އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ނަންބަރު: A)CB-2018/224)

އިޢުލާން

ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލުން

ޤާނޫނު ނަންބަރު: 1/2009 (ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބީ ދާއިރާތައް ކަނޑައެޅުމާބެހޭ ޤާނޫނު) ގެ 12 ވަނަ މާއްދާގެ (ހ)ގައިވާ ގޮތުގެމަތިން،  ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓު ވަނީ ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު، 2018 އޮކްޓޯބަރ 21 ވާ އާދިއްތަ ދުވަހުގެ ހަވީރު 3:00 އާ ހަމައަށް ހުޅުވާލައިފީމެވެ. މިގޮތުން ހުށައަޅާ ޝަކުވާތައް ބަލައިގަތުމަށް ހަމަޖެހިފައިވަނީ 2018 އޮކްޓޯބަރ 1 ވާ ހޯމަ ދުވަހުގެ ހެނދުނު 8:00 ން ފެށިގެން 2018 އޮކްޓޯބަރ 21 ވާ އާދިއްތަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާއިންނެވެ. ޝަކުވާ ބަލައިގަންނާނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 8:00 ން ހަވީރު 3:00 ކަށެވެ.

ވީމާ، ރައްޔިތުންގެ މަޖިލީހުގެ 2019 ވަނަ އަހަރުގެ އިންތިޚާބީ ދާއިރާތައް ކަނޑައަޅާފައިވާ ގޮތުގެ ވަގުތީ ރިޕޯޓާމެދު ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ހުޅުވިފައިވާ ވާހަކަ ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރަމެވެ.

21 މުޙައްރަމް 1440

02 އޮކްޓޫބަރު 2018
ހޯދާ