މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެސޯސިއޭޓް ލީގަލް ކައުންސެލް

ތިރީގައި  މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެ.

މަޤާމު

އެސޯސިއޭޓް ލީގަލް ކައުންސެލް   

މަގާމުގެ ނަންބަރު:

J-297394

ބޭނުންވާ އަދަދު:

1

މަގާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

ސީ.އެސް.13-2 (ގްރޭޑް 2)

މަޤާމުގެ ކްލެސިފިކޭޝަން:

ލީގަލް ސަރވިސް ޕްރޮފެޝަނަލްސް

ސެކްޝަން:

އެންވަޔަރަންމަންޓް ޑިޕާޓްމަންޓް

މަގާމު އޮތް އޮފީސް

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ / މާލެ

މުސާރަ:

-/14430 ރުފިޔާ

ސަރވިސް އެލަވަންސް:

-/5640 ރުފިޔާ

ސްޕެޝަލް ޑިއުޓީ އެލަވަންސް:

5050/50 ރުފިޔާ

މަގާމުގެ ޝަރުތު

  1. ލޯ ނުވަތަ ޝަރީޢާ އެންޑް ލޯ ދާއިރާއިން  ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު ، ޤާނޫނީ ދާއިރާއިން މަދުވެގެން 4 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން.

 

  

މަގާމުގެ މައިގަޑު މަސްއޫލިއްޔަތު ތަކާއި ވާޖިބުތައް:

1- ތިމާވެށި ހިމާޔަތް ކުރުމަށް ހަދާފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް އާންމުން ހޭލުންތެރި ކުރުވުމަށް މަސައްކަތް ކުރުން.

2- ރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރި ކުރުމާބެހޭ ޤާނޫނު ތަންފީޒު ކުރުމަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާޢިދު ތަކާއި ގައިޑްލައިންތައް ތައްޔާރު ކުރުން.

3- ތިމާވެއްޓާބެހޭ ވުޒާރާއިން ކުރާ ޤާނޫނީ ކަންކަމުގައި އާއްމުކޮށް ޤާނޫނީ ލަފާދިނުން.

4- ތިމާވެށި ރައްކާތެރި ކުރުމާބެހޭ ޤާނޫނުތަކާއި ގަވާއިދުތައް މުރާޖާ ކުރުމާއި އެ ޤާނޫނުގެ ދަށުން  ހަދަންޖެހޭ އެންމެހާ ގަވާއިދުތކާއި ގައިޑްލައިން ފަދަ ތަކެތި ތައްޔާރުކުރުން.

5- ތިމާވެށީގެ ގޮތުން ހެދިފައިވާ ޤަވާޢިދުތަކާއި ޚިލާފުވެ ތިމާވެށި ތަޣައްޔަރު ކުރާ ފަރާތްތައް ޖޫރިމަނާ ކުރުމާއި ދޭންޖެހޭ އަދަބުތައް ބަލާ އެކަމާއި ގުޅޭ ޕޮލިސީތައް ހެދުމާއެކު ކަމާބެހޭގޮތުން އަޅާނެ ފިޔަވަޅުތަކާބެހޭގޮތުން ކަމާބެހޭ ފަރާތްތަކަށް ލަފަޔާ އިރުޝާދު ދިނުން.

6- މިނިސްޓްރީން މުޢާމަލާތް ކުރަންޖެހޭ ފަރާތްތަކާއެކު ކުރެވޭ މުޢާމަލާތްތަކާ ގުޅިގެން އުފެދޭ މައްސަކަތަކާއި ގުޅޭގޮތުން އޮފީހަށް ޤާނޫނީ ލަފާ ދިނުމާއި ޤާނޫނީ ލިޔުންތައް އެކުލަވާލައި ތައްޔާރު ކުރުން

7- ދިވެހިރާއްޖޭގެ ތިމާވެއްޓާބެހޭގޮތުން ގާނޫނު ހެދުމާއި ގާނޫނު އިސްލާހު ކުރުމާއި އަދި އެފަދަ ބިލްތައް ރައްޔިތުންގެ މަޖްލިހަށް ހުށަހެޅުމުގައާއި ބިލާބެހޭ އެހެނިހެން ކަންކަމުގައި ގާނޫނީ ލަފާދިނުން.

8- ރާއްޖެއިން ބައިވެރިވާ ތިމާވެއްޓާ ގުޅުންހުރި ބައިނަލް އަޤްވާމީ މުޢާހަދާ ތަކުގައި ބައިވެރިވުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން.

9- ސަރުކާރުގެ ޤަވާޢިދުތަކާއި އެއްގޮތްވާ ގޮތުގެ މަތިން އެންވަޔަރަންމަންޓް މިނިސްޓްރީ އާއި އެހެނިހެން ދާއިރާތަކާމެދުގައި އެކުލަވާލެވޭ ޤާނޫނީ އެއްބަސްވުންތަކާ އެފަދަ ލިޔެކިއުންތައް ތައްޔާރުކުރުމުގައި އެހީތެރިވެ ދިނުން.

10-  ސަރުކާރުގެ އޮފީސްތަކުންއެކުލަވާލާ ގަވާޢިދުތަކުގެ ދެލިކޮޕީތައް ބަލައި، އެގަވާއިދުތަކަށް މިނިސްޓްރީ އަށް ފެންނަ ގޮތާބެހޭ ގޮތުން ލަފަޔާއި އިރުޝާދު ދިނުން.

