އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ

 

އިޢުލާން

ރުއްގަހުގެ ވެރިން ހޯދުމާއިބެހޭ

               ނަރުދަމާގެ މަސައްކަތުގެ ބޭނުމަށް މިހާރު ބޭނުންކުރަމުންދާ ކުނިކޮށްޓާއި ހިންވެގެން ހުޅަނގަށް އޮތް ބިންވަނީ ދޫކުރެވިފައެވެ. މިހެންވެ، މިބިމުގައި ހުރި ރުއްގަހުގެ ވެރިން ހޯދާ އެރުއް ގަހަށް ފައިސާއިން ބަދަލު ދޭން ބޭނުން ވެއެވެ. މިބިމުގައި ހިމެނޭ ރުއްގަސްވާނީ ރަތްކުލާގެ ސްޕްރޭއިންއިން ފާހަގަކޮށް ކޭ އަކުރު ޖަހާފައެވެ.

                މިދެންނެވި ސަރަޙައްދުގައި ފާހަގަކޮށްފައިހުރި އަމިއްލަފާރާތްތަކުގެ ރުއްގަހުގެ ވެރިން  15 އޮކްޓޯބަރ 2018 ވާ ހޯމަ ދުވަހުގެ މެންދުރު 12:00ގެ ކުރިން ރުއްގަހުގައި އެފަރާތްތަކަށް ކައުންސިލުން ދީފައިވާ ނަމްބަރު ޖެއްސެވުމަށް ދަންނަވަމެވެ. އަދި މިތާރީޚައް ނަމްބަރު ނުޖަހާ އަދި ވަކި ފަރާތެއްގެ ރުއްގަސްކަން އެގެން ނެތްނަމަ ބެލެވޭނީ  ވެރިފަރާތެއް ނެތް ރުއްގަސް ކަމަށެވެ.

                މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

                02 ޞަފަރު 1440

                  11 އޮކްޓޯބަރ 2018

11 އޮކްޓޫބަރު 2018
ހޯދާ