މުލަކަތޮޅު މަޑުއްވަރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އ.ފައިނޭންސް އޮފިސަރ ގެ ވަޒީފާއަށް މުވައްޒަފަކު ބޭނުންވެއްޖެ

މަގާމު

އ.ފައިނޭންސް އޮފިސަރ

މަޤާމުގެ ނަންބަރު

J297270

ބޭނުންވާ އަދަދު

1

މަޤާމުގެ  ގިންތި

ދާއިމީ

މަޤާމުގެ ރޭންކް

އެމްއެސް 1

މަޤާމުގެ ކްލެސިފިކޭޝަން

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަންޖެހޭ ތަން

ފައިނޭންސް ޔުނިޓް / ކޯޕަރޭޓް އެފެއާޒް / މުލަކަތޮޅު މަޑުއްވަރީ ކައުންސިލް އިދާރާ

މުސާރަ

5610 ( ފަސްހާސް ހަސަތޭކަ ދިހަ ރުފިޔާ )

ސަރވިސް އެލަވަންސް

2000 ( ދެހާސް ރުފިޔާ )

އެހެނިހެން އެލަވަންސް

  • ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާ.
  • ޓެކްނިކަލް ކޯ އެލަވަންސް: އަސާސީ މުސާރައިގެ %28

ނޯޓު: ޓެކްނިކަލް ކޯ އެލަވަންސް ދެވޭނީ ފައިނޭންސް ނުވަތަ އެކައުންޓިންގ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށެވެ. އަދި ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭ ފަރާތްތަކަށް ހަމަޖެހިފައިވާ އުޞޫލްގެ ތެރެއިން ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި 700 ރުފިޔާ ލިބޭނެއެވެ.

  • ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
  • ރިސްކު އެލަވަންސްގެ ގޮތުގައި ވަޒީފާއަށް ނުކުންނަ ކޮންމެ ރަސްމީ ދުވަހަކަށް -/25 ރުފިޔާ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލް އިދާރާއަށް ލިބޭހުރިހާ ފައިސާ އެއް ރަޝީދުން ބަލައިގަތުމާއި، ބަލައިގަތް ހުރިހާފައިސާއެއް ދުވަހުފޮތަށް ދުވަހުން ދުވަހަށް އެރުވުމާއި، އައިޓަމްފޮތާއި ތިޖޫރީފޮތުގައި ފައިސާލިޔެ ތިޖޫރީގައި ފައިސާ ބެހެއްޓުން އަދި ފައިސާދެއްކި ފަރާތަށް ރަޝީދު ދޫކުރުން.
  2. ކައުންސިލް އިދާރާއަށް މަހުން މަހަށް ލިބެންޖެހޭ ފައިސާއާއި ކައުންސިލް އިދާރާ މެދުވެރިކޮށް ދިވެހި ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތަފްސީލްގައިވާ އަދަދުތަކުގައި ފައިސާ ހޯދުމާއި ފައިސާދައްކަންޖެހޭ މުއްދަތުގައި ފައިސާ ނުދައްކާ ފަރާތްތަކުގެ ފައިސާ ކަމާބެހޭ ގަވާއިދުގައިވާ ގޮތަށް ޖޫރިމަނާޔާއެކު ފައިސާހަމަޔަށް ބަލައިގަތުން.
  3. ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުންގެ މަހުމުސާރަޔާ އެލަވަންސް ފައިސާޔާއި، ޕެންޝަންފައިސާ ކައުންސިލްގެ އެކައުންޓަށް ޖަމާކުރުމަށް ޕޭމަންޓް ވައުޗަރ ތައްޔާރުކޮށް ކޮންމެމަހެއްގެ 20 ގެ ކުރިން އަތޮޅު އެލްޖީއޭއަށް/ މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއަށް ފޮނުވުމާއި ކައުންސިލް އިދާރާގެ އެކައުންޓަށް އެފައިސާ ޖަމާވޭތޯބެލުމާއި، ފައިސާޖަމާވުމުން މަސްހުސްވުމުގެ 2 ދުވަސްކުރިން މުވައްޒަފުންގެ އެކައުންޓްތަކަށް ޖަމާކުރަންޖެހޭ ފައިސާ ޖަމާކުރުމާއި، މުވައްޒަފުގެ އެކައުންޓަށް ޖަމާކުރިފައިސާގެ ތަފްސީލް ދުވަހުން ދުވަހަށް މުވައްޒަފަށް ދިނުމާއި ކައުންސިލް އިދާރާގެ އެކައުންޓުން އެފައިސާ ބާކީކޮށް އެކައުންޓް ދުވަހުން ދުވަހަށް ބެލެންސް ކުރުން.
  4. އިދާރާ ހިންގުމަށް ބޭނުންވާ ހިދުމަތާއި ތަކެތި ގަތުމަށް ހޯދަންޖެހޭ ފައިސާ ބަޖެޓް އައިޓަމްއިން މަހުންމަހަށް ހޯދާ ޖަމާކުރުމާއި، ހޯދާފައިވާ ޙިދުމަތާއި، ގަނެފައިވާ ތަކެތީގެ ބިލް ތަކަށް ހަރަދުކުރަންޖެހޭ ފައިސާ ދިވެހި ދައުލަތުގެ މާލިއްޔަތު ގާނޫނާ ގަވާއިދާ އެއްގޮތަށް ވައުޗަރގެ ނިޒާމުގެ ތެރެއިން ފައިސާ ޙަރަދުކުރުމާއި ޙަރަދުކުރެވުނު ފައިސާޔާބެހޭ ހުރިހާ ލިޔެކިޔުމެއް ހޯދަން ބޭނުންވާއިރަށް ފެންނަގޮތަށް ދުވަހެއް ދުވަހަށް ލިޔެ ފައިލްކޮށް ބެލެހެއްޓުން.
  5. އިތުރުގަޑީ މަސައްކަތް ކުރާ މުވައްޒަފުންގެ ހާޟިރީ ބެލެހެއްޓުމާއި، އިތުރުގަޑީ ކުރާމަސައްކަތުގެ ތަފްސީލް ސީޓް މުވައްޒަފުންނަށް ހަވާލުކުރުމާއި ހާޟިރީގައިވާ ގަޑިތަކަށް އިތުރުގަޑީ މަސައްކަތްކުރި މުވައްޒަފުންނަށް ފައިސާހޯދުން.
