މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
މިނިސްޓްރީގެ ފަރާތުން ބަލަހައްޓަމުން ގެންދަވާ ވެލާނާގޭ އޮފީސް ޢިމާރާތުގެ ސެކިއުރިޓީ 1 އަހަރު ދުވަހަށް ބަލަހައްޓަދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

މި މިނިސްޓްރީގެ ފަރާތުން ބަލަހައްޓަވަމުންގެންދަވާ ވެލާނާގޭ އޮފީސް ޢިމާރާތުގެ ސެކިއުރިޓީ 01 އަހަރު ދުވަހުގެ މުއްދަތަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު ނަންބަރު (IUL)138-AS6/1/2018/451 (08 އޮކްޓޫބަރު 2018) އިޢުލާނާއި ގުޅިގެން އެކަށީގެންވާ ތަރުޚީބެއް ލިބިފައިނުވާތީ، މި މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އަލުން އިޢުލާންކުރަމެވެ.

 

ވީމާ، މި މަސައްކަތަށް ޝައުޤުވެރިވެވަޑައިގަންނަވާ ފަރާތްތަކުން 2018 އޮކްޓޫބަރު 21 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި މިނިސްޓްރީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޫބަރު 28 ވާ އާދީއްތަ ދުވަހުގެ 12:00 އަށް މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ / އަމީނީމަގަށް ވަޑައިގެން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.   

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް 2018 އޮކްޓޫބަރު 21 ވާ އާދީއްތަ ދުވަހުގެ 12:00 އިން ފެށިގެން 2018 އޮކްޓޫބަރު 28 ވާ ބުރާސްފަތި ދުވަހުގެ 11:00 ގެ ނިޔަލަށް މިނިސްޓްރީގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

 

އަދި ދަންނަވަމެވެ. ބިޑް ހުށަހަޅުއްވާއިރު ބިޑް ސެކިއުރިޓީ ހުށަހެޅުއްވުމަށް ސަމާލުކަން ދެއްވުމަށް އެދެމެވެ.

 

މި އިޢުލާނާއި ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުވެވަޑައިގަންނަވާނަމަ 3004281 އަށް ރަސްމީ ގަޑީގައި ގުޅުއްވުން އެދެމެވެ.

18 އޮކްޓޫބަރު 2018
ހޯދާ