ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ވެސެލް ކްރޫ (ފަޅުވެރި)

އިޢުލާން

ނަންބަރު:WAMCO-HR/IUL/2018/024

ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މަރުޙަބާ ކިޔަމެވެ. މި ވަޒީފާއަށް ބޭނުންވަނީ، މަސައްކަތަށް ޝައުޤުވެރިކަން ހުރި ޤާބިލު މީހުންނެވެ.

މަޤާމު

ވެސެލް ކްރޫ (ފަޅުވެރި)

މަޤާމުގެ ރޭންކާއި ކްލެސިފިކޭޝަން


އެސިސްޓެންޓް

މުސާރައާއި ޢިނާޔަތްތައް

މަހަކު -/10,000 އާއި -/13,000 ރުފިޔާއާ ދެމެދު (ކަނޑައެޅިފައިވާ އިނާޔަތްތަކާއެކު)

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން

ކ. މާލެ / ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ (ވެމްކޯ) މާލެ ސައިޓް

ބޭނުންވާ އަދަދު

07

ޝަރުޠު

  1. ސާނަވީ ތަޢުލީމުގެ ފެންވަރު ހުރުމާއިއެކު މަޤާމާއި ގުޅުންހުރި ދާއިރާއެއްގައި ދެއަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން
  2. ދިވެހިރާއްޖޭގެ ކަނޑުގެ ސަރަހައްދަށް އަހުލުވެރި ފަރާތެއް ކަމުގައިވުން
  3. ކަނޑު ދަތުރުފަތުރާއި ގުޅުންހުރި ޤާނޫނާއި ޤަވާއިދުތަކަށް އަހުލުވެރި ފަރާތެއް ކަމުގައިވުން.
  4. ފުރާދުއްވާ އުޅަނދު ފަހަރުގެ ސެކިއުރިޓީ އަދި ސޭފްޓީއަށް އަހުލުވެރި ފަރާތެއްކަމުގައިވުން
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛
  6. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތްކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން.
  7. ގިނަވަގުތު މަސައްކަތްކުރެވޭނެ އަދި ރަށުން ބޭރުގައި މަސައްކަތްކުރެވޭނެ ފަދަ މީހެއްކަމުގައިވުން
  8. މަޤާމުގެ މަސްއޫލިއްޔަތު އަދާކުރެވޭފަދަ ޞިއްޙަތެއްގައިހުރި މީހަކުކަމުގައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ކުންފުނިން ކުރަންޖެހޭ ދަތުރުތައް ކުރުމާއި އެއް ސައިޓުން އަނެއް ސައިޓަށް ބޭނުންވާ ތަކެއްތި ގެނެސްދިނުމުގައި ކެޕްޓަނުގެ އިރުޝާދާއި އެއްގޮތަށް އެހީތެރިކަން ފޯރުކޮއްދިނުން.
  2. އުޅަނދަށް ބޭނުންވާ މަރާމާތުތައް ކުރުމާއި މަރާމާތު ކުރުމުގެ ކުރިން އުޅަނދަށް ލިބިފައިވާ ގެއްލުން ރިޕޯޓްކުރުމާއި އަދި މަރާމާތައް ބޭނުންވާ ހުއްދަ ހޯދައި އަދި މިފަދަ މަސައްކަތްތައް ކެޕްޓަނުގެ ލަފާގެމަތިން ކުރުން.
  3. ދަތުރުމަތީގަޔާއި އަދި ފަޅުގައި އޮންނަ ވަގުތު ތަކުގައި އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ޔަޤީންކޮށް އުޅަނދު ސާފުކޮށް ބެލެހެއްޓުން.
  4. ދަތުރު ފަތުރުކުރުމުގައްޔާއި އަދި ފަޅުގައި އޮންނަ ވަގުތުތަކުގައި އުނޅަދަށް ލިބޭ ގެއްލުންތައް ބެލުމާއި އަދި އެކަންތައްތައް އުޅަނދުގެ ކެޕްޓަނަށް ރިޕޯޓްކުރުން.
  5. އުޅަނދަށް ބޭނުންވާ ތެލާއި އެހެނިހެން ވަސީލަތްތައް ހޯދުމުގައްޔާއި އަދި އުޅަނދުގެ ސްޓޮކް ބެލެހެއްޓުމުގައި ކެޕްޓަނަށް އެހީތެރިކަން ފޯރުކޮށްދިނުން.
  6. އުޅަނދުގައި ހުންނަށް ލާޒިމުކުރާ ސޭފްޓީ އަދި ސެކިއުރިޓީ ވަސީލަތްތައް، ދަތުރުގެ ކުރިން ހަމަޔަށް ހުރިތޯ ޔަގީންކޮށް މައްސަލައެއް އުޅޭނަމަ ކެޕްޓަނައް ރިޕޯރޓްކުރުން.
  7. ރާއްޖޭގައި ހެދިފައިވާ ކަނޑުމަތީ އުޅަނދުފަހަރު ދުއްވުމާއި ގުޅުންހުރި ޤާނޫނު ތަކާއި ޤަވާއިދުތަކަށް އިޙްތިރާމްކޮށް ޢަމަލުކުރުން.
  8. މީގެ އިތުރުން ކުންފުނިންރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވުން.
  9. ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި އެހީތެރިކަން ފޯރުކޮށްދިނުން.
  10. ކުންފުނީގެ މަޤްޞަދުތައް ހާސިލުކުރުމަށް އޮފީހުގެ އެހެނިނިހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން.
  11. މިނޫންވެސް ކުންފުނިން ރާވައި ހިންގާ ހަރަކާތްތަކުގައި ބައިވެރިވެ އެހީތެރިކަން ފޯރުކޮށްދިނުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމުގައި ބެލެވޭނެ ކަންތައްތައް:

  • މަސައްކަތާ ގުޅުން ހުރި ދާއިރާއިން ލިބިފައިވާ ތަޢުލީމާއި ތަޖުރިބާ؛
  • ކޯޕަރޭޝަންގެ މަސައްކަތްތައް ކުރިއަށް ގެންދިއުމާއި ގުޅުންހުރި ޤާނޫނުތަކާއި ގަވާއިދުތަކަށް އަހުލުވެރި ވެފައިވާ މިންވަރު.
  • އިންޓަރވިއު

ހުށަހަޅަންޖެހޭ ތަކެތި:

 

  1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ (އެޓެސްޓްކޮށް ކުރެވިފައިވާ) ކޮޕީ،
  4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

ސުންގަޑި އަދި ވަޒީފާއަށް އެދި ހުށަހަޅުއްވާނެ ތަން:

2018 އޮކްޓޯބަރ 31 ވާ ބުދަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ)ގެ މައި އޮފީހަށް (މއ. ޖަންބުގަސްދޮށުގެ، 2 ވަނަ ފަންގިފިލާ) ހުށަހެޅުއްވުން.

އިންޓަރވިއު:

އިންޓަރވިއުއާއި އިމްތިޙާނުކުރުން 2018 ނޮވެމްބަރ 01 ން ނޮވެމްބަރ 08 އަށް ކުރިއަށް ގެންދެވޭނެއެވެ.

އިތުރު މަޢުލޫމާތު:

ކޯޕަރޭޝަނުން އިންޓަވިއުއާއި އިމްތިޙާންކުރުމަށް ގުޅާނީ، ޝޯޓް ލިސްޓް ކުރެވޭ ފަރާތްތަކަށް އެކަންޏެވެ.

މަޢުލޫމާތު ފުރިހަމަ ނުވާ ފޯމު، އަދި ލިޔެކިޔުންތައް ހަމަ ނުވާ އެޕްލިކޭޝަން ބާޠިލުކުރުމުގެ ޙައްޤު ކޯޕަރޭޝަނަށް ލިބިގެންވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ނަންބަރު 3000581 ފޯނަށް ގުޅުއްވުން އެދެމެވެ.

15 ޞަފަރު 1440

24 އޮކްޓޯބަރ 2018

 

24 އޮކްޓޫބަރު 2018
ހޯދާ