ނިލަންދެއަތޮޅު ދެކުނުބުރީ މާއެނބޫދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޤަބުރުސްތާން ދިލާސާފް ކުރުމާގުޅޭ

 

އިޢްލާން

 

ޤަބުރުސްތާން ދިލާސާފްކުރުމާގުޅޭ

 

      މިރަށު ޤަބުރުސްތާން ދިލާ ސާފްކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

     ވީމާ، މިމަސައްކަތް ކުރުމަށް ޝަޢުޤުވެރިވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލަމެވެ.

ކުރަންޖެހޭ މަސައްކަތް

  • ޤަބުރުސްތާނުގެ އިންފާރުތެރޭގައި ހަޑިވާގޮތަށް ހުރި އެންމެހާ ގަސްތަކާއި މިރިހިގަސްތައް އުފުރާސާފްކޮށް ކުނިތައް އުކާލުން
  • ޤަބުރުސްތާނުގެ އިންފާރުތެރޭގައި ހުރި ފޮނަގަސްތަކުގެ 8 ފޫޓްތިރިން ގޮފިތައްކޮށާ އުކާލުން
  • ކުނިތައް އުކާލަންވާނީ ކުނިގޮޑަށެވެ.

އަންދާސީ ހިސާބު ހުށަހެޅުމާއި މަޢުލޫމާތު ދިނުން

1.      މަސައްކަތާގުޅޭ މަޢުލޫމާތު ދިނުން އޮންނާނީ2018  އޮކްޓޯބަރ 18 ވާ ބުރާސްފަތި ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.

2.      އަންދާސީ ހިސާބު  ހުށަހެޅުން  އޮންނާނީ 2018 އޮކްޓޯބަރ 21 ވާ އާދީއްތަ  ދުވަހުގެ 13:00 ގައި ކައުންސިލް އިދާރާގައެވެ.

އިތުރު މަޢުލޫމާތު

         މި އިޢްލާނާ ގުޅިގެން އަންދާސީހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށެވެ. ކޮންމެ ފަރާތަކަށްވެސް  ހުށަހެޅޭނީ 1 އަންދާސީ ހިސާބެވެ.

         މަޢުލޫމާތު ސާފްކުރައްވަން ވަޑައި ނުގަންނަވާ ފަރާތްތަކާއި، ގަޑީގެ ފަހުން ހުށަހަޅާ އަންދާސީ ހިސާބު ބަލައި ނުގަނެވޭނެއެވެ.

         ބަދަލުގައި މީހަކު ފޮނުވާނަމަ އެކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ.

         މަސައްކަތް ޙަވާލުކުރެވޭނީ ބިޑްތައް އިވެލުއޭޓް ކުރުމަށްފަހު އެންމެމަތީ މާކުސް ލިބޭ ފަރާތަކަށެވެ. ލިބޭމާކުސް އެއްވަރު ވެއްޖެނަމަ މަސައްކަތް ހަވާލުކުރާނެ ފަރާތެއް ހޮވާނީ އެފަރާތްތަކުގެ މެދުގައި ޤުރުއަތުލައިގެންނެވެ.

މަސައްކަތް ޙަވާލުކުރާނެ ފަރާތެއް ހޮވުމުގައި ބަލާނެ މިންގަނޑުތައް

ތަފްޞީލް

އިންސައްތަ

ހުށަހަޅާފައިވާ އަގަށް

80%

ތަޖުރިބާއަށް(ތަޖުރިބާގެ ގޮތުގައި ހުށަހަޅާ ލިޔުންތަކަކީ ކަމާ ގުޅުންހުރި ލިޔުން ތަކަކަށްވުމާއި، އަދި ލިޔުން ދޫކުރާފަރާތުން ތައްގަނޑު ޖަހާފައިވާ ލިޔުމަކަށް ވާންޖެހޭނެއެވެ.)

20%

 

އަންދާސީ ހިސާބާއެކު ހުށަހަޅަންޖެހޭ ލިޔުންތައް

ހ. ވިޔަފާރި ރެޖިސްޓްރޭޝަން ކޮޕީ

ރ. އަންދާސީ ހިސާބު

ހުށަހަޅަންޖެހޭނެ ކަމަށް ބަޔާންކޮށްފައިވާ ލިޔުންތައް ފުރިހަމަ ނުވާނަމަ، އަންދާސީ ހިސާބު ބާޠިލް ކުރުމުގެ

އިޚްތިޔާރު ކައުންސިލަށް ލިބިގެންވެއެވެ.

ވީމާ،  މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢްލާން ކުރީމެވެ.

02  ޞަފަރު 1440

11 އޮކްޓޯބަރ 2018

 

 

11 އޮކްޓޫބަރު 2018
ހޯދާ