  6. ކައުންސިލް އިދާރާއިން ޙަރަދުކުރަންޖެހޭ ހުރިހާ ފައިސާއެއްވެސް ކައުންސިލް ހިންގުމާ ހަވާލުވެހުރި ވެރިޔަކު އެފައިސާ ޙަރަދުކުރުމަށް ހުއްދަދީ ފައިސާ ހަރަދުކުރުމުގެ ވައުޗަރގައި ސޮއި ކުރުވުމަށްފަހުގައި ފައިސާލިބޭ މީހާވެސް އެވައުޗަރ ގައި ސޮއިކުރުވުމަށްފަހު ޚަރަދުކުރުމާއި އަދި ކަމާބެހޭ ހުރިހާ ލިޔެކިޔުމެއް ފަހުންވެސް ފެންނަގޮތަށް ފައިލްކޮށް ރައްކާތެރިކަމާ ބެލެހެއްޓުން
  7. ގަޑި ޖެހޭ މުއައްޒަފުންގެ އަތުން ގަޑީލާރި ނެގުމާއި، ޖޫރިމަނާކުރެވޭ މުއައްޒަފުން އަތުން ނަގަންޖެހޭ ފައިސާ ނެގުމާއި ފައިސާއާ ބެހޭލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  8. ގާނޫނާ ގަވާއިދުގައި ވަކިމުއްދަތަކަށް ޖެހޭ ފައިސާ ނުދައްކައިގެން ޖޫރިމަނާކުރެވޭ ފަރާތް ތަކުން ދައްކަން ޖެހޭ ފައިސާޔާއި، ގާނޫނާ ގަވާއިދުގައި ވަކިމުއްދަތެއްދެވި އެމުއްދަތަށް އެކަމެއްނުކުރުމުން ދައްކަންޖެހޭ ޖޫރިމަނާ ފައިސާ ގާނޫނާ ގަވައިދުގައި ބަޔާންކޮށް ބުނެފައިވާ އަދަދަށް ނެގުމާއި އެކަމާބެހޭ ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  9. ހުކުރު ނަމާދު، އީދުނަމާދު، ކަށުނަމާދު، ތަރާވީހުނަމާދު ކުރާފަރާތްތަކަށް ދޭންޖެހޭ އެލަވަންސް ފައިސާ މަހުންމަހަށް ހޯދާ އެފައިސާ ކަމާބެހޭ މީހުންނާ ހަވާލްކުރުމާއި، ކަމާބެހޭ ހުރިހާލިޔެކިޔުންތައް ބަލަން ބޭނުންވެއްޖެ ހިނދެއްގައި ފަސޭހައިން ފެންނަގޮތަށް ރައްކާތެރި ކަމާއެކު ބެލެހެއްޓުން
  10. ކައުންސިލަށް އާމްދަނީލިބޭ ތަންތަނާ ތަކެއްޗާއި، ކަންކަމުގެ ރިޕޯޓް ބެލެހެއްޓުމާއި ލިބެންޖެހޭ ފައިސާހޯދުން.
  11. ކައުންސިލް އިދާރާއިން ބަލަހައްޓަންޖެހޭ ހުރިހާއެކައުންޓް ތަކާބެހޭ ހުރިހާލިޔެކިޔުން ބެލެހެއްޓުމާއި ކޮންމެމަހެއް ހުސްވުމުން އެކައުންޓް ބެލެންސްކުރުމާއި ކޮންމެ 6 މަހުން އެކައުންޓް ރިޕޯޓް ތައްޔާރުކޮށް ކައުންސިލް އިދާރާގެ މާލީ ޒިންމާދާރުވެރިޔާއަށް ރިޕޯޓް ހުށަހެޅުން.
  12. ކައުންސިލް އިދާރާއިން ބަލަހައްޓަމުންގެންދާ ހުރިހާއެކައުންޓް ތަކުގާ ފައިސާހުރި އައިޓަމްތަށް ދުވަހެއްދުވަހަށް ބާކީކޮށް ހުރިހާލިޔެކިޔުންތައް ބެލެހެއްޓުމާއި އެކައުންޓް އައިޓަމްތައް ބެލެންސް ކުރުން.
  13. އެކައުންޓަށް ޖަމާކުރަންޖެހޭ ފައިސާ އެފައިސާއެއް ޖަމާކުރަންޖެހޭ އެކައުންޓަކަށް ޖަމާކުރުމާއި އެފައިސާހިމެނޭ އައިޓަމެއްގައި އެފައިސާދުވަހުން ދުވަހަށް ލިޔެ ކަމާބެހޭ ހުރިހާ ލިޔެކިޔުންތައް ރައްކާތެގޮތެއްގާ ބެލެހެއްޓުން
  14. އެކައުންޓުން ނަގަންޖެހޭ ފައިސާ މާލިއްޔަތު ގާނޫނާ ގަވާއިދާއެއްގޮތަށް ނެގުމާއި، ކަމާބެހޭ ހުރިހާ ލިޔެކިޔުމެއްވެސް ފަސޭހައިން ފެންނަގޮތަށް ރައްކާތެރިކަމާއެކު ބެލެހެއްޓުން
  15. އެކައުންޓުން ފައިސާނެގުމަށް ކައުންސިލް އިދާރާގެ މާލީ ޒިންމާދާރުވެރިޔާ ލިޔުމުން ހުއްދަދިން ކަމަކަށް މެނުވީ ކައުންސިލްގެ ބެލުމުގެ ދަށުގައިވާ އެއްވެސް އެކައުންޓަކުން އެއްވެސް ފައިސާއެއް ނުނެގުން.
