ޕަބްލިކް ސަރވިސް މީޑިއާ
ދިވެހިރާއްޖެ
ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

މަޤާމް :ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން
ބޭނުންވާ އަދަދު :10

ޕާޓްޓައިމް ލެކްޗަރަރއިން ހޯދުން

އިޢުލާން

 

ސްކޫލްތަކުގެ ބަންދު ދުވަސްތަކާ ދިމާކޮށް މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓުން ހިންގުމަށް ހަމަޖެހިފައިވާ، ސްކޫލް ހޮލިޑޭ ޕްރޮގްރާމް/ވޯކްޝޮޕްތައް ނަންގަވައިދެއްވުމަށް ޝައުގުވެރިވާ ޕާޓްޓައިމް ލެކްޗަރަރއިން ހޯދަން ބޭނުންވެއެވެ.

 

 

ޕްރޮގްރާމް/ވޯކްޝޮޕް:

1-         ކޮރިއޮގްރަފީ ވޯކްޝޮޕް

2-         ފިލްމޭކިންގ ފޮރ ކިޑްސް

3-          ސްމާޓްފޯން ފިލްމް މޭކިންގ

4-         ސްމާޓްފޯން ފޮޓޮގްރަފީ

5-         ރޭޑިއޯ ޕްރެޒެންޓިންގ އެންޑް ޑްރާމާ ވޯކްޝޮޕް

6-         ނިއުސް ރައިޓިންގ އިން ދިވެހި

7-         ނިއުސް ރައިޓިންގ އިން އިންގްލިޝް

8-         ޓެލެވިޒަން ޕްރެޒެންޓިންގ ވޯކްޝޮޕް

9-         ވޮއިސް ލެސަންސް އެންޑް ވޯކަލް ޓްރޭނިންގ

10-     ފްރުޓީ ލޫޕް ސްޓޫޑިއޯ މިއުޒިކް ޕްރޮޑަކްޝަން

މުއްދަތު

2         ނުވަތަ 3 ހަފްތާ

ޝަރުތު:

-          ގުޅޭ ދާއިރާއިން ދަށްވެގެން ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުން ނުވަތަ މަދުވެގެން 6 އަހަރުގެ ތަޖްރިބާ ލިބިފައިވުން. (ކެންޑިޑޭޓުން ހޮވުމުގައި ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމުގެ ތަޖްރިބާ ލިބިފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.)

މަޤާމުގެ މަސްއޫލިއްޔަތު:

-          ހަވާލުކުރެވޭ މޮޑިއުލް ނުވަތަ މޮޑިއުލްތަކާ އެއްގޮތަށް ޕްރޮގްރާމް ކުރިއަށް ގެންދިއުން

މަސައްކަތް ކުރަންޖެހޭތަން

މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓް (ޕަބްލިކް ސަރވިސް މީޑިއާ)

އިތުރު މަޢުލޫމާތު:

ފޯން: 3000340 އަދި އީމެއިލް އެޑްރެސް: [email protected]

 

ވީމާ، މިވޯކްޝޮޕްތައް ނެންގެވުމަށް ޝައުގުވެރިވާ ފަރާތްތަކުން ސީވީއާއެކު ޝައުގުވެރިކަން ފާޅުކުރައްވާ މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓަށް 10 ނޮވެމްބަރ 2018 ވާ ހޮނިހިރު ދުވަހުގެ 16.00 ގެ ކުރިން ހުށަހެޅުއްވުން އެދެމެވެ.                                                                                                                                                                                               

       28  ޞަފަރު   1440

        06 ނޮވެމްބަރ  2018  

06 ނޮވެންބަރު 2018
ހޯދާ