މަޖީދިއްޔާ ސްކޫލް
ދިވެހިރާއްޖެ
އަންދާސީ ހިސާބު ހުށަހެޅުން

އަންދާސީހިސާބު ބޭނުންވެއްޖެ

MS/IUL/2018/09

  2019 ވަނައަހަރު ފެށެންވާއިރަށް މަޖީދިއްޔާ ސްކޫލުގެ ތިރީގައިވާ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުން ވެއްޖެއެވެ.

  1. ސެކިއުރިޓީ ބަލަހައްޓާދޭނެ ފަރާތެއް

ވީމާ މިމަސައްކަތް ކޮއްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ދެންނެވިފައިވާ ތާރީޚްތަކުގައި މިއިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކޮށް އަންދާސީ ހިސާބު ހުށައެޅުމުގެ ފުރުސަތު ހުޅުވާލަމެވެ.

މަޢުލޫމަތު ސާފު ކުރުން

އަންދާސީ ހިސާބު ހުށަހެޅުން

07 އޮކްޓޯބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

14 އޮކްޓޯބަރ 2018 ވާ އާދީއްތަ ދުވަހުގެ 13:00 ގައި

 

އަންދާސީހިސާބުތައް ހުށަހަޅުއްވަންވާނީ ބަންދު ކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާ ފަރާތުގެ ނަމާއި "ސެކިއުރިޓީ ބެލެހެއްޓުން"   މިހެން ލިޔެފައި އޮންނަންވާނެއެވެ. އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށާއި އަންދާސީހިސާބު ހުށަހެޅުއްވުމަށް ބަދަލުގައި މީހަކު ފޮނުއްވާނަމަ، ސިޓީ އަދި އައިޑީ ކާޑާއެކު ފޮނުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބުތަކާއި، ގަޑިޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އަދި މީގެ އިތުރުން މިމަސައްކަތަށް ތައްޔާރު ކުރެވިފައިވާ މަޢުލޫމާތު ކަރުދާހާއި ޚިލާފަށް ހުށަހެޅޭ އަންދާސީހިސާބުތައްވެސް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 3314303ނުވަތަ 7793747 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ.

ޝުކުރިއްޔާ

 

01 އޮކްޓޫބަރު 2018
ހޯދާ