  16. ކައުންސިލަށް ލިބޭ ފައިސާޔާއި ކައުންސިލް މެދުވެރިކޮށް ދައުލަތައް ލިބެންޖެހޭ ފައިސާ ކައުންސިލް އިދާރާގެ އެކައުންޓްގެ ތެރެއިން އެފައިސާ ޖަމާކުރަންޖެހޭ އެކައުންޓަށް ވީ އެންމެއަވަހަކަށް ޖަމާކުރުން.
  17. ކުރިޔަށް އޮންނައަހަރަށް ކައުންސިލްއިން ލަފާކުރާ ބަޖެޓް ފައިނޭންސަލް ޕްލޭނާއެކު ތައްޔާރުކޮށް ހިނގާއަހަރު ޖުލައި މަސް ހުސްވުމުގެ ކުރިން ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް / ނުވަތަ ފޮނުވުމަށް ދަޢުލަތުން އަންގަވާ އިދާރާޔަށް ފޮނުވުން މިކަމުގައި ފުރިހަމަޔަށް ޒިންމާނެގުން.
  18. ފާސްކޮށްފައިވާ ބަޖެޓްގައި ހިމެނޭފައިސާއެއް އަހަރުނިމޭއިރު ޙަރަދުނުކުރެވޭނަމަ ދިވެހިރާއްޖޭގެ އިދާރީ ދާއިރާތަށް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނުގެ 104 ވަނަ މާއްދާގައި ބުނާގޮތުގެ މަތިން އެފައިސާ ކައުންސިލްގެ އާމްދަނީގެ ގޮތުގައި ޖަމާކުރުން.
  19. ކައުންސިލް އިދާރާޔަށް ޑިސެންބަރުމަހުގެ 31 ވަނަ ދުވަހުގެ ކުރިން ގަނެފައި ހުރި ތަކެއްޗާއި ހޯދާފައިވާ ހިދުމަތާއި ގަންނަން އެއްބަސްވެފައިވާ ތަކެއްޗާއި ހޯދަންއެއްބަސްވެފައިވާ ޙިދުމަތްތަކުގެ އަގަށްވާ ފައިސާ ޖެހިގެން އަންނައަހަރު ފެބުރުއަރީ މަހު 15 ވަނަ ދުވަހުގެކުރިން ބަޖެޓުން ފައިސާނަގާ ދައްކައި ނިންމުން، މިކަމުގައި ފުރިހަމަޔަށް ޒިންމާވުން.
  20. މާލިއްޔަތު ގާނޫނާ ގަވާއިދާ އެއްގޮތަށް ބަޖެޓުން ޙަރަދު ކުރުމާއި ކޮނަމެމަހަކު ބަޖެޓް ބެލުންސު ކުރުމާއި، ބަޖެޓްގައި ފައިސާނެތް އައިޓަމަކުން ބަޖެޓުން ޙަރަދު ނުކުރުން.
  21. ތިޖޫރީގައި ހުރިހާފައިސާޔާއި، ޗެކުންހުރި ފައިސާގެ ތަފްސީލް ޗެކުނަންބަރާ ތާރީޙް އަދި ފައިސާގެ އަދަދު އެގޭގޮތަށް ބަޔާންކޮށް ހަފްތާނިމުންއިރު ހުރިފައިސާގެ ރިޕޯޓް ތައްޔާރުކޮށް ކައުންސިލް އިދާރާގެ މާލީޒިންމާދާރު ވެރިޔާއަށް ހުށަހެޅުން.
  22. ކޮންމެމަހެއް ނިމުމާއެކު ތިޖޫރީގައި ހުރިފައިސާޔާއި ޗެކުންހުރި ފައިސާ ޗެކްގެ ތަފްސީލް އެނގޭގޮތަށް ރިޕޯޓް ތައްޔާރުކޮށް ކައުންސިލް އިދާރާގެ މާލީޒިންމާދާރު ވެރިޔާލައްވާ ސޮއިކުރުމަށްފަހު ތިޖޫރީޗެކުކޮށް ތިޖޫރީ ރިޕޯޓްގައި ސޮއިކުރުން.
  23. ކޮންމެ އަހަރެއްގެ ޖުލައިމަހު 10 ވަނަ ދުވަހުގެ ކުރިން ކައުންސިލްގެ ޙަރަދުތަކާއި ލިބޭ އާމްދަނީ ރިޕޯޓް ތައްޔާރުކޮށް ކައުންސިލްގެ މާލީ ޒިނަމާދާރުވެރިޔާގެ ސޮއި ކުރުވުމަށްފަހު އަތޮޅުކައުންސިލަށް ފޮނުވުން
  24. ފާއިތުވީ އަހަރު ކައުންސިލަށް ލިބުނު ފައިސާޔާއި ޙަރަދު ތަފްސީލް ރިޕޯޓް ތައްޔާރުކޮށް ފެށުނު އަހަރު ފެބަރުއަރީ 15 ގެ ކުރިން ކައުންސިލް ހުށަހެޅުން 
  25. ކޮންމެ މަހެއް ނިމުމުން އެމަހު ކައުންސިލަށް ލިބުނު އާމްދަނީއާއި ހިނގިޙަރަދު ރިޕޯޓް ތައްޔާރުކޮށް ކައުންސިލްގެ މާލީ ޒިންމާދާރު ވެރިޔާ ސޮއި ކުރުމުން އެރިޕޯޓް ހިނގާމަހުގެ 15 ގެ ކުރިން ބޯޑްތަކަށްނެރެ އާންމުކުރުން

