މިނިސްޓްރީ އޮފް ހޯމްއެފެއާޒް
ދިވެހިރާއްޖެ
މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަޤާމްތަކަށް ކުރިމަތިލުމުގެ މުއްދަތު އިތުރު ކުރުން

`

 

މިނިސްޓްރީ އޮފް ހޯމްއެފެއާޒް

   މާލެ، ދިވެހިރާއްޖެ.     

ނަންބަރ     : (IUL)10-M/10/2018/104

 

    އިޢުލާން

މޯލްޑިވްސް މީޑިއާ ކައުންސިލްގެ މަޤާމުތަކަށް ކުރިމަތިލުމަށް އިތުރު ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު 2008/15 މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ ދަށުން އެކުލަވާލެވިފައިވާ މީޑިއާ ކައުންސިލްގެ މިދައުރުގެ މެންބަރެއްގެ މުއްދަތު 2018 އޯގަސްޓް 27 އަށްވަނީ ހަމަވެފައެވެ.  އަދި މިދައުރުގެ 13 މެންބަރުންގެ މުއްދަތު 2018 ޑިސެމްބަރ 12 ގެ ނިޔަލަށް ހަމަވާތީ،  މިކައުންސިލަށް މެންބަރުން ޢައްޔަންކުރުމަށް ބޭނުންވެއެވެ. މިގޮތުން މީޑިއާގެ 7 (ހަތެއް) މެންބަރުންނާއި އާންމުންގެ 7 (ހަތެެއް) މެންބަރުން ހިމެނޭނެއެވެ.  ޢާންމު މެންބަރުންގެ ގޮތުގައި ބަލާނީ މީޑިއާއި ގުޅުން ހުރި އެއްވެސް ދާއިރާއެއްގައި މަސައްކަތް ނުކުރާ ފަރާތްތަކެވެ.  ކައުންސިލުގެ މެންބަރުންގެ މުއްދަތަކީ މީލާދީ 2 (ދޭއް) އަހަރެވެ. އަދި އެއްވެސް ފަރާތަކަށް ކައުންސިލުގެ މެންބަރުކަމުގައި ވިދިވިދިގެން 2 (ދޭއް) ދައުރު އަދައެއް ނުކުރެވޭނެއެވެ.

މޯލްޑިވްސް މީޑިއާ ކައުންސިލުގެ ޤާނޫނުގެ 7 ވަނަ މާއްދާގައިވާ ގޮތުން ކައުންސިލުގެ މެންބަރުންގެ ކިބައިގައި، ތިރީގައިވާ ސިފަތައް ހުންނަންވާނެއެވެ.

(ހ) ދިވެހިރައްޔިތަކު ކަމުގައިވުން.

(ށ) އުމުރުން 18 (އަށާރަ) އަހަރު ފުރިފައިވުން.

(ނ) އިސްލާމްދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ރ) މަސްތުވާތަކެތީގެ ވިޔަފާރިކުރުމުގެ ކުށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ބ) ކުޑަކުދީންނަށް ޖިންސީ ގޯނާކުރުމުގެ ކުށް ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(ޅ) ވޭތުވެދިޔަ 2 (ދޭއް) އަހަރު ދުވަހުގެ ތެރޭގައި ޖިނާޢީ ކުށެއް ކުރިކަން ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

 

(ކ) ޚިޔާނާތުގެ ނުވަތަ ރިޝްވަތުގެ ކުށެއް ކުރިކަން ޝަރީޢަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

(އ) މުޖްތަމަޢު ޤަބޫލުކުރާ މިންގަނޑުތަކުން، އަބުރުވެރި، އަޚްލާޤު ރަނގަޅު މީހެއްކަމުގައިވުން.

