މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ
ދިވެހިރާއްޖެ
ގއ.މަޓުގައި މަލްޓި ސްޕީޝީޒް ހެޗަރީ އެއް ގާއިމްކުރުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

   ސިންގަލް ސްޓޭޖް ވަން އެންވެލޯޕް

 ( ގްރާންޓް ނަންބަރ : D175-MV)

1. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރއިން ވަރލްޑް ބޭންކްގެ އެހީގައި ހިންގަމުންދާ ސަސްޓެއިނަބަލް ފިޝަރީޒް ރިސޯސަސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓުގެ ދަށުން ގއ.މަޓުގައި މަލްޓި  ސްޕީޝީޒް ހެޗަރީ އެއް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.  

2. މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރގެ އެދިލެއްވުމުގެ މަތިން ގއ.މަޓުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. ވީމާ، މިމަސައްކަތަށް ބީލަން ހުށަހެޅުމުގެ ދައުވަތު މިކަމަށް ޝަރުޠު ހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މި މަސައްކަތްތަކުގެ ތެރޭގައި ހިމެނޭނީ ނެރު ފުންކުރުމާއި، އަރާ ފޭބުމަށް ޖެޓީއެއް ހެދުމާއި، އިމާރާތް ކުރުމަށް ހަމަޖެހިފައިވާ ބިން ސާފުކުރުމުގެ އިތުރުން އިމާރާތްތ ކުރަންޖެހޭ ސްޓާފް އެކޮމޮޑޭޝަން، މިސްކިތް ، ސްޓާފް ބަދިގެ އާއި މެސް ، ސްޓާފް ރިކްރިއޭޝަން ، އޮފީސް އަދި ޕަވަރ ހައުސް ގެ މަސައްކަތްތަކެވެ. މި މަސައްކަތްތައް ނިންމުމަށް ހަމަޖެހިފައިވާ މުއްދަތަކީ 10 މަސް ދުވަހެވެ.

3. މި މަސައްކަތްތަކަށް ޝަރުޠު ހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އައި.ސީ.ބީ) އުޞޫލުގެ މަތިން، ވަރލްޑް ބޭންކުގެ "ޕްރޮކިއުމަންޓް ރެގިއުލޭޝަން ފޮރ އައި.ޕީ.އެފް. ބްރޮވަރސް" ޖުލައި 2016 ގެ ރިވައިޒް ނޮވެންބަރު 2017 ގެ (ޕްރޮކިއުމަންޓް ރެގިއުލޭޝަން) ބިޑިންގ ޕްރޮސެސްގެ ދަށުންނެވެ.

4. މިބީލަމުގައި ބައިވެރިވުމަށް -/1500 (ފަނަރަސަތޭކަ ރުފިޔާ ނުވަތަ އެ ޢަދަދާ އެއްވަރެއްގެ ޢަދަދެއްގެ ޔޫ.އެސް ޑޮލަރު)  ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަން ޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 12 ނޮވެންބަރު 2018 އިން 16 ޑިސެންބަރު 2018 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08.30 އިން 12:00 އަށް މި މިނިސްޓްރީންނެވެ. މި މަސައްކަތްތަކާގުޅޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓް ކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓުން 12 ނޮވެންބަރުން 2018 އިން ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.

5. މިމަޝްރޫޢުގެ ބިޑް ސެކިޔުރިޓީގެ ގޮތުގައި 38,000.00 (ތިރީސް އަށްހާސް) ޔޫ.އެސް.ޑޮލަރު ނުވަތަ އެ ޢަދަދާ އެއްވަރެއްގެ އަދަދެއް ދިވެހި ރުފިޔާއިން ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 118 ދުވަހެވެ.

6. މިޕްރޮޖެކްޓާ ގުޅޭ ގޮތުން ބާއްވާ ޕްރީބިޑް މީޓިންގ އޮންނާނީ 2018 ނޮވެންބަރު 26 ވާ ހޯމަ ދުވަހުގެ 11:00 ގައި، ތިރީގައިވާ އެޑްރެހުގައެވެ.

7. މި ޕްރޮޖެކްޓާއި ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 29 ނޮވެންބަރ 2018 ވާ ބުރާސްފަތި ދުވަހުގެ 1400 ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

8. މިބީލަމުގެ މުއްދަތަކީ ބީލަން ހުޅުވާ ދުވަހުން ފެށިގެން 90 ދުވަހެވެ. ބީލަން ހުޅުވުން އޮންނާނީ 2018 ޑިސެންބަރު 17ވާ ހޯމަ ދުވަހުގެ 11:00 ގައި މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނޭޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ. ބީލަންތައް ހުންނަންވާނީ ސިޓީއުރައެއްގައި ބަންދު ކުރެވިފައެވެ. ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ހުޅުވަން ކަނޑައެޅިފައިވާ ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ. ގަޑި ޖެހުމަށްފަހު ހުށަހަޅާ ބީލަންތައް ބަލައި ނުގަނެ އަނބުރާ ރައްދު ކުރެވޭނެއެވެ.

9. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައި ގަންނަވާނެއެވެ.

ނޭޝަނަލް ޓެންޑަރ

މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ

އަމީނީމަގު، މާލެ، ދިވެހިރާއްޖެ

ފޯން:  3349106 00960 /  3349191 00960

އީމެއިލް:  aminath.naaheen@finance.gov.mv  

ކޮޕީ: tender@finance.gov.mv

08 ނޮވެންބަރު 2018
ހޯދާ