އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހިނގަމުންދާ ޢިމާރާތް ބަދަލުވުން

     ނަންބަރު: A)DA-2018/219​​)

އިޢުލާން

ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ ހިނގަމުންދާ ޢިމާރާތް ބަދަލުވުން

މި ކޮމިޝަންގެ ނަންބަރު: IUL)38-DA/38/2018/1) އިޢުލާނަށް ޙަވާލާދީ ދަންނަވަމެވެ.

ރިޔާސީ އިންތިޚާބާ ގުޅޭގޮތުން ހުށަހެޅޭ ޝަކުވާތައް ބަލައިގަތުމަށްޓަކައި، އިންތިޚާބާބެހޭ މަރުކަޒުގައި ޤާއިމުކުރި ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯ، 2018 ސެޕްޓެމްބަރ 23 ވާ އާދީއްތަ ދުވަހުން ފެށިގެން ހިނގަމުންދާނީ ދަރުބާރުގޭގެ ހަކުރާ މާލަމުގައެވެ.

ވީމާ، ރިޔާސީ އިންތިޚާބާ ގުޅިގެން މާލޭގައި ހުށަހަޅުއްވާ ޝަކުވާތައް މީގެފަހުން ހުށަހަޅުއްވާނީ ދަރުބާރުގޭގެ ހަކުރާ މާލަމުގައި މިހާރު ޤާއިމު ކޮށްފައިވާ ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށެވެ.  އިންތިޚާބާ ގުޅިގެން ހުށަހަޅުއްވާ ޝަކުވާތައް ބަލައިގަންނާނީ ރަސްމީ ބަންދުނޫން ކޮންމެ ދުވަހެއްގެ ހެނދުނު 08:30 އިން މެންދުރުފަހު 03:00 އަށެވެ. އަދި 23 ސެޕްޓެމްބަރ 2018 ވާ އާދީއްތަ ދުވަހު ޝަކުވާ ބަލައިގަތުމަށް ހަމަޖެހިފައިވަނީ އެދުވަހު ވޯޓުނަގަން ފެށުނީއްސުރެން ވޯޓުފޮށިތަކުގެ ވަގުތީ ނަތީޖާ އިޢުލާން ކުރުމާ ހަމައަށެވެ.

ޝަކުވާ ހުށަހަޅާ ފޯމު ލިބެން ހުންނާނީ އިލެކްޝަންސް ކޮމިޝަންގެ ރިސެޕްޝަނުންނެވެ. އަދި އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓު www.elections.gov.mv އިން ޝަކުވާ ފޯމު ޑައުންލޯޑު ކުރެވޭނެއެވެ.

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި، އިޢުލާން ކުރީމެވެ.

12 މުޙައްރަމް 1440

22 ސެޕްޓެންބަރު 2018
ހޯދާ