ހިންމަފުށީ ސްކޫލް
ދިވެހިރާއްޖެ
އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

`

ހިންމަފުށީ ސްކޫލް

ކ.ހިންމަފުށި،/ ދިވެހިރާއްޖެ.

    ނަންބަރު: GS141/MIS/2018/10

  އިޢުލާން

 

 

  އެކްޓިވިޓީ ޔުނީފޯމް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމާއިބެހޭ

މިސްކޫލްގެ ދަރިވަރުންގެ އެކްޓިވިޓީ ޔުނީފޯމް މިސްކޫލުންދޭ ނަމޫނާ އާއި އެއްގޮތަށް ތައްޔާރުކޮށް ފޯރުކޮށްދޭނެ ފަރާތެއް ބޭނުންވެއެވެ.

 

މިމަސައްކަތް ކުރުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރ 16 ވާ އަންގާރަ ދުވަހުގެ 13:00 އަށް މިސްކޫލަށް  ދުރުވެ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 2018 އޮކްޓޯބަރ 21 ވާ އާދީއްތަ ދުވަހު 13:00 އަށް މިސްކޫލަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 

 މައުލޫމާތު ސާފުނުކުރައްވާ ފަރާތްތަކުން ހުށަހަޅުއްވާ އަންދާސީ ހިސާބު ބަލަނުގަނެވޭނެއެވެ.

ބީލަން ހުޅުވާލެވިފައިވަނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ( ޤާނޫނު ނަންބަރު 2014/18 ) އަދި އަމިއްލަ ފަރުދުންގެ ވިޔަފާރިޤާނޫނު ނަންބަރު:2014/19 ) ގެ ދަށުން ވިޔަފާރި ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ

އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ބަދަލުގައި އެހެން ފަރާތަކުން އަންދާސީހިސާބު ހުށަހަޅުއްވާނަމަ އަންދާސީހިސާބު ހުށަހަޅާ ވެރިފަރާތުގެ ސިޓީއަކާއިއެކު ހުށަހަޅުއްވާ ފަރާތް ދުރުވެދެއްވުން އެދެމެވެ.

 

  • އިތުރު މަޢުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވާނަމަ: ރަސްމީ ގަޑީގައި 6640585 ފޯނާއި ގުޅުއްވުމުން މަޢުލޫމާތު ސާފުވެލައްވާނެއެވެ. ވީމާ މިކަން އާންމުކޮށް އަންގާ އިޢުލާން ކުރަމެވެ.

 

 

27  މުޙައްރަމް 1440

07 އޮކްޓޯބަރ 2018

07 އޮކްޓޫބަރު 2018
ހޯދާ