ށ. އަތޮޅުމަދަރުސާ
ދިވެހިރާއްޖެ
2019ވަނަ އަހަރަށް އެލް.ކޭ.ޖީއަށް ކުދިން ވެއްދުމާއިގުޅޭ (އިސްލާހް ކުރެވިފައި)

`

 

ށ.އަތޮޅު މަދަރުސާ

ށ.ކަނޑިތީމު، ދިވެހިރާއްޖެ

 

 

                                                               ނަންބަރު: IUL)GS34/2018/21)

 

އިޢުލާނު

 2019 ވަނަ އަހަރަށް އެލް.ކޭ.ޖީ އަށް ކުދިން ވެއްދުމާއިގުޅޭ:

 

               2019 ވަނަ އަހަރަށް މި ސްކޫލްގެ އެލް.ކޭ.ޖީއަށް ކުދިން ވެއްދުމުގެ ފުރުޞަތު ހުޅުވާލަމެވެ. 2019 ވަނަ އަހަރު އެލް.ކޭ.ޖީއަށް ވެއްދޭނީ މީލާދީގޮތުން 01 ޖެނުއަރީ 2019 އަށް 4 އަހަރު ފުރި 5 އަހަރު ނުފުރޭ ކުދިންނަށެވެ. އެޑްމިޝަން ޕޮލިސީގެ 4 ވަނަ މާއްދާގެ (ށ) ގައިވާގޮތަށް ސްކޫލަށް ވައްދަން އެދޭ އަހަރު މާރޗްމަހުގެ 31 ގެ ނިލަޔަށް އަހަރުފުރޭ ކުދިންނަށްވެސް ފުރުޞަތު އޮތްވާހަކަ ދަންނަވަމެވެ.

              ވީމާ، އެލް.ކޭ.ޖީއަށް ކުދިން ވައްދަން ބޭނުންވާ ފަރާތްތަކުން 31 އޮކްޓޯބަރ 2018 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ސްކޫލަށް ވައްދަންއެދޭ ފޯމާއި އަދި ފޯމާއިއެކު ހުށަހަޅަންޖެހޭ ތަކެތި ސްކޫލްގެ އިދާރާއަށް ހުށަހެޅުއްވުންއެދެމެވެ. ސްކޫލަށް ވައްދަން އެދޭ ފޯމް 23 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 10:00 އިން މެންދުރު 12:00 އަށް ސްކޫލްގެ އިދާރާއިން ލިބެން ހުންނާނެއެވެ.

                        ވީމާ، މިކަން އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

13 ޞަފަރު 1440

                                        22 އޮކްޓޯބަރ 2018

28 އޮކްޓޫބަރު 2018
ހޯދާ