އޮޑިޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އޮފިސަރ، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް (ގްރޭޑް 1)

މަޤާމް :އޮފިސަރ، އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް (ގްރޭޑް 1)
ބޭނުންވާ އަދަދު :1

ޑިޕާރޓްމަންޓް / ޔުނިޓް

އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ޔުނިޓް

މަސައްކަތް ކުރަންޖެހޭތަން

އޮޑިޓަރ ޖެނެރަލްގެ އޮފީސް

އަސާސީ މުސާރަ

-/6500 (ހަހާސް ފަސްސަތޭކަ) ރުފިޔާ

ސަރވިސް އެލަވަންސް

ދުވާލަކަށް 196/67 (ސަތޭކަ ނުވަދިހަ ހަރުފިޔާ ފަސްދޮޅަސް ހަތްލާރި)

ލިވިންގ އެލަވަންސް

-/2000 (ދެހާސް ) ރުފިޔާ

ޕްރޮފެޝަނަލް އެލަވަންސް

އެޑްވާންސް ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް  6) ހާސިލްކޮށްފައިވާނަމަ -/750 (ހަތްސަތޭކަ ފަންސާސް) ރުފިޔާ

ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 5) ހާސިލްކޮށްފައިވާނަމަ -/500 (ފަސްސަތޭކަ) ރުފިޔާ

އަސާސީ ޝަރުތު

  1. އެޑްވާންސްޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 6) ހާސިލްކޮށްފައިވުމާއެކު އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  2. ޑިޕްލޮމާ (އެމް.އެން.ކިއު.އެފް ލެވެލް 5) ހާސިލްކޮށްފައިވުމާއި އެކު އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
  3. އަދި މީގެ އިތުރުން އިންޓަރވިއުގައި މި މަސައްކަތަށް ގާބިލްމީހެއްކަން ސާބިތުކޮށްދިނުން.

އެހެނިހެން ޝަރުތު

  1. މިއޮފީހުގައި އަދާކުރާ ވަޒީފާ ފިޔަވައި އިތުރު އެހެންއެއްވެސް ވަޒީފާއެއް އަދާނުކުރުމާއި އަދި މި އޮފީހުގައި އަދާކުރާ ވަޒީފާއާ މަސްލަހަތު ފުށުއަރާފަދަ އެއްވެސް އަމިއްލަ މަސައްކަތެއް ނުކުރުން.
  2. ދައުލަތުގެ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގައި އިސްކޮށް ޙަރަކާތްތެރިނުވުން، އަދި އެފަދަ ކުންފުންޏެއްގެ ބޯޑެއްގެ ޑިރެކްޓަރެއް ކަމުގައި ނުވުން.
  3. އަމިއްލަ ނަމުގައި އެއްވެސް ވިޔަފާރިއެއް ކުރާ މީހަކު ކަމުގައި ނުވުން.
  4. ސަރުކާރު ހިއްސާވާ ނުވަތަ އަމިއްލަ އެއްވެސް ކުންފުންޏެއްގެ މެޖޯރިޓީ ޝެއަރހޯލްޑަރެއް ކަމުގައި ނުވުން.
  5. މިއޮފީހުގެ އެއްވެސް މުވައްޒަފަކާ ޢާއިލީގޮތުން ގާތްގުޅުމެއް ހުރި މީހަކު ކަމުގައި ނުވުން.

މަގާމުގެ މަސްއޫލިއްޔަތު

  1. އޮފީސް ހުޅުވުމާ ބަންދުކުރުން.
  2. މިއޮފީހުގެ ހުރިހާ ޑިޕާޓްމަންޓެއްގެ ޔައުމިއްޔާ ބެލެހެއްޓުން.
  3. ސްޓޮކަށް ބޭނުންވާތަކެތި ހޯދާ، ސްޓޮކް ބެލެހެއްޓުން.
  4. އޮފީހުގެ ލިޔެކިއުންތައް ފައިލްކޮށް ބެލެހެއްޓުން.
  5. މިއޮފީހަށް ބޭނުންވާ މުދަލާއި އެހެނިހެން ތަކެތި ގަތުމަށް ކުރަންޖެހޭ މަސައްކަތްތައް ދަޢުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން ކުރިއަށް ގެންދިއުމަށް އެހީތެރިވުން
  6. އޮފީހުގެ ގަނެވޭ ހަރުމުދަލުގައި ނަންބަރު ޖަހާ ހަރުމުދަލުގެ ރަޖިސްޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން
  7. އޮފީހުގެ އެޑްމިނިސްޓްރޭޝަން އެންޑް ޕްރޮކިއުމަންޓް ޔުނިޓުގެ މަސައްކަތާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުން.

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމު ( އެޕްލިކޭޝަން ފޯމު އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ކައުންޓަރުންނާއި، އޮފީހުގެ ވެބްސައިޓް www.audit.gov.mv އިން ލިބެން ހުންނާނެއެވެ.)
  2. ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީ ( އެކްރެޑިޓްކޮށްފައި)
  3. ވަކި ފަރާތަކަށް ޚިދްމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ، އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ވަޒީފާއަށް ހޮވިއްޖެ  ހިނދެއްގައި މި އޮފީހަށް ބަދަލުވުމުގެ އިއުތިރާޒެއް ނެތް ކަމުގެ ލިޔުން.
  4. މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން (މިލިޔުން ހުށަހަޅަންޖެހޭނީ އަސާސީ ޝަރުތު ހަމަވެ، ސެޓްފިކެޓް ލިބިފައި ނުވާނަމައެވެ.)
  5. ވަޒީފާއެއްގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ، އަދާކުރައްވާ ނުވަތަ އަދާކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތު އެނގޭނޭ ރަސްމީ ލިޔުމެއް.
  6. ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.
  7. ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު ( ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު).

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚާއި ގަޑި

29 އޮކްޓޫބަރ 2018ވާ ހޯމަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އޮޑިޓަރ ޖެނެރަލްގެ އޮފީހަށް
(ޣާޒީ ބިލްޑިންގގެ 1 ވަނަ ފަންގިފިލާ).

އިތުރު މަޢުލޫމާތު

އިތުރު  މަޢުލޫމާތު  ހޯދުމަށް  ގުޅާނީ،  3348200  ނަންބަރު  ފޯނަށެވެ.  ފެކްސް  ނަންބަރަކީ،  3316430  އެވެ. އީމެއިލް  އެޑްރެހަކީ،  [email protected]  އެވެ.    

 

21 އޮކްޓޫބަރު 2018
ހޯދާ