭނުންވާތަކެތި ގަންނަން ދިއުމާއި ސައިތައްޔާރު ކުރުން.
  • ދެވޭ އިރުޝާދުތަކާ އެއްގޮތަށް ބަރާބަރަށް ކަންކަން ކުރަން އެނގުން.

އުޖޫރައާއި ޢިނާޔަތްތައް:

އިތުރުގަޑީގައި މަސައްކަތްކުރާނަމަ، ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  • ލިބިފައިވާ ތަޢުލީމާއި ތަމްރީނު
  • ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ (ގުޅޭ ދާއިރާއިން)
  • ލިބިފައިވާ ހުނަރު (އިންޓަރވިއު އަދި ޕްރެކްޓިކަލްސް)

ސިޓީއާއެކު ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • މިޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމް (މިޔުނިވަރސިޓީގެ ރިސެޕްޝަނުން މިފޯމް ލިބިވަޑައިގަންނަވާނެ)
  • މުއްދަތު ހަމަނުވާ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ސާފު ކޮޕީ (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނެ ރަސްމީ ލިޔުމެއް (އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓެވި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (އެކްރިޑިޓް ކޮށްފައިވާ ސަނަދާއި އަސްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ނުވަތަ ޤާނޫނީ ވަކީލެއްގެ އޮފީހަކުން ތައްގަނޑު ޖަހާފައިވާ އަސްލު)
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާން ކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަން ޖެހޭނެއެވެ.
  • އިޢުލާނުގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތައް ފުރިހަމަ ނުވާ އެޕްލިކޭޝަންތައް ބާޠިލުވާނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠު ހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  •  މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށް ފަހުގައެވެ.
  • މިމަޤާމަށް ހޮވޭ މުވައްޒަފަކު މަސައްކަތް ކުރައްވަން ޖެހިވަޑައިގަންނަވާނީ ހެނދުނު
  • 8:00: އާއި 23:00 ދެމެދުގެ 06 ގަޑިއިރު އިރުއެވެ. 

ސިޓީ ފޮނުވަންވީ ތާރީޚު:   

  • 25 ނޮވެންބަރު 2018 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް.

އިތުރު މަޢުލޫމާތު:

  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ،  3022116ނަންބަރު ފޯނާއެވެ.
  • މި މަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސްދުވަސް ބެލެވޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މި މުއްދަތުގެ ތެރޭގައި މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި،  އެއްވެސް ނޯޓިހެއް ދިނުމަކާނުލައި، ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
12 ނޮވެންބަރު 2018
ހޯދާ