11- ދިވެހި ރާއްޖޭގެ ތިމާވެށި ރައްކާތެރި ކުރުމާބެހޭ ގާނޫނާ އެ ގާނޫނުގެ ދަށުން ހެދިފައިވާ އެންމެހާ ގަވާއިދު ތަކާއި ތަޢާރަޒުވެ ފުށުއަރާގޮތަށް ހެދިފައިވާ އެންމެހާ ގާނޫނުތަކާ ގަވާއިދުތައް ދިރާސާކޮށް އެފަދަ އެންމެހާ ކަންތައްތައް ދެނެގަނެ އެކަންކަމާމެދު ހައްލު ހޯދުމަށް މަސައްކަތް ކުރުން.

12- ދިވެހިރާއްޖޭގެ ތިމާވެށި ހިމާޔަތްކޮށް ރައްކާތެރިކުރުމާބެހޭ ގާނޫނާއި ގަވާއިދާއި ޚިލާފްވާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ލަފާދިނުން

13-  ތިމާވެއްޓާބެހޭ ޤާނޫނުތަކާއި ޤަވާޢިދުތަކާއި ޚިލާފަށް ކުރެވޭ ބޮޑެތި އަދި ކުދި ކުށްތަކާ ގުޅިގެން އެފަދަ ފަރާތްތަކާމެދުގައި އަޅަންޖެހޭ ޤާނޫނީ ފިޔަވަޅުތައް އެޅުމުގައި ކަމާބެހޭ ދާއިރާތަކަށް ލަފަޔާ އިރުޝާދު ދިނުން.

ދަށުން މަސައްކަތް ކުރާ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ބެލުމާބެހޭ އެންމެހާ ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

 

  1. ގާނޫނީ ދާއިރާއިން ތަޖުރިބާ ލިބިފައިވާ މިންވަރު.
  2. ތިމާވެށީގެ ދާއިރާއިން ތަޖްރިބާ ލިބިފައިވާ މިންވަރު
  3. ވަޒީފާއާ ބެހޭ ޤާނޫނާއި، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ގަވާއިދު އަދި މާލިއްޔަތާ ބެހޭ ގަވާއިދަށް އަހުލުވެރި ވެފައިވާ މިންވަރު.

 

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ސިވިލްސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު ) މި ފޯމް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި މި މިނިސްޓްރީގެ ވެބްސައިޓުންނާއި ކައުންޓަރުން ލިބެންހުންނާނެއެވެ. )
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު. ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް )
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަގާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ހުރިހާ ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ
    (ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު/ލެވަލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓުތަކާއި ޓްރާސްކްރިޕްޓްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓްފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.
    (ށ) މަތީ ތައުލީމު ދޭ، ރާއްޖޭގެ މަރުކަޒުކުން ދޫކޮށްފައިވާ ތައުލީމީ ސެޓްފިކެޓްތަކާއި ޓްރާންސްކްރިޕްގެ ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ. 
  6. ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނު ސެޓްފިކެޓުތަކުގެ ކޮޕީ.
  7. ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓްފިކެޓްގެ ކޮޕީ.
  8. މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.
    (ހ) ދައުލަތުގެ މުވައްސަސާއެއްގައި ނުވަތަ ސަރުކާރު ހިއްސާވާ ކުންފުއްޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
    (ށ) އަމިއްލަ ކުންފުއްޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްއޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމް

މަގާމަށް އެދެންވީގޮތާއި ސުންގަޑި:  

މަޤާމަށް އެދި ހުށަހަޅަށްޖެހޭ ތަކެތި ހުށަހަޅާނީ 2018  ނޮވެމްބަރު 25 ވާ އާދިއްތަ ދުވަހުގެ 12:00 ގެ ކުރިން މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަށެވެ.ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީމެއިލް [email protected]  މެދުވެރިކޮށްވެސް ބަލައި ގަނެވޭނެވެ.  އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަން ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

އިންޓަރވިއު ( އިމްޠިޙާނާއި ޕްރެޒެންޓޭޝަން ) އޮންނާނެ ތަނާއި މުއްތަދު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއުއާއި އިމްތިޙާން ކުރުން 26 ނޮވެމްބަރު 2018 އާއި 27  ޑިސެމްބަރ 2018 އާ ދޭތެރޭގެ ތާރީޚެއްގައި މި މިނިސްޓްރީގައި އޮންނާނެއެވެ. ވުމާއެކު، މި ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚު ތަކުގައި އިންޓަރވިއުއަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

ޝޯޓް ލިސްޓްކުރުން:

މި ވަޒީފާއަށް އެދި ހުށަހަޅާ، ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ، ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ (10 ) ފަރާތް ޝޯޓްލިސްޓް ކުރެވޭނެއެވެ.

އިތުރު މަޢުލޫމާތު ހޯދުމަށް:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް މި މިނިސްޓްރީގެ ނަންބަރު 3018329، 3018330، 3018328 އަށް ގުޅުއްވުން އެދެމެވެ.

                       30 ޞަފަރު   1439  

                       08 ނޮވެމްބަރު 2018     

08 ނޮވެންބަރު 2018
ހޯދާ