މިލަދުންމަޑުލު އުތުރުބުރީ އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަވަތި އިނާމު ފަރުމާކުރުމަށް ކުރިމަތިލުމުގެ ދަޢުވަތު

މި ކައުންސިލުން ކޮންމެ 3 އަހަރަކުން 1 އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ވިޔަވަތި އިނާމު ދިނުމުގެ ރަސްމިއްޔާތަށް ބޭނުންވާ އެވޯޑްތަކާއި، ބެކްޑްރޮޕް ފަރުމާކޮށްދިނުށް ޝައުގުވެރިވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލަމެވެ.

              ވީމާ، މިތަކެތި ފަރުމާކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ނަންނޯޓް ކުރެއްވުމަށް 2018 އޮކްޓޯބަރ 25 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން މިއިދާރާގެ މެއިލް ([email protected]) އަށް  ނަމާއި ގުޅޭނެ ނަންބަރު ފޮނުވައިދިނުންއެދެމެވެ.     ނަންނޯޓް ކުރައްވާ ފަރާތްތަކަށް މައުލޫމާތު ދިނުމަށް ބޭއްވޭ ޓެލެ-ކޮންފަރެންސްއެއް  2018 އޮކްޓޯބަރ 28 ވާ އާދީއްތަ ދުވަހުގެ 13:00 ގައި އޮންނާނެއެވެ.                                                                                         

މި ފުރުޞަތު ހުޅުވާލެވިފައިވަނީ އުމުރުން 18 އަހަރުން މަތީގެ ދިވެހި ރައްޔިތުންނަށެވެ. އަދި އެއް ވަނައަށް ހޮވޭ ފަރުމާތައް ހުށައަޅާ ފަރާތަކަށް -/10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

              ކަނޑައެޅިފައިވާ ތާރީޙުގައި ނަންނޯޓް ނުކުރައްވާ ފަރާތްތަކުން ހުށައަޅުއްވާ ފަރުމާތައް ބަލައިނުގަނެވޭނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.

                                  09 ސަފަރު  1440

                                  18 އޮކްޓޯބަރ 2018

18 އޮކްޓޫބަރު 2018
ހޯދާ