މިނިސްޓްރީ އޮފް ހެލްތު
ދިވެހިރާއްޖެ
އެލައިޑް ހެލްތް ޕްރޮފެޝަނަލުންނަށް ތަޢުލީމާ ތަމްރީން ދޭ މަރުކަޒުތަކާ ކޯސްތައް

އިޢުލާން

 

އެލައިޑް ހެލްތް ޕްރޮފެޝަނަލުންނަށް ތަޢުލީމާ ތަމްރީން ދޭ މަރުކަޒުތަކާ ކޯސްތައް

         އެލައިޑް ހެލްތް ޕްރޮފެޝަނަލެއްގެ ގޮތުގައި ދިވެހިރާއްޖޭގައި މަސައްކަތްކުރުމަށް އެދޭ ފަރާތްތަކުގެ ތަޢުލީމީ ފާސް ޤަބޫލްކުރުމުގެ މިންގަޑުތައް ކަނޑައަޅަނީ ޤާނޫނު ނަންބަރު 2015/13 ގެ 46 މާއްދާގެ (ށ) ގެ ދަށުން މޯލްޑިވްސް އެލައިޑް ހެލްތް ކައުންސިލުންނެވެ. އަދި އެ މާއްދާގެ (ރ) ގައި ބަޔާންކޮށްފައިވާ ފަދައިން ދިވެހިރާއްޖޭގައި ހިނގާ ޞިއްޙީ ޚިދުމަތުގެ ފަންނުގެ ދާއިރާގެ ތަޢުލީމާ ތަމްރީންދޭ މަރުކަޒުތަކާއި އެ ތަންތަނުން ހިންގާ ކޯސް، އެލައިޑް ހެލްތް ޕްރޮފެޝަނަލުން ތަމްރީންކުރާ ކޯސް ގޮތުގައި އެކްރެޑިޓް ކުރުމަކީ މިކައުންސިލުގެ މަސްއޫލިއްޔަތު ތެރޭގައި ހިމެނޭކަމެކެވެ.

        ވީމާ އެލައިޑް ހެލްތް ޕްރޮފެޝަނަލުން ތަމްރީންކުރުމަށް އެއްވެސް ކޯހެއް ހިންގަންވާނީ މިކައުންސިލަށް ހުށަހަޅުއްވާ ހުއްދަ ލިބިގެންނެވެ. އަދި މިކައުންސިލުގެ އިއުލާން ނަންބަރު 144/23-OAA/1/2016/36 ގައިވެސް ދެންނެވިފައިވާ ފަދައިން މިކައުންސިލުން ޤަބޫލު ނުކުރާ ތަޢުލީމްދޭ މަރުކަޒަކުން ފުރިހަމަ ކުރާ ކޯސްތަކަށް މިކައުންސިލުގެ ރަޖިސްޓްރޭޝަން ދޫނުކުރެވޭނެ ވާހަކަ ދެންނެވީމެވެ.

 

  06 ޞަފަރު 1440

15 އޮކްޓޫބަރު 2018
ހޯދާ