މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ
ދިވެހިރާއްޖެ
ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ދޫކުރާ ފުލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، ފުލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ވަގުތީ ލިސްޓާ ގުޅޭގޮތުން ޝަކުވާ ހުށަހެޅުން

ސަރުކާރުގެ "ހިޔާ" މަޝްރޫޢުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ބިނާކުރެވެމުންދާ ފުލެޓްތަކަށް އެދިލެއްވި ފަރާތްތަކުގެ ތެރެއިން، ޝަރުޠު ހަމަވެ، ފުލެޓްތަކަށް ހޮވުނު ފަރާތްތަކުގެ ވަގުތީ ލިސްޓު މިހާރު ވާނީ ޢާންމުކުރެވިފައެވެ. ވުމާއެކު، މިލިސްޓަށް ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ވީހާވެސް ގިނަ ފަރާތްތަކަށް ފުރުޞަޠު ދިނުމުގެ ގޮތުން 2018 އޮކްޓޯބަރ 24 ވާ ބުދަ ދުވަހުގެ ނިޔަލަށް ޝަކުވާ ހުށަހެޅުމުގެ މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފައެވެ.

    ވީމާ، ޝަކުވާ ހުށަހަޅުއްވަން ބޭނުންފުޅުވާ ފަރާތްތަކުން އެކަމަށް ޚާއްސަ ކުރެވިފައިވާ ފޯމް ފުރިހަމަކުރައްވައި، 2018 އޮކްޓޯބަރ 24 ވާ ބުދަ ދުވަހުގެ 14:00ގެ ކުރިން، މިމިނިސްޓްރީއަށް ހުށަހެޅުއްވުން އެދެމެވެ. ޝަކުވާ ފޯމް ބަލައިގަތުމަށް ހަމަޖެހިފައިވަނީ އިސްވެ ދެންނެވުނު މުއްދަތުގައި، ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ރަސްމީ ގަޑީގައެވެ.   

     ފުލެޓް ލިބޭ ފަރާތްތަކުގެ ދާޢިމީ ލިސްޓް އިޢުލާންކުރެވޭނީ، ހުށަހެޅޭ ޝަކުވާތަކާ ގުޅިގެން، ނުވަތަ ސާފުކުރެވޭ އިތުރު މަޢުލޫމާތާ ގުޅިގެން، ނުވަތަ ދެމަފިރިން ފުލެޓަށް އެދި ހުށަހަޅުއްވާފައިވާނަމަ އެމަޢުލޫމާތުތައް ބަލައި، މިލިސްޓަށް ގެންނަންޖެހޭ އުނިއިތުރެއްވާނަމަ، އެ އުނިއިތުރެއް ގެނައުމަށްފަހުގައެވެ.

11 އޮކްޓޫބަރު 2018
ހޯދާ