ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ހިންގައިދޭނެ ޖަމްޢިއްޔާއެއް ހޯދުން

ފާދިއްޕޮޅު އަތޮޅު ކައުންސިލްގެ 2018 ވަނަ އަހަރުގެ މަސައްކަތު ތާވަލްގައި ހިމެނޭ ޙަރަކާތްތަކުގެ ތެރެއިން ޅ.އޮޅުވެލިފުށީގައި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް ހިންގުމަށް ބޭނުންވެގެން މިއިދާރާއިން ކުރި ނަމްބަރ: (IUL)231-ED/231/2018/49 (06 އޯގަސްޓް 2018) އަދި (IUL)231-ED/231/2018/53 (02 ސެޕްޓެމްބަރ 2018) އިޢުލާނާ ގުޅިގެން އެއްވެސް ފަރާތަކުން ޕްރޮޕޯސަލް ހުށަހަޅާފައިނުވާތީ، އަލުންވެސް އެކަމަށް ޝައުޤުވެރިވާ ފަރާތެއް ހޯދުމަށް ހުޅުވާލަމެވެ.

މިޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވަނީ، ދަނޑުވެރިކަން ކުރާ ފަރާތްތަކާއި ގޯތިތެރޭގައި ގަސްހައްދާ ފަރާތްތަކުގެ އިތުރުން ދަނޑުވެރިކަން ކުރަން ޝައުޤުވެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ( 20 ބައިވެރިންނަށް ) އަމާޒުކޮށްގެން ޅ.އޮޅުވެލިފުށީގައެވެ.

  1. ޕްރޮގްރާމްގައި ކަވަރ ކުރަންބޭނުންވާ ބައިތައް

a)      ފެނުގައި ގަސްއިންދައި ހައްދާނެ ގޮތް

b)      އޮޓޯޕޮޓް ގައި ގަސްހައްދާނެގޮތް

c)      ގޯތިތެރޭގައި ގަސްއިންދައި ހެއްދިދާނެ ގޮތް

d)      ގަސްގަހާގެއްސަށް އާއްމުކޮށްޖެހޭ ބަލިތަކާއި، ފަރުވާ

e)      ދަނޑުވެރިކަމުގައި ބޭނުންކުރާ ކާނާއާ، ކެމިކަލްސް، ބިންގަނޑު ތައްޔާރުކުރާނޭގޮތް

f)       ހުށަހަޅާ އެންޖީއޯއިން ކަވަރކުރަން ރިކަމެންޑްކުރާ އިތުރު ބައިތަކެއްވާނަމަ، އެ ބައިތަކެއް

 

  1. 2.      ޕްރޮޕޯސަލްގައި ހިމަނަންޖެހޭ ބައިތައް: ( c,d,eގެ މަޢުލޫމާތުތައް އެއް ޓޭބަލެއްގެ ގޮތުގައި ހިމަނުއްވާށެވެ! )

a)      ހުށަހަޅާ ފަރާތުގެޕްރޮފައިލް

b)      ޕްރޮގްރާމް ހިންގުމުގެ ޤާބިލްކަން: ( ވޭތުވެ ދިޔަ އަހަރު ދަނޑުވެރިކަމާގުޅޭގޮތުން ހިންގާފައިވާ ޙަރަކާތްތަކުގެ ޚުލާޞާ، ސަޕޯރޓިންގ ޑޮކިޔުމެންޓްސްއާ، ޓެކްނިކަލް އެކްޕަރޓީސްގެ އެފިލިއޭޝަން ސާބިތުކޮށްދޭ ލިޔުންތަކާއެކު )

c)      ކަވަރކުރަން ބޭނުންވާ ބައިތައް ކަވަރ ކުރުމަށްޓަކައި، ޕްރޮގްރާމްގައި ހިމަނާނޭ ޙަރަކާތްތައް ( ލެކްޗަރސް، ޕްރެޒެންޓޭޝަން، ޕްރެކްޓިކަލްސް، ސައިޓް ވިޒިޓް ފަދަ )

d)      ޙަރަކާތްތަކަށް ކަނޑައަޅާ ވަގުތު

e)      ކޮންމެ ޙަރަކާތެއް ހިންގުމަށް ހުށަހަޅާ އަގު ( ޙަރަކާތްތަކަށް ވަކިން )

f)       ކޮންމެ ޙަކަރާތެއް ހިންގުމަށް އެންޖީއޯއިން ފޯރުކޮށްދޭ ވަޞީލަތްތައް

g)      ކޮންމެ ޙަރަކާތެއް ހިންގުމަށް ކައުންސިލްއިން ހަމަޖައްސަންޖެހޭ ވަޞީލަތްތައް

 

 

 

  1. އެއް އެންޖީއޯއަށްވުރެ ގިނަ އެންޖީއޯތަކުން ޕްރޮގްރާމް ހިންގައިދިނުމަށް ޝައުޤުވެރިކަން ފާޅުކުރައްވައިފިނަމަ، ޕްރޮގްރާމް ހިންގައިދިނުމަށް ޙަވާލުކުރެވޭނީ ތިރީގައިވާ އިވެލުއޭޝަން ސިސްޓަމްގައި އެންމެ މަތިން ޕޮއިންޓް ސްކޯރ ކުރައްވާ އެންޖީއޯ އަކާއެވެ.

 

ކްރައިޓީރިއާ

ޕޮއިންޓް ދިނުމަށް ކަނޑައަޅާ ގޮތް

%

ޤާބިލްކަން

2b ވޭތުވެ ދިޔަ އަހަރު ދަނޑުވެރިކަމާ ބެހޭ ޕްރޮގްރާމެއް ހިންގާފައިވުން

15

2b ގައި ޓެކްނިކަލް އެކްސްޕަރޓީސް އާ އެފިލިއޭޓްވެފައިވާ ޑޮކިޔުމެންޓްސް ހުށަހަޅާފައިވާނަމަ

15

2f ގައި އެންޖީއޯއިން ފޯރުކޮށްދިނުމަށް ހުށަހަޅާ ވަޞީލަތްތަކުގެ ގިނަކަން ( ޢަދަދު/އަގު)

15

2e ގައި ހުށަހަޅާ އަގު

(Lowest Price / Proposed Price)x25%

25

ޙަރަކާތްތަކަށް

2c ޙާޞިލްކުރަންބޭނުންވާ މަޤްޞަދާ، ހުށަހަޅާފައިވާ ޙަރަކާތްތަކާ ގުޅުންހުރި މިންވަރު

30

 

ވީމާ، މިކައުންސިލްއާ ގުޅިގެން މިޕްރޮގްރާމް ޅ.އޮޅުވެލިފުށީގައި ހިންގައިދިނުމަށް ޝައުޤުވެރިވާ އެންޖީއޯތަކުން، އެކަމަށް ޝައުޤުވެރިވާކަން ހާމަކޮށް 12 ނޮވެމްބަރ 2018 ވަނަދުވަހުގެ 14:00 ގެ ކުރިން ސިޓީ ( މެއިލް ނުވަތަ ހާރޑްކޮޕީ ) ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅުއްވާ ސިޓީއާއެކު، ޕްރޮގްރާމް ހިންގަން ގަސްތުކުރައްވާ ކޮންސެޕްޓް ބަޔާންކުރެވިފައިވާ ޕްރޮޕޯރސަލް އެޓޭޗްކުރެއްވުން އެދެމެވެ.

 

01 ނޮވެންބަރު 2018
ހޯދާ