މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
2019 ވަނަ އަހަރުގެ ސްކޫލް އެކްޓިވިޓީޒް ކަލަންޑަރު އެކުލަވައިލުމާބެހޭ

އިޢުލާން

                          2019 ވަނަ އަހަރު ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ހިމަނަން ބޭނުންވާ ފަރާތްތަކަށް، ކަލަންޑަރުގައި ޙަރަކާތްތައް ހިމެނުމަށް އެދި ހުށައެޅުމުގެ ފުރުޞަތު ހުޅުވާލައިފީމެވެ. ކަލަންޑަރުގައި ޙަރަކާތްތައް ހިމެނުމަށް އެދި ހުށައަޅާނީ، "2019 ވަނަ އަހަރު ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތް ހިމެނުމަށް އެދި ހުށައަޅާ "ފޯމް" ގައިވާ ފޯމެޓަށެވެ. މި ފޯމް މި މިނިސްޓްރީގެ ވެބްސައިޓު، www.moe.gov.mv ލިބެން ހުންނާނެއެވެ.

                         ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ހިމަނާނީ، އެ ޙަރަކާތެއްގެ ސަބަބުން ދަރިވަރުންނަށް އަންނާނެ ހެޔޮބަދަލުގެ މައްޗަށް ރިޢާޔަތްކުރުމަށް ފަހުއެވެ. އެގޮތުން އެ ޙަރަކާތެއްގެ ސަބަބުން؛ މަޢުލޫމާތު، ހުނަރު، ޖިސްމާނީ ދުޅަހެޔޮކަން، ނަފުސާނީ ތަރައްޤީ އަދި އަޚްލާޤީގޮތުން ދަރިވަރުންނަށް ކުރާނެ މަންފާއަށް ރިޢާޔަތް ކުރެވޭނެއެވެ. މި ކަންތައްތަކަށް ބެލުމަށްފަހު، ސްކޫލް އެކްޓިވިޓީޒް ކަލަންޑަރުގައި ޙަރަކާތްތައް ތާވަލުކުރާނީ ދަރިވަރުންނަށް އެންމެ ފައިދާހުރި ގޮތަކަށް ދަރިވަރުންގެ އިމުތިޙާނުތަކުގެ ތާރީޚަށްވެސް ބެލުމަށްފަހުއެވެ.

                         ވީމާ "ސްކޫލް އެކްޓިވިޓީޒް ކަލަންޑަރ 2019" ގައި ޙަރަކާތްތައް ހިމަނަން ބޭނުންވާ ފަރާތްތަކުން 23 ނޮވެންބަރ 2018 ގެ އޮފީސް ބަންދުވުމުގެ ކުރިން މި މިނިސްޓްރީއަށް (މިނިސްޓްރީ އޮފް އެޑިޔުކޭޝަން، ވެލާނާގެ 8 ވަނަ ފަންގިފިލާ) ހުށައެޅުމަށް ދަންނަވަމެވެ.

      ކަލަންޑަރ ކުރުމާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހޯއްދަވަން ބޭނުންފުޅުވާނަމަ 3341357  ފޯނަށް ގުޅުއްވުން އެދެމެވެ. 

27 ސެޕްޓެންބަރު 2018
ހޯދާ