މޯލްޑިވްސް ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ކޯޕަރޭޝަން
ދިވެހިރާއްޖެ
ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން

 ނަންބަރު:MREIC/IU/2018/0022

މަސައްކަތް

ކޮންޓްރެކްޓް އުސޫލުން މަސައްކަތް ކޮށްދޭނެ ފަރާތްތައް ހޯދުން:

 

މިކުންފުނިން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ތިރީގައި ބަޔާންކުރާ ދާއިރާތަކުން ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ ކޮންޓްރެކްޓަރ ރެޖިސްޓަރ ހެދުމަށް ބޭނުންވެއެވެ.

  • ބިލްޑިންގ ފޮޅާ ސާފު ކޮށްދިނުން
  • ކަސްޓަމްސް ކްލިއަރެންސް އަދި ލޮޖިސްޓިކަލް ސަރވިސް

މީގެ އިތުރުން އެހެނިހެން ޚިދުމަތްތައް ފޯރުކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކަށް އެފުރުޞަތު ހުޅުވާލެވިފައިވާ ވާހަކަ ދަންނަވަމެވެ.

 

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 2018 އޮކްޓޯބަރު 01 ވާ ހޯމަ ދުވަހު 14:00 ގެ ކުރިން، ތިރީގައިވާ މައުލޫމާތު [email protected] އަށް އީމެއިލް ކުރެއްވުމުން، އެޕްލިކޭޝަން ފޯމް އީމެއިލް މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

އީމެއިލް ސަބްޖެކްޓް: ކޮންޓްރެކްޓަރ ރެޖިސްޓަރ

ޝައުގުވެރިވެލައްވާ ފަރާތް (ކުންފުނީގެ ނަން / ވިޔަފާރީގެ ނަން):

ކުންފުނި / ވިޔަފާރި ތަމްސީލް ކުރާފަރާތުގެ ނަން: 

ގުޅޭނެ ނަމްބަރ:

 

އެޕްލިކޭޝަން ފޯމު ހުށައަޅުއްވަންވާނީ، މިކުންފުނީގެ އީމެއިލް އެޑްރެސް [email protected] އަށް، ނުވަތަ މިކުންފުނީގެ އޮފީސް، އެމްޓީސީސީ ސޯމިލް (ފުރަތަމަ ފަންގިފިލާ، ބޮޑުތަކުރުފާނު މަގު) އަށެވެ. މަޢުލޫމާތު ފުރިހަމަނުވާ އެޕްލިކޭޝަން ފޯމުތައް ބާޠިލްކުރެވޭނެ ވާހަކަ ދަންނަވަމެވެ.

އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވެލައްވާނަމަ، 7736424 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

 

                           16 މުޙައްރަމް 1440

                       

27 ސެޕްޓެންބަރު 2018
ހޯދާ