ފެލިދެއަތޮޅު ތިނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވ.ތިނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން:

 ނަމްބަރު: (IUL)358/358/2018/10

އިޢްލާން

 

ވ.ތިނަދޫ ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުން:

 

          މިރަށުގެ (ވ.ތިނަދޫ) ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދަންބޭނުވެއެވެ.

 

            ވީމާ މިރަށުގެ (ވ.ތިނަދޫ) ލޭންޑްޔޫސް ޕްލޭން ހަދައިދޭން ބޭނުންވާ ފަރާތްތަކުން 09 އޮކްޓޫބަރު 2018 ވާ އަންގާރަ ދުވަހުގެ 13:30 ގެ ކުރިން މިކައުންސިލް އިދާރާއަށް ދުރުވެ ނުވަތަ މި އިދާރާގެ 6700604 ނަންބަރު ފޯނާއި، ނުވަތަ 7774129 ކައުންސިލްގެ ނައިބުރައީސް ޝިފާޤް ހުސައިން އާއި ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުމަށް ފަހު ލޭންޑްޔޫސް ޕްލޭން ހަދައިދޭނެ އަގު (އެސްޓިމޭޓް) 11 އޮކްޓޫބަރު 2018 ބުރާސްފަތި ދުވަހު ހެނދުނު 11:00 ގެ ކުރިން މި ކައުންސިލް (ވ.ތިނަދޫ ކައުންސިލްގެ އިދާރާއަށް އެސްޓިމޭޓް ހުށަހެޅުއްވުން އެދެމެވެ.

އަންދާސީ ހިސާބު ހުށަހެޅުން:

            އަންދާސީ ހިސާބު ހުށަހަޅުއްވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި "ވ.ތިނަދޫގެ ލޭންޑްޔޫސް ޕްލޭން ހެދުމަށް އެދި" މިހެންލިޔެފަ އޮންނަށްވާނެއެވެ. މީގެއިތުރުން އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތުގެ ނަމާއި، އެޑްރެސް އަދި ފޯނުނަންބަރު ސިޓީއުރައިގެ ބޭރުގައި ލިޔެފައޮންނަންވާނެއެވެ. ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާނަމަ އެމީހަކީ ކާކުކަން އެނގޭފަދަ ރަސްމީ ލިއުމެއް ހުށަހަޅުއްވަން ވާނެއެވެ.

           މިމަސައްކަތަށް އަންދާސީ ހިސާބު ހުށަހެޅޭނީ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ (ޤާނޫނު ނަންބަރ 2014/08) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތްތަކަށާއި، އަމިލްއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ (ޤާނޫނު ނަންބަރ 2014/19) ދަށުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާ ފަރާތަކަށެވެ. މިފަރާތްތަކުން ވިޔަފާރި ރަޖިސްޓްރީ ކޮށްފައިވާކަމުގެ ލިޔުން (ވިޔަފާރި ރަޖިސްޓްރީގެ) ކޮޕީ ހުށަހަޅަން ވާނެއެވެ.

އަންދާސީ ހިސާބު ހުޅުވުން:

           އަންދާސީ ހިސާބު ހުޅުވުން އޮންނާނީ 11 އޮކްޓޫބަރު 2018 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު  11:00 ގައި ވ.ތިނަދޫ ކައުންސިލްގެ އިދާރާގައެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނަގަޑިއަށް އަންދާސީ ހިސާބު ހުށަހަޅުއްވާ ފަރާތްތައް ހާޒިރުވުމަކީ ވަރަށްބޮޑަށް އެދެވިގެންވާ ކަމެކެވެ. އަންދާސީ ހިސާބު ހުޅުވުން އޮންނާނީ އަންދާސީ ހިސާބު ހިއްޕަވައިގެން ވަޑައިގަންނަވާ ފަރާތްތަކުގެ ޙާޒިރުގައެވެ. ބަދަލުގައި އެހެންބޭފުޅަކު ވަޑައިގަންނަވާނަމަ އެމީހަކީ ކާކުކަން އެނގޭފަދަ ރަސްމީ ލިޔުމެއް ޙަށަހަޅަންވާނެއެވެ. ނަމަވެސް އިވެލުއޭޓް ކޮމެޓީއިން ބެލުމަށްފަހު ޝަރުތު ހަމަނުވާ ފަރާތްތަކުގެ އަންދާސީ ހިސާބު ބާތިލް ކުރެވޭނެއެވެ. އަންދާސީ ހިސާބު ހުށަހެޅުމަށްފަހު އަންދާސީ ހިސާބުގެ އެއްވެސް ލިއުމަކަށް އުނިއިތުރެއް ނުގެނެވޭނެއެވެ.

 

މާކްސް ދެވޭ ގޮތްތަށް:  

#

މާކްސް

މާކްސްދެވޭ މިންގަނޑުތައް

ތަފްސީލް

01

%75

އަގު

ޚިދުމަތުގެ އަގަށްދެވޭ މާކްސް

މާކްސް ދެވޭނީ މިކައުންސިލް ފެންވަރުކަނޑައަޅާ ފާސްވާ ފަރާތްތަކުން ހުށަހަޅާ އެންމެ ކުޑަ އަގަކީ ބެންޗްމާކް އެއްކަމުގައި ބަލައިގެން މާކްސް ދެވޭގޮތުގައިވާ % ހުރިހާ އަގުތަކެއްގެ މެދުގައި ބަހާލައިގެންނެވެ.

މިގޮތުން އެންމެގިނަ މާކްސް ލިބޭނީ ހުށަހަޅާ އެންމެ ކުޑަ އަގަށެވެ.

02

ކޮމްޕެނީ

ކޮމްޕެނީއެއްނަމަ

03

ތަޖުރިބާ

ކަމުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް

 

މާކްސް ދެވޭގޮތުގެ ތަފްސީލް:

01 ބިޑް އިވެލުއޭޓް ކުރާނީ މިކައުންސިލުން އައްޔަނުކުރާ ބިޑް އިވެލުއޭޓްކުރާ ކޮމެޓީއަކުންނެވެ.

02 ބިޑް އިވެލުއޭޓްކުރާ ކޮމެޓީން ނިންމާފަރާތަކަށް ބިޑް ލިބޭނެއެވެ.

03 ބިޑް އިވެލުއޭޓް ކުރުމުގައި އެއްވެސް ޝަކުވާއެއް އޮތްނަމަ މިއިދާރާއަށް ލިޔުމުން ހުށަހެޅުއްވުމުން އެފަރާތަކަށް    ލިޔުމުން ޖަވާބުދެވޭނެއެވެ. 

                   

           ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި  އިޢްލާން ކުރީމެވެ.

     

                 22  މުޙައްރަމް   1440 ހ

                 02  އޮކްޓޫބަރު   2018 މ  

                              

02 އޮކްޓޫބަރު 2018
ހޯދާ