މުލަކަތޮޅު އަތޮޅު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަތިފަޅު ލޯންޗް މަރާމާތުކުރުން

މިއިދާރާގެ ލޯންޗް "މަތިފަޅު" ގައި ތިރީގައި މިދަންނަވާ މަރާމާތުތައް ކުރަން ބޭނުންވެއްޖެއެވެ.

  1. ލޯންޗްގެ ހުރިހާ ސަތަރިތަކެއް ބަދަލުކުރުން.
  2. ލޯންޗް އެތެރޭގައި އިށީންނަ ޝީޓްތަކުގެ ކަވަރުތަކާއި ޝީޓްތަކުގެ ހަލާކުވެފައިވާ ފިލާތައް ބަދަލުކުރުން.

މިއިން ކޮންމެ މަސައްކަތަކަށްވެސް އެސްޓިމޭޓް ހުށަހަޅުއްވާނީ ވަކިންނެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 09 އޮކްޓޯބަރ 2018 ވާ އަންގާރަދުވަހުގެ ކުރިން މަޢުލޫމާތު ސާފުކުރައްވާ 18 އޮކްޓޯބަރ 2018ވާ ބުރާސްފަތި ދުވަހުގެކުރިން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ. މެއިލް ކުރައްވާނީ [email protected]   އަށެވެ. މަޢުލޫމާތު ސާފުނުކުރައްވާ ފަރާތެއްގެ އަންދާސީ ހިސާބު ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

މައުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 9823186 ނުވަތަ 6720600 އާއިއެވެ.

 

 

 

01 އޮކްޓޫބަރު 2018
ހޯދާ