މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ
ދިވެހިރާއްޖެ
އެނަރޖީ އެފިޝެންސީ ލޭބަލްގެ ޑިޒައިން ސަރވޭއަށް ބޭނުންވާ ސަރވޭއަރުން ހޯދުމަށް

ނަންބަރު : (IUL)438-CCD/438/2018/299                                    ތާރީޚް : 31 އޮކްޓޫބަރ  2018

 

 

އެނަރޖީ އެފިޝެންސީ ލޭބަލްގެ ޑިޒައިން ސަރވޭއަށް ބޭނުންވާ ސަރވޭއަރުން ހޯދުމަށް  (ފުރަތަމަޢިއުލާން)

"ސްޓްރެންތެނިންގ ލޯ ކާބަން އެނަރޖީ އައިލެންޑް ސްޓްރެޓެޖީސް" މަޝްރޫޢުއަކީ މި މިނިސްޓްރީއާއި އ.ދ ގެ ތިމާވެއްޓާއިބެހޭ ޖަމްޢިއްޔާ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫ އެން އެންވަޔަރަންމަންޓް) ގުޅިގެން ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީ.އީ.އެފް) ގެ އެހީގެ ދަށުން، ކުރިއަށް ގެންދާ މަޝްރޫޢުއެކެވެ. މި މަޝްރޫޢުގެ މައިގަނޑު ބޭނުމަކީ، އިމާރާތްތަކުގެ ދާއިރާއިން ޖައްވަށްބޭރުކުރެވޭ ވިހަގޭސް (ގްރީންހައުސް ގޭސް) މަދުކޮށް މިދާއިރާއިން ހަކަތަ އިސްރާފުކުރުން މަދުކުރުމާއި އަދި ތިމާވެއްޓައި ރައްޓެހިގޮތުގައި ހަކަތަ ބޭނުންކުރުން އިތުރުކުރުމެވެ. މިގޮތުން މިކަމާގުޅުންހުރި ސިޔާސަތުތަކާއި މިންގަނޑުތައް އެކުލަވާލުން ވެސް މިމަޝްރޫޢުގެ މަޤްސަދުތަކުގެ ތެރޭގައި ހިމެނެއެވެ.

ދިވެހިރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނުގެ ތެރެއިން ހަކަތަ ސަމަކާރަ (އެނަރޖީ އެފިޝަންޓް) ތަކެތި ފާހަގަކުރުމަށް "އެނަރޖީ އެފިޝެންސީ ސްޓޭންޑަޑްސް އެންޑް ލޭބަލިންގ" ޕްރޮގްރާމެއް ތައާރަފްކުރުމަށް މޯލްޑިވްސް އެނަރޖީ އޮތޯރިޓީ އާއި ގުޅިގެން މިގެންދަނީ މަސައްކަތް ކުރަމުންނެވެ. މިގޮތުން ހަކަތަ ސަމަކާރަ ތަކެތި ފާހަގަ ކުރުމަށް ޖަހާނެ ލޭބަލެއް ޑިޒައިންކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި ލޭބަލްގެ ފަރުމާއަކީ ވީހާވެސް ގިނަ އާންމުންގެ ހިޔާލާއި އެއްގޮތަށް ތައްޔާރުކުރާ ފަރުމާއަކަށް ހެދުމަށްޓަކައި އާއްމުންގެ ޙިޔާލު ހޯދުމަށް ސަރވޭއެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ. މިސާރވޭ ކުރިއަށް ގެންދިޔުމަށް ސާރވެޔަރުން ހޯދުމަށް މިމިނިސްޓްރީގެ ފަރާތުން ކުރި ނަންބަރު (IUL)438-HRU/438/2018/277 (14 އޮކްޓޫބަރު 2018) އިއުލާނަށް އެކަށީގެންވާ ތަރުޙީބެއް ލިބިފައި ނުވާތީ، އިއުލާން ބާތިލްކޮށް ސަރވެޔަރުކަމަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލަމެވެ. އިއުލާން ކުރެވިފައިވާ އަދަދަށް ސާރވޭޔަރުން ނުލިބިއްޖެނަމަ ސާރވޭގެ މުއްދަތު އިތުރުކުރެވިދާނެ ވާހަކަ ދަންނަވަމެވެ.

މަގާމު:

ސަރވޭޔަރ

ބޭނުންވާ އަދަދު:

10

ޝަރުތު:

ޖީ.ސީ.އީ އޯލެވަލް  މަދުވެގެން 4 ފާސް ލިބިފައިވުން

މުއްދަތު:

5 ދުވަސް (ދުވާލާއި ރޭގަނޑު ޖުމްލަ 6 ގަޑިއިރު ދުވަހަކަށް)

 

ދުވާލަކަށް ލިބޭ އަދަދު:

350/-

ކުރަންޖެހޭ މަސައްކަތް:

މިމިނިސްޓްރީން ކަނޑައަޅާ ތަންތަނަށް ގޮސް ސަރވޭ ކުރުން

ހުށަހަޅަންޖެހޭ ލިޔެކިޔުންތައް:

  • ޖީ.ސީ.އީ އޯލެވަލް ސެޓްފިކެޓްގެ އެޓެސްޓްކޮށްފައިވާ ކޮޕީ
  • ކަވަރ ސިޓީ އާއި ސީ.ވީ
  • އައި.ޑީ ކާޑު ކޮޕީ

ހޮވުމުގައި ބަލާނެ މިންގަނޑު

  • ޖީ.ސީ.އީ އޯލެވަލްގެ މަދުވެގެން 4 މާއްދާއިން ފާސްވެފައިވުން (ގިނަމާއްދާއިން ފާސްވެފައިވާނަމަ މާރކްސް އިތުރަށް ލިބޭނެ) – 70%
  • ކުރިން މިފަދަ މަސައްކަތެއް ކޮށްފައިވާނަމަ އެފަރާތަކަށް އިސްކަން ދެވޭނެ – 30%

 

ވީމާ، މި މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން، މަތީގައި ބަޔާންކޮށްފައިވާ ލިޔެކިޔުންތަށް ހަމަކުރެއްވުމަށް ފަހު 13 ނޮވެންބަރު2018 ވަނަ ދުވަހުގެ 11:00 ގެ ކުރިން މި މިނިސްޓްރީއަށްހުށަހެޅުއްވުން އެދެމެވެ.

ހިއުމަން ރިސޯސަސް ޔުނިޓު

މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނަރޖީ

ހަނދުވަރީ ހިނގުން، މާފަންނު، މާލެ، 20392، ދިވެހިރާއްޖެ

 

01 ނޮވެންބަރު 2018
ހޯދާ