އިލެކްޝަންސް ކޮމިޝަނުގެ އިދާރާ
ދިވެހިރާއްޖެ
ރިޔާސީ އިންތިޚާބު 2018ގައި ކ. ގުރައިދޫގައި ބަހައްޓާ H03.09.1 އާއި H03.09.2 ނަންބަރު ވޯޓުފޮށި އަދި މާލޭގައި ބަހައްޓާ ޅ.އަތޮޅުގެ G03.0.1 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލުވުމާއި ގުޅޭ

ނަންބަރު: A)CA-2018/216)

އިޢުލާން

މި ކޮމިޝަންގެ ނަންބަރު  (A)CA-2018/138އަދި (A)CA-2018/148  (15 ޖުލައި 2018) އިޢުލާނުތަކާ ހަވާލާދީ ދަންނަވަމެވެ.

ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން ބަދަލުކުރުން:

 2018 ސެޕްޓެމްބަރ 23 ވާ އަދީއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގައި ކ. ގުރައިދޫގައި ބަހައްޓާ H03.09.1 އާއި H03.09.2 ނަންބަރު ވޯޓުފޮށި އަދި މާލޭގައި ބަހައްޓާ ޅ.އަތޮޅުގެ G03.0.1 ނަންބަރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަނަށް ބަދަލު އައިސްފައިވާތީ، މި ވޯޓުފޮށީގެ ނަންބަރާއި، ވޯޓުފޮށީގެ ނަމާއި، ވޯޓުލާ ސަރަހައްދާއި، ވޯޓުފޮށި ބަހައްޓާ ރަށާއި، މިހާރު ވޯޓުފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާ ތަން މި ދަންނަވަނީއެވެ.

ވޯޓުފޮށި ބަހައްޓާ ރަށް/ތަން

ވޯޓުލާ ސަރަހައްދު

ވޯޓުފޮށީގެ ނަން

ވޯޓުފޮށީގެ ނަންބަރު

#

ކ. ގުރައިދޫ

ކ. ގުރައިދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމް

މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ބަހާރުމަގުގެ ދެކުނު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ   މީހުންނާއި، ހއ. އަތޮޅުން ފެށިގެން ފ. އަތޮޅާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ކ. ގުރައިދޫ-1

H03.09.1

1

ކ. ގުރައިދޫ

ކ. ގުރައިދޫ ޔޫތު ސެންޓަރު

މި ފޮށްޓަށް ވޯޓުލާނީ ގުރައިދޫ ބަހާރުމަގުގެ އުތުރު ސަރަހައްދުގައި ހިމެނޭ ގޭގޭގެ ރަޖިސްޓަރީގައިވާ   މީހުންނާއި، ދ. އަތޮޅުން ފެށިގެން ފުވައްމުލަކު ސިޓީއާއި ދެމެދުގައި ހިމެނޭ އަތޮޅުތަކުގެ ރަށްރަށުގެ މީހުންނާއި އައްޑޫ ސިޓީއާއި މާލެ ސިޓީގެ މީހުންގެ ތެރެއިން މިފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީކުރާ މީހުންނެވެ.

ކ. ގުރައިދޫ-2

H03.09.2

2

އިމާދުއްދީން ސްކޫލް، މިއުޒިކީ ހިނގުމުން 3 ނަންބަރު ގޭޓުން ވަދެގެން ދާއިރު އުތުރު ފަރާތު ކުލާސްރޫމްގައި (10S1) 

މި ފޮށްޓަށް ވޯޓުލާނީ މާލޭގައި ތިބި ޅ. އޮޅުވެލިފުށި، ޅ. ކުރެންދޫ މި 2 ރަށުގެ ރައްޔިތުންގެ ތެރެއިން މި ފޮށްޓަށް ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ މީހުންނެވެ.

ޅ. އަތޮޅު، މާލެ-3

G03.0.1

3

މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާނުކުރަމެވެ.

11 މުޙައްރަމް 1440

21 ސެޕްޓެންބަރު 2018
ހޯދާ