(ވ) ފާއިތުވެދިޔަ 12 (ބާރަ) މަސްދުވަހުގެ ތެރޭގައި ނޫސް މަޖައްލާއެއްގައި އެމީހަކު ލިޔުނު އެއްޗަކާބެހޭ ގޮތުން ޝަރީޢަތަށް ކުށެއް ސާބިތުވެފައިވާ މީހަކު ކަމުގައި ނުވުން.

އާންމު މެންބަރުންގެ ގޮތުގައި މިނިސްޓަރ ކަނޑައަޅުއްވާ  ނަމުގެ ތެރޭގައި ތިރީގައި މިދަންނަވާ ބައިތަކަށް އިސްކަންދެވޭނެއެވެ.

  1. ޤާނޫނީ ދާއިރާއިން ނުވަތަ ދިވެހި ބަހުގެ ދާއިރާއަކުން ނުވަތަ އިންސާނީ ޙައްޤުތަކުގެ ދާއިރާއިން ނުވަތަ ދީނީ ޢިލްމުގެ ދާއިރާއިން ނުވަތަ އިޖްތިމާޢީ  ސައިންސަސް ގެ ދާއިރާއަކުން މަތީ ތަޢްލީމު ޙާޞިލްކޮށްފައިވުން.
  2. އިޖްތިމާޢީ ތަރައްޤީއާއި ދުޅަހެޔޮ ކަންް (ޚާއްޞަ ގޮތެއްގައި ކުޑަކުދިންނާއި، އަންހެނުންނާއި، ނުކުޅެދުންތެރިކަމަށް މަސައްކަތްކުރުން ނުވަތަ އެކަށީގެންވާ ގޮތެއްގައި މަސައްކަތްކޮށްފައިވުން).

 

ވީމާ، މީޑިއާކައުންސިލްގެ މަޤާމުތަކަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 21 ނޮވެމްބަރ 2018 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން ވަނަވަރު،  އައިޑެންޓިޓީ ކާޑުގެ ކޮޕީއާއި،  ތަޢުލީމީ ފެންވަރު އަންގައިދޭ ލިޔުންތަކުގެ ކޮޕީއާއި ކުށުގެ ރެކޯޑް (މޯލްޑިވްސް ޕޮލިސް ސަރވިސް އަދި ކޯޓުތަކުން) އާއި ޕާސްޕޯޓް ސައިޒްގެ ފޮޓޯއަކާއެކު މިނިސްޓްރީ އޮފް ހޯމްއެފެއާޒް (ވެލާނާގެ 10 ވަނަ ފަންގިފިލާ) އަށް ސިޓީއަކުން ހުށަހެޅުއްވުން އެދެމެވެ. މީޑިއާގެ 7 ގޮޑިއަށް ކެންޑިޑޭޓުން ހުށައަޅާނީ މީޑިއާތަކުންނެވެ. މިގޮތުން ކެންޑިޑޭޓުން ހުށައަޅާ ކޮންމެ މީޑިއާއަކުންވެސް އެ މީޑިއާއަކުން ހުށައަޅާ ކެންޑިޑޭޓްގެ ވަނަވަރު އެނގޭގޮތަށް ހުށަހަޅުއްވަންވާނެއެވެ.

އަދި ދަންނަވަމެވެ. މީގެކުރިން މީޑިއާ ކައުންސިލަށް ކުރިމަތިލުމަށްޓަކައި، މިމިނިސްޓްރީ ގެ އިޢުލާނު ނަމްބަރ: (IUL)10-M/10/2018/103 އިޢުލާނުން މެންބަރުކަމަށް އެދި ހުށަހަޅުއްވާފައިވާ ފަރާތްތަކަކުން މިއިޢުލާނުގައިވާގޮތުގެ މަތިން އަލުން މެންބަރުކަމަށް އެދި ހުށަހަޅުއްވާކަށް ނުޖެހޭނެއެވެ.

 30 ޞަފަރު  1440

 08 ނޮވެންބަރު 2018

 

 

08 ނޮވެންބަރު 2018
ހޯދާ