މަޤާމުގެ ޝަރުޠުތައް

ފައިނޭންސް ނުވަތަ އެކައުންޓިންގ ރޮނގުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލުކޮށްފައިވުން

ހުށަހަޅަންޖެހޭ ލިޔުންތައް

1- ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި މި އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެއެވެ.)

2-  ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ، މުއްދަތު ހަމަނުވާ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.

4- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޟެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5-    ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

)ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު / ލެވެލް ކަނޑައަޅާފައިވާ، ރާއްޖެއިން ބޭރުގެ މަތީ ތަޢުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްގެ ކޮޕީ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމާއެކު ކޯހުން ލިބޭ ސެޓުފިކެޓު ވަކި ފެންވަރެއްގައި ޤަބޫލު ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކުރައްވާފައިވާ ލިޔުމުގެ ކޮޕީ.

(ށ) މަތީ ތަޢުލީމު ދޭ، ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓް ކޮޕީ، ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީ.

6-ވަޒީފާގެ މަސައްކަތުގެ ދާއިރާއާ ގުޅޭ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓުފިކެޓުތަކުގެ ކޮޕީ.

7-     ސިވިލް ސަރވިސްގެ ވަޒީފާއަށް ވަނުމަށް ދެވޭ އިމްތިޙާނު ފުރިހަމަކޮށް ސެޓްފިކެޓް ލިބިފައިވާނަމަ، އެ ސެޓުފިކެޓުގެ ކޮޕީ.

8-     މަސައްކަތުގެ ތަޖުރިބާގެ ލިޔުންތަކުގެ ކޮޕީ.

(ހ) ދައުލަތުގެ މުއައްސަސާއެއްގައި ނުވަތަ ސަރުކާރު ޙިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި، ވަޒީފާގެ މަސްޢޫލިއްޔަތު އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ، ނުވަތަ ވަޒީފާ އަދާކުރިގޮތް އަންގައިދޭ ރެފަރެންސް ޗެކް ފޯމު

 

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންކަން

  • ތަޢުލީމާއި ތަމުރީނު
  • މަސައްކަތުގެ ތަޖުރިބާ
  • އިންޓަރވިއު / ޕްރެކްޓިކަލްސް
  • މައިކްރޯސޮފްޓް އޮފީސް ބޭނުންކުރަން އެނގުން
  • ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

މަގާމަށް އެދެންވީ ގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 30 އޮކްޓޯބަރ 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާއަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔެކިޔުންތައް އީމެއިލްކުރައްވާނަމަ، އެއް އީމެއިލްއެއްގައި ހުރިހާ ޑޮކިއުމަންޓްތައް އެޓޭޗްކޮށް ފޮނުއްވަންވާނެއެވެ.  

އިންޓަވިއު އޮންނާނެ ތަނާއި ، މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު ( އިމްތިޚާނާއި / ޕްރެކްޓިކަލްސް ) އޮންނާނީ 01 ނޮވެމްބަރ 2018 އާއި 08 ނޮވެމްބަރ 2018  އާއި ދެމެދު ، މ.މަޑުއްވަރީ ކައުންސިލްގެ އިދާރާގައެވެ. އިންޓަވިއު/ޕްރެކްޓިކަލްސް އޮންނަ ދުވަހުގެ 24 ގަޑިއިރު ކުރިން އެކަން އިންޓަރވިއު އަށް ހާޟިރުވާންޖެހޭ ފަރާތަށް ލިޔުމުން އެންގޭނެއެވެ.

ސޯޓް ލިސްޓްކުރުން

މި ވަޒީފާއަށް އެދި ހުށަހަޅާ ޝަރުޠު ހަމަވާ ފަރާތްތަކުގެ އަދަދު 10 އަށްވުރެ ގިނަނަމަ ، ތަޢުލީމީ ފެންވަރާއި ތަޖުރިބާ އަދި މަސައްކަތުގެ ހުނަރާއި ، ވަޒީފާ އަދާކުރުމުގެ ޤާބިލުކަމަށް ބަލައި ، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާރކްސް ލިބޭ 10 ފަރާތެއް ސޯޓް ލިސްޓުކުރެވޭނެއެވެ.

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 6720038 ފޯނު އަށެވެ. އީމެއިލް ކުރައްވާނީ [email protected]  އަށެވެ.

18 އޮކްޓޫބަރު 2018
ހޯދާ