މާޅޮސްމަޑުލު އުތުރުބުރީ މާކުރަތު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަރުދަމާ ހޮޅި ގޯތިތެރޭގައި އެޅުމާއި ގުޅޭ

  އިޢުލާން

ނަރުދަމާ ހޮޅި ގޯތިތެރޭގައި އެޅުމާއި ގުޅޭ

ނަރުދަމާ ހޮޅި އެޅުމަށް އެދި ފޯމު ހުށަހަޅުއްވާފައިވާ ފަރާތްތަކަށް، ގޯތިތެރޭ ޖަންކުޝަނާއެކު ހޮޅިއެޅުމަށްވަނީ ހަމަޖެހިފައެވެ. އަދި ފޯމު ހުށަހަޅާފައިނުވާ ގެތަކާއި ގޯތިތަކަށް ޖަންކުޝަނާއި ނުލާ ހަމައެކަނި މަގުމަތިން ގޯތިތެރެއަށް ހޮޅި އެޅުމަށް މިހާރުވަނީ ހަމަޖެހިފައެވެ.

ގޯތިތެރެއަށް ހޮޅި އެޅޭނީ އެގޯއްޗެއް ހިމެނޭ މަގުތަކުގެ ތެރެއިން ހޮޅި ދަތުރުކުރާ މަގަކުންނެވެ. މިހެންކަމުން ހޮޅި ދަތުރުކުރާ މަގުން ގޯތި ތެރެއަށް ހޮޅި އެޅުމަށް  ބޭނުންވާ ތަން ފާހަގަ ވާނެގޮތަށް ފާހަގަ ޖަހާއި، މަސައްކަތް ކުރައްވާ ފަރާތަށް ދެއްކެވުން އެދެމެވެ. މިގޮތަށް ފާހަގަ ކޮށްފައި ނުވާނަމަ، މިކައުންސިލާއި މަސައްކަތް ކުރައްވާއި ފަރާތާއި މަޝްވަރާކޮށް އެގޯއްޗަކަށް ހޮޅި އެޅޭނެ ވާހަކަ ދެންނެވީމެވެ.

ވީމާ، މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                  09  ޞަފަރު 1440

18 އޮކްޓޫބަރު 2018
ހޯދާ