ރައީސުލްޖުމްހޫރިއްޔާގެ އޮފީސް
ދިވެހިރާއްޖެ
ކާޕެޓާއި، ކާޕެޓް އެޅުމަށް ބޭނުންވާ ތަކެތި، ގެނެސްދޭނެ ފަރާތެއް ހޯދުމަށް

އިޢުލާނު

މި އޮފީހުގެ ބޭނުމަށް ކާޕެޓް ގެނެސްދޭނެ ފަރާތެއް ބޭނުންވެއްޖެ

މި އޮފީހުގެ ބޭނުމަށް، ކާޕެޓާއި ކާޕެޓް އެޅުމަށް ބޭނުންވާ ތަކެތި ހޯދުމަށް، 20 ސެޕްޓެންބަރު 2018 ގައި ކުރި މި އޮފީހުގެ ނަންބަރު  IUL)1-FA(B)/1/2018/46)  އިޢުލާނާ ގުޅިގެން  އެއްވެސް ފަރާތަކުން އަންދާސީހިސާބު ހުށަހަޅާފައިނުވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާނުކުރަމެވެ. 

ވީމާ، މިތަކެތި ވިއްކުމަށް ޝައުޤުވެރިވާ ފަރާތްތަކުން،  2018 އޮކްޓޫބަރު 10 ވާ ބުދަ ދުވަހުގެ 11:00 އަށް  މި އޮފީހަށް ޙާޟިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 2018 އޮކްޓޫބަރު 14 ވާ އާދީއްތަ ދުވަހުގެ 11:00 އަށް މި އޮފީހަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ.

 27 މުޙައްރަމް 1440

07 އޮކްޓޫބަރު 2018
ހޯދާ